Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޖެންޑާ 19 ރަށަށް

އެމްޑީޕީން މުޅި ރާއްޖޭގައި ވޯކްޝޮޕްތަކެއް ކުރިއަށްގެންދަނީ

ވޯކްޝޮޕް އޮންނާނީ ހޮނިހިރު ދުވަހު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2020 | ހުކުރު 05:09
އެމްޑީޕީން މީގެކުރިން ބޭއްވި ވޯކްޝޮޕެއްގެ ތެރެއިން

އެމްޑީޕީން މީގެކުރިން ބޭއްވި ވޯކްޝޮޕެއްގެ ތެރެއިން

މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން، އެ ޕާޓީގެ މެމްބަރުންނަށް ހާއްސަކޮށްގެން މުޅި ރާއްޖޭގައި ވޯކްޝޮޕްތަކެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭނު ހަރަކާތްތަށް ފެށީ ތިލަދުންމަތިންނެވެ. ތިލަދުންމަތީ ދަތުރަށްފަހު، ބުރާސްފަތި ދުވަހު އެމްޑީޕީން ވަނީ މުޅި ރާއްޖޭގައި ކެމްޕޭނު ހަރަކާތްތައް ފަށާފައެވެ. އެގޮތުން ޕާޓީގެ މެމްބަރުންނާއި، ގައުމީ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ވަނީ، ހުކުރު ދުވަހު ރަށްރަށަށް ވަޑައިގެންފައެވެ.

Advertisement - newsAdvertisement

ސަރުކާރު މައި ކޯލިޝަން އެމްޑީޕީން ހޮނިހިރު ދުވަހު ހިންގުމަށް ހަމަޖެހިފައިވާ ވޯކްޝޮޕާ ބެހޭ މައުލޫމާތު ރާއްޖެ.އެމްވީ އާ ހިއްސާކުރަައްވަމުން އެމްޑީޕީގެ ޗެއަރޕަސަަން ހަސަން ލަތީފް ވިދާޅުވީ، ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ''އެޖެންޑާ 19 ރަށަށް'' ސްލޯގަންގެ ދަށުން ބުރާސްފަތި އަދި ހުކުރު ދުވަހު ރަށްރަށުގައި ހަރަކާތްތެރިވާ ޓީމުތަކުން ''ދޮރުން ދޮރަށް'' ގޮސް އެއްކުރާ މައުލޫމާތުތަކުގެ މައްޗަށް ކަމަށެވެ.

އެމްޑީޕީގެ ވޯކްޝޮޕް ކުރިޔަށްދާނީ ހޮނިހިރު ދުވަހު ދިހަޔަކުން ފަހަކަށެވެ. ޖުމްލަ 18 ރަށެއްގައި ހިންގާ މި ވޯކްޝޮޕްގެ ތެރެއިން މާލޭގައި ބާއްވާ ވޯކްޝޮޕް އޮންނާނީ ދަރުބާރުގޭގައެވެ.

ހަސަން ލަތީފް ވިދާޅުވީ، ވޯކްޝޮޕް ހިންގާނީ ގްރޫޕުތަކަށް ބަހާލައިގެން ކަމަށާއި، އެ ބައްދަލުވުމުގައި ކުރިޔަށް އޮތްތަނުގައި ކައުންސިލްތަކަށް ހިންގޭނެ މަޝްރޫއުތަށް ދެނެގަނެވޭނެ ކަމަށެވެ. މާލޭގައި ބާއްވާ ވޯކްޝޮޕް އޮންނާނީ ހެނދުނު 09:45 އަކުން ހަވީރު 15:30 އަށެވެ.

އެމްޑީޕީން ބުނީ، މާލޭގައި ބާއްވާ ވޯކްޝޮޕްގައި މާލެ ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓުންނާއި، ކައުންސިލަރުންގެ އަދި އެމްޑީޕީގެ ވަޒީރުންގެ އިތުުރުން އާއްމު މެމްބަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ ގޮތުގައި ވޯކްޝޮޕްގެ މުހިއްމު ކަމަކީ މާލެއަށް ''ވާންވީ'' ގޮތް ކަރުދާހެއްގެ ސިފައިގައި އެކުލެވުމެެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ހަސަން ލަތީފް ގަބޫލުފުޅު ކުރައްވާ ގޮތުގައި ހޮނިހިރު ދުވަހު އޮންނަ ވޯކްޝޮޕްގައި މާލެއަށް ހާއްސަކޮށްގެން 12 ވަރަކަށް ޕްރޮޖެކްޓްގެ އޮނިގަނޑު އެކުލަވައިލެވޭނެއެވެ.

އޭގެ ތެރޭގައި، މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލުގެންނާނެ ގޮތުގެ ކަރުދާހެއް އެކުލަވައިލެވޭނެ އެވެ. ހަސަން ލަތީފް ވިދާޅުވީ ވޯކްޝޮޕްގައި ރާވާ މަޝްރޫއުތަކުން އެތައް ވަޒީފާތަކެއް އުފެދިގެން އަންނަން ޖެހޭ ކަމަށެވެ. އެމްޑީޕީން ވަނީ އެ ޕާޓީގެ ވީހާވެސް ގިނަ ބަޔަކު ވޯކްޝޮޕްގައި ބައިވެރިވުމަށް ދައުވަތުދީފައެވެެ. ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީ އޮންނާނީ މި ހިނގާ މަހުގެ 31 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު