Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރޮހިންޔާ މުސްލިމުން

ރޮހިންގާ މުސްލިމުން ހިމާޔަތްކުރަން ބައިނަލްއަގުވާމީ އަދުލުގެ ކޯޓުން މިޔަންމާއަށް އަމުރުކޮށްފި

އައިސީޖޭއިން ވަނީ އަމުރަށް ތަބާވުމަށް ލާޒިމްކަމަށް މިޔަންމަރއަށް އަންގާފައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2020 | ބުރާސްފަތި 12:47
ރޮހިންޔާ ދަރިފަސްކޮޅުގެ ބަޔަކު ރެފިއުޖީ ކޭމްޕެއްގައި

ރޮހިންޔާ ދަރިފަސްކޮޅުގެ ބަޔަކު ރެފިއުޖީ ކޭމްޕެއްގައި

މިޔަންގައި ދިރިއުޅޭ ރޮހިންގާ ދަރިފަސްކޮޅުގެ މުސްލިމުން ޙިމާޔަތްކުރުމަށް، މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް މިޔަންމާ ސަރުކާރަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޢަމުރުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އެ ކޯޓުން ނެރުނު ޢަމުރުގައި ވަނީ ރޮހިންގާ ދަރިފަސްކޮޅުގެ މުސްލިމުން ތިބީ ޤަތުލުޢާންމެއްގެ ނުރައްކަލަށް ހުށައެޅިފައިކަމަށް ކަނޑައަޅާފައެވެ. އަދި އެކަން ހުއްޓުވުމަށް، ވަގުތުން ފިޔަވަޅު އެޅުމަށް މިޔަންމާ ސަރުކާރުގެ މައްޗަށް، އދ.ގެ އެންމެ މަތީ ކޯޓުން ވަނީ ޢަމުރުކޮށްފައެވެ.

ޤަތުލުޢާންމު ހިންގުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މިޔަންމާ ސަރުކާރަށް ޢަމުރުކުރަން ޖެހޭ ޝަރުޠުތައް ފުރިހަމަވާކަމަށް އައިސީޖޭއިން ވަނީ ކަނޑައަޅާފައެވެ. އަދި މިޔަންމާގެ ސަލާމަތީބާރުތަކުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވަން، އެ ޤައުމުގެ ސަރުކާރަށް މަޖުބޫރު ކަމަށްވެސް ޙުކުމުގައިވެއެވެ.

އޭގެ އިތުރުން، މިހާތަނަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ޖަރީމާތަކުގެ މައްސަލަތަކާއި ގުޅޭ ހެކިތައް ރައްކާތެރިކުރުމަށް ވެސް އައިސީޖޭއިން ވަނީ ޢަމުރުކޮށްފައެވެ.

ރޮހިންގާ މުސްލިމުންގެ ރައްކާތެރިކަމަށް އެޅުނު ފިޔަވަޅުތައް ކުރިޔަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި އެންގުމަށާއި، ކޮންމެ ހަ މަހަކުން ހަ މަހަކުން ރޮހިންގާ ދަރިފަސްކޮޅު ރައްކާތެރިކުރަން އެޅުނު ފިޔަވަޅުތަައް އެ ކޯޓަށް އެންގުމަށްވެސް އައިސީޖޭއިން ވަނީ ޢަމުރުކޮށްފައެވެ.

އައިސީޖޭގެ ޢަމުރަށް ތަބާވުމަކީ ލާޒިމު ކަމެއްކަމަށާއި، މި ޢަމުރު ނެރުނު ހިސާބުން މިޔަންމާ ސަރުކާރުން ޢަމުރުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބޯލަނބާ ޢަމަލުކުރުން ލާޒިމުކަމަށް އެ ކޯޓުން ބުނެފައިވެއެވެ.

މިޔަންމާގެ ރަޚައިން ސްޓޭޓުގައި ދިރިއުޅޭ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާގެ އެއްބާރުލުމާއެކު، ޙަމަލާދޭން ފެށީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، އެ ދަރިފަސްކޮޅުގެ މީހުން ނައްތާލަން މިޔަންމާގެ އަސްކަރިއްޔާ އިސްވެ އޮވެ ވަނީ ގިނަ ޢަދަދެއްގެ ޖަރީމާ ހިންގާފައެވެ.

މިޔަންމާ އަސްކަރިއްޔާގެ މި ޢަމަލުތަކާއި ގުޅިގެން، މިލިއަނަކަށް ވުރެ ގިނަ ރޮހިންޔާއިންނަށް ވަނީ މިޔަންމާ ދޫކޮށް، އަވަށްޓެރި ބަންގްލަދޭޝްއަށާއި އިންޑިއާއަށް ހިޖުރަކުރަން ޖެހިފައެވެ. އޭގެތެރެއިން ގިނަ ބަޔަކު އުޅެމުން އަންނަނީ މިޔަންމާ-ބަންގްލަދޭޝް ގުޅޭ ޞަރަޙައްދުތަކުގައި ޤާއިމުކޮށްފައި ހުރި ރެފިއުޖީ ކޭމްޕްތަކުގައެވެ.

އިންޑިއާއިން ވަނީ އެ ޤައުމަށް ހިޖުރަކުރި ރޮހިންގާއިންނަކީ ނުރައްކަލަށް ހުށައެޅިފައިވާ ބަޔަކު ކަމަށް ޤަބޫލުކުރަން ދެކޮޅު ހެދުމަށް ފަހު، އދ.ގެ އެންގުންތަކާ ޚިލާފަށް އެތަނުން އެއްބަޔަކު ޑީޕޯރޓުވެސް ކޮށްލާފައެވެ. އެ ޤައުމުގައި ތިބި ރޮހިންގާއިންގެ ޢަދަދު 18،000 ގާތްކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު