Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ކަޕް

ރޮނާލްޑޯގެ މޮޅު ކުޅުމާއެކު ޔުވެންޓަސް ސެމީއަށް!

މި މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 23 ޖެނުއަރީ 2020 | ބުރާސްފަތި 10:19
ޔުވެންޓަސް އަދި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުވެންޓަސް އަދި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ކަޕްގައި ޔުވެންޓަސް އަދި ރޯމާ ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބުކޮށް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ޔުވެންޓަސްއިން މޮޅު އެޓޭކިންގ ގޭމެއް ކުޅުނުއިރު މެޗުގެ 26 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ހިގުއެއިން ގެ އެހީތެރިކަމާއިއެކުގައެވެ.

މި ލަނޑަށްފަހު ވެސް ޔުވެންޓަސްއިން ގެންދިޔައީ ރޯމާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ އިތުރު ލަނޑެއްޖަހާ ރޯމާ އަށް ޕްރެޝަރ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުރުގުއޭގެ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަންކޫރް އެވެ.

މި ލަނޑާއި އެކު ރޯމާއިން ކުޅުން ރަނގަޅުކޮށް ޔުވެންޓަސްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލިއެވެ. ނަމަވެސް ޔުވެންޓަސްގެ ކީޕަރު ވަނީ ރޯމާގެ ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާއު ކޮށްފައެވެ. މެޗުގެ 45 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ލިއޮނާޑޯ ބޮނޫޗީ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ވެސް ޔުވެންޓަސްއިން ވަނީ ރޯމާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވައިލައިފައެވެ. ނަމަވެސް ޔުވެންޓަސްގެ ޑިފެންޑަރުން ވަނީ ޔުވެންޓަސްގެ ގިނަ ހަމަލާތަކެއް ހުއްޓުވައިފައެވެ. މެޗުގައި ރޯމާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި އެޓީމުން ކާމިޔާބުކުރިއިރު މި ލަނޑަކީ ޔުވެންޓަސްގެ ކީޕަރު ބުފަން އަތުން ބައިކޮޅަށްވަތް ލަނޑެކެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ރޮނާލްޑޯ ހޯދަމުންދާ ކާމިޔާބީގެ ޝުކުރު އޭނާގެ މަންމައަށް ހައްގު ކަމަށާއި ކުޅުންތެރިޔަކަށް އެހާ ގިނަ ދުވަހު އެއް ލެވެލްއެއްގައި ހިފެހެއްޓޭނީ ރަނގަޅު އާއިލާއެއް އެކަމުގެ ފަހަތުގައި އޮވެގެން ކަމަށެވެ. އަދި ތަފާތު ތިން ގައުމެއްގެއި ވިދާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު ރޮނާލްޑޯ އެކަން ކޮށްފި ކަމަށްވެސް ސާރީ ބުންޏެވެ.

ޔުވެންޓަސްއަށް ރޮނާލްޑޯ އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން 10 މެޗުގައި އޭނާ ވަނީ ލަނޑު ޖަހާފައެވެ. އަދި 2020 ވަނަ އަހަރު އޭނާ ވަނީ މިހާތަނަށް ހަތް ލަނޑު ޖަހާފައެވެ.

އިޓާލިއަން ލީގުގެ ސެމީ ފައިނަލްގައި ޔުވެންޓަސް ބައްދަލުކުރަން ޖެހޭނީ އޭސީ މިލާން ނުވަތަ ޓޮރީނިއޯ އާއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް