Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮރޯނާ ވައިރަސް

ކޮރޯނާ ވައިރަސް: ޗައިނާގެ ވުހާން ސިޓީގެ އާންމު ދަތުރުފަތުރު ހުއްޓުމަކަށް

ބުރާސްފަތިދުވަހުގެ ހެދުނު ދިހައަކުން ފެށިގެން އާންމު ދަތުރުފަތުރުތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2020 | ބުރާސްފަތި 03:36
ވުހާން ސިޓީގެ އެއަރޕޯޓުގައި ފަސިންޖަރަކު މަޑުކޮށްލައިގެން

ވުހާން ސިޓީގެ އެއަރޕޯޓުގައި ފަސިންޖަރަކު މަޑުކޮށްލައިގެން

ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން އެޤައުމުގެ ވުހާން ސީޓިގެ ޢާއްމު ދަތުރުފަތުރުތަކުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ބައިނަލްއަޤުވާމީ މީޑީއާތަކުން ރިޕޯޓުކުރާގޮތުގައި ޗައިނޭގެ މެދުތެރޭ ހުބެއި ޕްރޮވިންސްގެ ވެރިރަށް ވުހާން ސިޓީގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެ ސިޓީގެ އާންމު ރައްޔިތުންނަށް ދަތުރުފަތުރު ނުކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ. ނުވަ މިލިޔަނާއި ގާތް ކުރާ ޢަދަދެއްގެ އާބާދީއެއް އޮންނަ ވުހާން ސިޓީގެ ރައްޔިތުން އެ ސިޓީ ދޫކޮށް އެހެން އަވަށްތަކައް ދަތުރު ނުކުރުމަށާއި، މަޖްބޫރީ ޙާލަތެއްގައި ނުވަތަ ޒަރޫރީ ބޭނުމެއްގައި މެނުވީ ގިނަ މީހުން ހެލިފެލިވެ އުޅޭ ތަންތަނަށާއި އެއްވެއްތަކަށް ނުދިއުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމަ އެއާއެކު ވުހާން ސިޓީގެ ޢާންމު ދަތުރުފަތުރުތައް ވެސް ވަނީ 23 ވާ ބުރާސްފަތިދުވަހުގެ ހެދުނު ދިހައަކުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެގޮތުން ވައިގެ ބަނދަރާއި ރޭލްވޭ ބަނދަރުތަކުގެ ތާވަލު ދަތުރުތައް ވަނީ ހުއްޓާލާފައެވެ. ހަމަ އެއާއެކު، އާއްމު ބަސްދަތުރުތަކާއި، ފެރީ ދަތުރުތައް ހުއްޓާލާ ސަބްވޭއިސްތައްވެސް މިހާރުވަނީ ބަންދުކޮށްފައެވެ. ވަކިން ޚާއްޞަކޮށް ދިގު ދަތުރުތަކާއި، އެ ސިޓީން ބޭރަށް ކުރާ ދަތުރުތައް މުއްދަތެއް ނެތްގޮތައްވަނީ ހުއްޓާލާފައެވެ.

އާންމު ދަތުރުފަތުރުތައް ހުއްޓާލާ އާންމު ރައްޔިތުން ސަމާލުވުމަށް އިރުޝާދުދީ އިލްތިމާސް ކުރިނަމަވެސް، އަލުން މިދަތުރުފަތުރުތައް ފަށާނެ ތާރީޚެއް ކަމާއިބެހޭ ފަރާތްތަކުން އަދި އިޢުލާނެއް ނުކުރެއެވެ. ކުރިޔަށް އޮތީ ޗައިނާގެ އާއަރުކަމަށްވެފައި، މި ދުވަސްވަރަކީ ޗައިނާގެ ރައްޔިތުން ގިނައިން އަހަރީ ޗުއްޓީއަށް ދުރާލާ ތައްޔާރުވެެގެން އެހެން ސިޓީތަކާއި ބޭރު ޤައުމުތަކަށް ހިތްހަމަ ޖައްސާލަން ދާ ދުވަސްވަރެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަސް އައުޓްބްރޭކާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މިކަމަށްވަނީ ބުރޫ އަރާފައެވެ. މުޅި ސިޓީވެސް ސިފަވަނީ މަރުވެފައިވާ އޮންނަ ގޮތަކައް ކަމަށާއި،އަދި އެސިޓީގެ އާންމުންވެސް މާޔޫވެފައިވާކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ވައިރަސް އަރާފާނެ ކަމުގެ ބިރު ހީވެ ގިނަ ބަޔަކު ބިރުވެރިކަމެއްގެ ތެރޭގައި ތިބިކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ޗައިނާގައި މިފަހަރު ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން މިހާތަނަށް އެވައިރަސްގައި 17 މީހުން މަރުވެފައިވެއެވެ. އަދި އިތުރު 500 މީހުންނަށް މިވައިރަސް ޖެހިގެން މިހާރުވެސް ފަރުވާހޯދަމުން އަންނަ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. ވުހާން ސިޓީގެ އިތުރުން އެސިޓީގެ ވަށައިގެންވާ އެހެނިހެން އަވަށްތަކަށްވެސް ވައިރަސް ފެތުރެން މިހާރު ވަނީ ފަށާފައެެވެ. ޗައިނާގެ ކޮރޯނާ ވައިރަސް ފެތުރެމުން ދިޔަނަމަވެސް އަދި ދުނިޔޭގެ ޞިއްޙަތާއި ބެހޭ ޖަމްޢިއްޔާ (ޑަބްލިއުއެއެޗްއޯ) އިން މިއީ، "ގްލޯބަލް އެމަރޖެންސީ" އެއް ނުވަތަ މުޅި ދުނިޔެ ސަމާލުކަމަށް އަންނަވީ ކަމެއްގެ ގޮތުގައި ކަނޑައަޅާފައެއް ނުވެއެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ މަޝްވަރާތައް ބުދަދުވަހު އެޖަމާއަތުގެ އެމަރޖެންސީ ކޮމީޓީގައި މަޝްވަރާކޮށްފައިވެއެވެ. ބުދަ ދުވަހުވެސް މިކަމާއި ގުޅޭ މަޝްވަރާ ކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

ޗައިނާގައި ފެތުރިގެން މިއުޅޭ ކޮރޯނާ ވައިރަސް ގެ ވައްތަރު މިހާރު އެމެރިކާއާއި ތައިލޭންޑާއި ދެކުނު ކޮރެއާއިން ވަނީ ފެނިފައެވެ.

މީގެ ކުރިން 2000 ހުގެ ކުރީކޮޅު ދުނިޔޭގައި ފެތުރުނު ކޮރޯނާ ވައިރަސްގެ ވައްތަރެއްކަމުގައިވާ "ސާރސް" ވައިރަސް ޖެހިގެން މުޅި ދުނިޔެއިން ޖުމުލަ 800 މީހުން މަރުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި

ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި

29 ޖޫން 2017
އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

29 މެއި 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު