Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

ރިޒޭގެ ހެޓްރިކާއިއެކު އީގަލްސްއަށް ފަސޭހަ މޮޅެއް

މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 7-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2020 | ހޯމަ 14:39
ފޯކައިދޫ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން - އަހުމަދު ރިޒްވާން (ރިޒޭ)

ފޯކައިދޫ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން - އަހުމަދު ރިޒްވާން (ރިޒޭ)

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަހުމަދު ރިޒްވާން (ރިޒޭ) ގެ ހެޓްރިކާއި އެކު ކްލަބް އީގަލްސް ފަސޭހަ ކަމާއިއެކު ފޯކައިދޫ ފުޓުބޯޅަ ކްލަބް ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 7-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން އީގަލްސްއިން މޮޅަށް ކުޅުނުއިރު މެޗުގެ 12 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އެވެ. މި ލަނޑަށްފަހު ވެސް އީގަލްސްއިން ގެންދިޔައީ ފޯކައިދޫގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ރިޒޭ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އީގަލްސް ކުރީގައި އޮވެގެންނެނެވެ.

މެޗުގެ ދެވަނަ ހާފުގައި އީގަލްސްއިން ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތުވަނީ ދީފައެވެ. މި ހާފު ފަށައިގެން 30 ސިކުންތުގެ ތެރޭގައި ރިޒޭ ވަނީ ލަނޑު ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މެޗުގައި ރިޒްވާން ޖެހި ފަހު ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި އޭނާ ކާމިޔާބުކުރިއިރު މެޗުގެ 66 ވަނަ މިނެޓުގައި އީގަލްސްގެ ޒައިން ޒަފަރް ވަނީ އޭނާ އީގަލްސްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގެ 72 ވަނަ މިނެޓުގައި ޒައިން އޭނާގެ ދެވަނަ ލަނޑު ވަނީ

ކާމިޔާބުކޮށްފައެވެ. މެޗުގައި އީގަލްސްއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޓޮޝީކީ އޮކޮމާޓޯއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފޯކައިދޫގެ ކޯޗު ނިޝްތާރު މުހައްމަދު ބުނީ މެޗަށް ފޯކައިދޫއިން ނިކުތްއިރު މި ސީޒަނުގައި ފޯކައިދޫއިން ދާން ބޭނުންވި ޓާގެޓް ވާސިލްވެފައިވާ ކަމަށާއި ނަމަވެސް އެޓީމުން ނިކުންނާނީ ކުރިޔަށް އޮތް ތިން މެޗު ކާމިޔާބުކުރަން ކަމަށެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ސިޔާޒް (މޯހަން) ބުނީ މި މެޗުގެ ނަތީޖާ އާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ހާއްސަކޮށް ޒުވާން ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފު ހައްގު ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު