Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުޅި ނިޒާމް ފެއިލްވެއްޖެ! އިސްލާހުކުރާނެ ހިތްވަރު އެބަހުރިތަ؟

އެތައް މުއްސަސާއެއްގެ އިހުމާލުތައް މިވަނީ ފެންމަތިވެފައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2020 | އާދީއްތަ 13:39
ދިވެހިރާއްޖޭގެ ގައުމީ ދިދަ

ދިވެހިރާއްޖޭގެ ގައުމީ ދިދަ

ރައްޔިތުންނަށް ހިދުމަތްކުރަން ތިބި ހާދިމުންނޭއެވެ. މިވާހަކަތައް މި ލިޔަނީ ހާދަ ފުން ހިތާމައަކާއި، ބޮޑު ލަދުވެތިކަމެއްގައި ހުރެގެން ކަން އެނގިވަޑައިގަންވާތޯ؟ އެވެ. ހިތާމަކުރަނީކީއެއް، ނޫނީ ލަދުގަންނަނީކީއެއް އަޅުގަނޑަށް ކުރެވުނު ކަމަކާ ގުޅިގެންނެއް ނޫނެވެ. ތިޔަ ހާދިމުންގެ މުށު ތެރެއިން ދޫވެގެން ދިޔަ ކުށްވެރިޔަކާ ހެދި، މާސޫމު ކުއްޖެއްގެ އިއްފަތްތެރިކަން ފޭރިގަތް ނުބައި ނުލަފާ ޖައްބާރުން ތިޔައިގެ ބައެއްގެ ސަބަބުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބީމައެވެ.

ތިޔައިގެ ބައެކޭ މިބުނާ ވާހަކަ ނިސްބަތްކުރަނީ މުޅި ދައުލަތުގެ ހުރިހާ މުއްސަސާއަކަށެވެ. ސަރުކާރުގެ ވުޒާރާތަކާ ހަވާލުވެވަޑައިގެން ތިއްބެވި ވެރިންނަށެވެ. މިނިވަން މުއައްސަސާތަކުގެ މަސްއޫލުވެރިންނާއި ޒިންމާ ހަވާލުކުރެވިފައިވާ މުވައްޒަފުންނަށެވެ. އަދުލު އިންސާފު ގާއިމުކުރަން ތިއްބެވި ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންނަށެވެ. ކުރުކޮށް ދަންނަވަނީނަމަ، މުޅި ދައުލަތް ހިންގުމުގެ ނިޒާމުގައި އެކި ގިންތިތަކުގައި މަސައްކަތްކުރާ އެންމެންނަށެވެ.

މިއެންމެން މިކަމުގެ ޒިންމާ ނަގަން ޖެހެނީ ކީއްވެގެންކަން ތަފުސީލުކޮށް ބަޔާންކޮށްދޭނަމެވެ. ތަފުސީލު ކޮށްދެނީ އޮޅެމެއް އަރާފާނެތީއެވެ. ތިމަން ކުރީ ކީއްހޭ ކިޔާ، އަޅުގަނޑާވިޔަސް، ނޫނީ އަމިއްލަ ނަފްސާވިޔަސް ކުރެވޭ ސުވާލުތަކަށް ދޭނެ ޖަވާބުވެސް ހިމަނަން ބޭނުންވާތީއެވެ. ޒިންމާއެއް ނެތޭ ބުނެ ރެކެން އުޅޭ ފަރާތްތަކުން އިހުމާލުވީ މިންވަރު ބަޔާންކޮށްދޭށެވެ.

ކުށްވެރިން މުޖުމަތަމައުގެ ތެރޭގައި ދޫވެފައި ތިބުމަކީ ފުލުހުންގެ އިހުމާލެކެވެ. ހާއްސަކޮށް ބޮޑެތި ކުށްތަކުގެ ގޮތުގައި ގިންތިކުރެވި، ގާނޫނުން ބޮޑެތި އަދަބުތައް ކަނޑައަޅާފައިވާ މައްސަލަތަކުގައި މިފަދަ އިހުމާލު ބޮޑުވީމައެވެ. މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރަން މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބަޔަކު އެކަން ކުރަން ނުކުޅެދުނީމައެވެ. ގަބޫލުކުރާށެވެ. އެއީ ކަން އޮތް ގޮތެވެ.

ކުޑަކުއްޖާ ރޭޕްކުރުމުގެ ތުހުމަތުކުރެވޭ މުނިކާފަ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރެވި ދޫކޮށްލާފައި ހުރުމަކީ އިހުމާލެކެވެ. ބަލި ހާލަތު ހުރި ގޮތުން ދޫކޮށްލަން ޖެހިގެން، އޭނާ މޮނީޓަރ ނުކުރެވި، އަނެއްކާ ހަމަ އެކަހަލަ ކަމެއް ފެންމަތިވާން މެދުވެރިވުމަކީ އިހުމާލެކެވެ. ފާރަވެރިންވާން ޖެހޭ މީހަކު މުޖުތަމައު ތެރެއަށް ދޫކޮށްފައި ބެހެއްޓުމުގެ ސަބަބުން އަނެއްކާ ކުށަކަށް އަރައިގަތުމަކީ އިހުމާލެކެވެ.

އޭނާއަށް ފާރަވެރިވާން ޖެހޭ ވަރަށް ފާރަވެރިވެވުނުނަމަ މިކަން ހުއްޓުވުނީހެއް ނޫންތޯ؟ އެވެ. ދައުވާކުރެވުނު މައްސަލަ ކުރިޔަށްދިޔައީ ކިހާވަރަކަށްތޯ، މައްސަލަ ތަހުގީގުކުރި އޮފިސަރު ނުވަތަ އޮފިސަރުން ފޮލޯ އަޕް ހެދުނު ނަމަ، އެ ތުއްތު ކުއްޖާ ސަލާމަތްކުރެވުނީހެއް ނޫންތޯ؟ އެވެ. ފުލުހުންގެ ތަހުގީގުން ފުރައްސާރަކުރިކަން ސާބިތުވެ ދައުވާކުރަން ފޮނުވި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާއަށް އިންސާފު ލިބުނުކަން ކަށަވަރު ކޮށްދެވުނުމަމަ، މިހެންނެއް ނުވީހެއް ނޫންތޯ؟ އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަކީ މީހެއްގެ މައްޗަށް ކުށެއް ސާބިތުވާ ވަރަށް ހެކި ހުރިކަން ގަބޫލު ކުރެވިގެން، އެ މައްސަލަތައް ކޯޓަށް ފޮނުވަން އޮންނަ މުއައްސަސާއެވެ. ފުލުހުންގެ މުއައްސަސާއިން ހިންގާ ތަހުގީގުތައް ހިނގާ ގޮތް ބެލުމުގެ ބާރު ލިބިފައިވާ މުއައްސަސާއެވެ. އަދި ކަމެއްގެ ތަހުގީގެއް ހިންގަން ޖެހިއްޖެކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައި، އެކަންވެސް ކުރުމުގެ ފުރިހަމަ ބާރާ އިހުތިޔާރު ލިބިފައިވާ މުއައްސަސާއެވެ.

ކަންމިހެން ހުރިއިރު، ފުލުހުން ބުނާގޮތުންނަމަ އެބުނާ މުނިކާފަގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށްފަހު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައެވެ. މައްސަލައިގައި ދައުވާކުރަން ޝަރީއަތަށްވެސް ފޮނުވާފައިވާ ކަމަށް ބުނެވެއެވެ. އަސްލު ހަގީގަތުގައި މި މައްސަލައިގައި ވާނުވާއެއް ނޭނގެއެވެ.

މައްސަލަތައް ކޯޓުތަކުގައި ކުރިޔަށް ނުގޮސްގެން އެކަމާ ނޫޅެވުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ އިހުމާލެކެވެ. މައްސަލައާ ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރު މައްސަލަ ކުރިޔަށް ނުގެންދިޔަ ސަބަބު އޮޅުންނުފިލުވާ ހުރުމަކީ އިހުމާލެކެވެ. ހަގީގަތުގައި މުޖުތަމައަށް ނުރައްކާތެރި މީހުން ބަންދުކުރަން ނުކުޅެދުމުގެ ސަބަބުން، ދެ އަހަރުގެ ކުއްޖެއްގެ މުސްތަގުބަލު ފުނޑުފުނޑުވެގެން ދިއުމަކީ އިހުމާލެކެވެ.

ބަޖެޓު ނެތޭ، ކޭސް ވޯކަރުންގެ ލޯޑު ބޮޑޭ، މުވައްޒަފަކު ނެތި އެތައް ދުވެހެއް ވެއްޖެޔޭ ބުނާނީކީ މިއަދަކު އެއް ނޫނެވެ. ވުޒާރާ ހިންގުމާ ހަވާލުވެގެން، އެކި ވަރުވަރުން މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީން އައްޔަނުކުރަނީ މިކަންކަން މިހެން ނުހިނގާވޭތޯ ބެލުމަށެވެ.

ކުޑަކުދިންނާއި އާއިލާގެ ރައްކާތެރިކަން ކަށަވަރުކުރަން އުފަައްދާފައިވާ މުއްސަސާއެއްގެ މަސްއޫލުވެރިންނަށް އެކަންކަން ނުކުރެވި ހުރުމަކީ އިހުމާލެކެވެ. ވުޒާރާގެ މަސައްކަތްތައް ކުރުމަށް އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ސެންޓަރުތަކުގައި މުވައްޒަފުން ނެތި އަހަރު ދުވަސް ވޭތުވެގެން ދިއުމަކީ އިހުމާލެކެވެ. މަތިކުރެވުނު ޒިންމާ އަދާކުރައްވަން، މާތް ﷲ ގަންދީ ހުވާކުރައްވައިގެން ތިބެ އެކަން ނުކުރެވުމަކީ އިހުމާލެކެވެ.

ހާޒިރުކުރެވޭ ކޮންމެ ފަހަރަކު، ބާއްވާ ކޮންމެ ނޫސް ކޮންފަރެންސެއްގައިވެސް ވަޒީރު މަސައްކަތްކުރައްވަނީ އަމިއްލަ މަސްލަހަތު ސަލާމަތްކުރެވޭތޯއެވެ. ތިމާގެ ޒިންމާއެއް ނެތްކަމަށް ދައްކާ، އެހެން ފަރާތްތަކުގެ ބޮލަށް ޖަހާލުމެވެ. އަބަދުވެސް ކޮންމެވެސް ކަހަލަ ބަހަނާއެއް ދެއްކުމުގެ ބަދަލުގައި، ޒިންމާ ނަންގަވާނެހާ ހިތްވަރެއްވެސް ނެތެވެ.

އިނގިރޭސިން ބޭނުންކުރާ ޝަރުއީ ބަހެއްގެ މަފްހޫމްގައި ވަނީ، އަދުލު އިންސާފު ގާއިމްކުރުން ލަސްވުމަކީ، އަދުލު އިންސާފު ނުލިބުން ކަމަށެވެ. މިއީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ތިބި ފަނޑިޔާރުންގެ ތެރެއިން ގިނަ ބަޔަކަށް އެނގެންވެއްޖެ ކަމެކެވެ. ދޭތެރެދޭތެރެއިން ހަނދުމަކޮށްދިނުމުގެ ގޮތުން ފަނޑިޔާރުގެ ގޮނޑިކޮޅުގައި ހުންނަވާއިރު ފެނިވަޑައިގަންނަވާނެހެން، ކުރިފުޅު މަތީގައި މީގެ ބޯޑެއް ހަރުކޮށްގެން ވިޔަސް މިކަން ކުރާންވެއްޖެއެވެ.

މީހެއްގެ ބަލި ހާލަތައް ރިއާޔަތްކުރުމަށްފަހު، އޭނާގެ މައްޗަށް ދައުވާއެއް ސާބިތުވަންދެން ދޫކޮށްފައި ހުރުމަކާއި ދެކޮޅެއް ނަހަދަމެވެ. ނަމަވެސް މީގައި ކޮންމެ ފަނޑިޔާރަކުވެސް ވިސްނަވާލައްވަން ޖެހޭ ކަމެއް އެބައޮތެވެ. އިސްކުރަންވީ އޭނާގެ ބަލި ހާލަތުތޯ ނޫނީ މުޖުތަމައުގެ ރައްކާތެރިކަމާއި ސަލާމަތްތޯ؟ އެވެ.

އަދި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މީހަކު މިނަވަންކުރާއިރު އޭނާގެ އަމަލުތައް މޮނީޓަރ ކުރަން އަމުރުކުރުމުގެ ބާރު ކޯޓަށް އޮންނައިރު، އެކަން ނުކުރެވުމަކީ އިހުމާލެކެވެ. ބަންދުން މިންޖުވެފައި ހުރި މީހެއްގެ މައްޗަށް ޝަރީއަތް ހިންގައި، ހުކުމްކުރުން ލަސްވެގެން އޭނާ އިތުރަށް ކުށަކަށް އަރަން ފުރުސަތު ދިނުމަކީ އިހުމާލެކެވެ. އަދުލު އިންސާފު ގާއިމް ނުކުރެވި ލަސްވެގެންދާ ކޮންމެ ސާތަކީ، ހަމަ އެ ކޯޓުތަކުގެ އިހުމާލެކެވެ.

ކޮޅު ނެއްތާ ކޮޅުން އެތައް މުއައްސަސާއެއްގެ އިހުމާލު، ތުއްތު ކުއްޖެއްގެ އާއިލާގެ ފިރިހެނުންތަކެއްގެ މުޑުދާރު އަމަލުން ފެންމަތިވެގެން އައުމާއެކު، ހުރިހާ ރައްޔިތުންގެ ހަރު އަޑުން ގޮވާލީ އެންމެ ކަމަކަށެވެ. އެއީ އިހުމާލުވީ މީހުން ޖަވާބުދާރީކޮށް، ކަންކަން އިސްލާހުކުރުމަށެވެ.

މިކަން ކުރުމުގެ ބާރު އެބައޮތެވެ. ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ޝަރުއީ ކޯޓުތަކަށްވެސް އެބައޮތެވެ. މިއީ ރައީސް ކުއްލި ކެބިނެޓް ބައްދަލުވުންތައް ބާއްވާ، ވަޒީރު ޖަވާބުދާރީކުރުވަންވީ ވަގުތެވެ. މިއީ ރައްޔިތުންގެ މަޖިލީހުން، މި ހުރިހާ މުއައްސަސާއެއްގެ ވެރިން ފަހަތުން ދުވެ، ޖަވާބުދާރީކޮށް، ކަންކަން އިސްލާހުކޮށް ފިޔަވަޅު އަޅަންވީ ވަގުތެވެ. މިއީ ސުޕްރީމް ކޯޓުން، ގާނޫނުގެ ބާރުވެރިކަން ދައްކާ، ދޭންޖެހޭ ފަރާތްތަކަށް ހައްގު އަދަބު ދޭންވީ ވަގުތެވެ. ސުވާލަކީ، މިކަން ކުރާނެހާ ހިތްވަރު އެބަހުރިތޯ؟ އެވެ. ރައްޔިތުން ތިބީ ފާރަވެރިވެ، ޖަވާބަކަށް އިންތިޒާރުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނުފަށަނީސް ވެމްކޯ ފެއިލްވެއްޖެ!

ނުފަށަނީސް ވެމްކޯ ފެއިލްވެއްޖެ!

02 އޯގަސްޓު 2017
ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

31 ޖުލައި 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު