Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން މިސައިލް ޙަމަލާ

އީރާނުގެ މިސައިލް ޙަމަލާގައި އެމެރިކާގެ 11 ސިފައިންނަށް އަނިޔާވި: ޕެންޓެގަން

18 ޖެނުއަރީ 2020 | ހޮނިހިރު 08:01

ޓްރަމްޕް މީގެ ކުރިން ބުނެފައިވަނީ އީރާން ޙަމަލާގަ އެމެރިކާގެ ސިފައިންނަށް އަނިޔާ ނުވާކަމަށް

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 18 ޖެނުއަރީ 2020 | ހޮނިހިރު 08:01
އީރާނުން މިސައިލް ޙަމަލާ ދިން އަރްބީލް އެއަރ ބޭސް

އީރާނުން މިސައިލް ޙަމަލާ ދިން އަރްބީލް އެއަރ ބޭސް

އީރާނުން ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު އިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ޙަމަލާގައި އެމެރިކާގެ 11 ސިފައިންނަށް ހާނިއްކަވެފައިވާކަމަށް، އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓެގަން އިން ބުނެފިއެވެ.

ޕެންޓެގަން ގެ ޑިިފެންސް ޑިޕާޓްމަންޓުގެ ތަރުޖަމާނާއި ޙަވަލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، އިރާޤުގެ ހުޅަނގު އުތުރުގައި ޤާއިމުކޮށްފައިވާ އެމެރިކާ ގެ އަސްކަރީ މަރުކަޒުކަމަށްވާ "އައިން އަލް-އައްސަަދު" އަށް އިރާނުން ދިން ބެލިސްޓިކް މިސައިލް ޙަމަލާގައި އެއްވެސް މީހަކު މަރެއް ނުވެއެވެ. އަދި ޒަޚަމް އެއްވެސް ނުވެއެވެ.

އެހެންނަމަވެސް އަލް- އައްސަދު ވައިގެ މަރުކަޒަށް ދިން ޙަމަލާގައި އެމެރިކާ ސިފައިންގެ އެގާރަ މީހެއްގެ ބޮލަށް އަނިޔާވިކަމަށް ޕެންޓެގަން އިން ބުނެއެވެ. ބާރު އެއްޗެއް ޖެހުމުން ބޮލުގެ އެތެރެއަށް ލިބުނު އަނިޔާއާއި ގުޅިގެން މީގެ ތެރެއިން 8 މީހުން ފަރުވާއަށް ޖަރުމަނަށް، އަދި އަނެއް ތިން މީހުން ފަރުވާ ހޯދަމުން ދަނީ ކުވޭތުގައެވެ. ރިޕޯޓުތައް ބުނާ ގޮތުންނަމަ، ބައެއް މީހުން ހޭނެތި އަނެއް ބައި މީހުންނަށް ކުއްލި ޝޮކްތަކެއް ޖެހުނެވެ. އަދި ސިނކުނޑިއަށްވެސް އެކިވަރުގެ ގެއްލުންތައް ވިއެވެ. އެހެންނަމަވެސް މިކަމާއި ބެހޭ ތަފުޞީލެއް ޕެންޓެގަން އިން ހާމަކޮށްފައެއް ނުވެއެވެ.

ޕެންޓެގަންގެ ޑިފެންސް ޑިޕާޓްމަންޓުގެ ތަރުޖަމާނާއި ޙަވާލާދި ބައިނަލްއަޤުވާމީ މީީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ސިފައިންގެ މީހުންގެ ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު، ކުރަންޖެހޭ އިތުރު ތަހުލީލުތައް ނިމުމުން، އެމީހުން އަލުން އަނބުރާ އިރާޤަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ޕެންޓެގަން އިން މިހެން ބުނެފައިވަނީ އިރާނުގެ ޙަމަލާއާއި ގުޅިގެން ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރައްޔިތުންނާއި މުޚާޠަބު ކުރައްވާ ވައިޓް ހައުސް ގައި ދެއްވި ބަޔާނުގައި އިރާނުގެ މިސައިލް ޙަމަލާތަކުގައި އެމެރިކާގެ ސިފައިންނަށް ގެއްލުން ނުވާ ކަމަށް ވިދާޅުވެފައިވަނިކޮށްނެވެ. އަދި އެމެރިކާގެ ރައްޔިތުން ތިބީ ހެޔޮޙާލުގައި ކަމަށްވެސް ޓްރަމްޕް އެދުވަހުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޓްރަމްޕްގެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ ޕެންޓެގަން އިން ބުނެފައިވަނީ، ރައީސް ބަޔާން ދެއްވި އިރު، އެއްވެސް މީހަކަށް ހާނިއްކައެއް ނުވަތަ އަނިޔާވި ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށެވެ. އަދި ސިފައިންނަށް ޙަމަލާގައި އަނިޔާ ލިބުނުކަން އެގުންވީ، އޭގެ ދުވަސްކޮޅެއް ފަހުން ބޮލަށް ލިބުނު ގެއްލުންތަކެއްގައި، ސިފައިންނަށް އެކި ކަހަލަ އުނދަގުލާއި ކުރިމަތިލާންޖެހި، އެމީހުންނަށް އެކި ކަހަލަ ކަންތަކާއި ކުރިމަތިލާންޖެހުނު ހިސާބުންކަމަށެވެ.

އިރާނުން އިރާޤުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް ބެލިސްޓިކް މިސައިލްގެ ޙަމަލާތައް ޖެނުއަރީ 8 ވަނަ ދުވަހުގެ ރޭ ދިނީ، އެޤައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާއިން ދިން ޙަމަލާގެ ބަދަލު ހިފުމުގެ ރޫޙުގައި ދިން ޙަމަލާއެކެވެ.

ސުލައިމާނީގެ މަރާއި ގުޅިގެން، އެމެރިކާއާއި އިރާނުގެ ގުޅުން ވަނި މިއިން ޒަމާނެއްގައި ހީނަރު ނުވާހާ މިންވަރަށް ހީނާރުވެފައެެވެ. އެމެރިކާއިން ބުނެފައިވަނީ އިރާނުން ރައްދުގައި، ނުވަތަ ބަދަލު ހިފުމުގެ ރޫހުގައި އެމެރިކާގެ ތަނަކަށް ނުވަތަ ރައްޔިތަކަށް ޙަމަލާ ދީފިނަމަ، އީރާނާއި ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށެވެ. އަދި އީރާނު ހީވެސް ނުކުރާ ކަހަލަ އަވަސް ނުރައްކާތެރި ޙަމަލާއެއް އެމެރިކާއިން ވެސް ދިފާޢުގައި ދޭނެކަމަށެވެ.

އީރާނުން ބުނެފައިވަނީ، މެދުއިރުމަޓީ ޞަރަޙައްދުން އެމެރިކާގެ ވަސްވެސް ފޮހެލާނެކަމަށެވެ. އެހެންނަމަވެސް ޖެނުއަރީ 8 ގެ ޙަމަލާއަށް ފަހު ސީދާ އެމެރިިކާއަށް ޢަމާޒުކޮށް އިރާނުން ޙަމަލާއެއް ދީފައެއް ނުވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް