Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ

ކުޑަ ކުއްޖާގެ މައްސަލައިގައި ކުރި އިހުތިޖާޖުގައި ގޮވާލީ ޝިދާތާގެ އިސްތިއުފާއަށް

17 ޖެނުއަރީ 2020 | ހުކުރު 14:16

އިހްތިޖާޖުގެ ބައިވެރިން ވަނީ މިނިސްޓަރުގެ ފަހަތުން ހިނގާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 17 ޖެނުއަރީ 2020 | ހުކުރު 14:16
ޖެންޑަރ މިނިސްޓަރު ޝިދާތާ ފަހަތުން އިހްތިޖާޖުގެ ބައިވެރިން ހިނގާފައިދަނީ

ޖެންޑަރ މިނިސްޓަރު ޝިދާތާ ފަހަތުން އިހްތިޖާޖުގެ ބައިވެރިން ހިނގާފައިދަނީ

ގއ. ކަނޑުހުޅުދޫ ގައި ދެ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވުމުން ރައްޔިތުން ރުޅިގަދަވެ އިހްތިޖާޖުކޮށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފުގެ އިސްތިއުފާއަށް ގޮވައިފިއެވެ.

އެކަމާއި ދެކޮޅަށް އިހްތިޖާޖު ކުރަން ފެށީ ޖެންޑަރ މިނިސްޓްރީ ކުރިމަތިންނެވެ. އެ މިނިސްޓްރީ ކުރިމައްޗަށް އެއްވި ފަރާތްތަކުން ވަނީ އެކަމާއި ދެކޮޅަށް އެކި ކަހަލަ ޝޫއުރުތައް ލިޔެފައި ހުރި ޕޯސްޓަރުތައް ހިފައިގެންނެވެ.

އިހްތިޖާޖު ކުރިޔަށް ދަނިކޮށް ޖެންޑަރ މިނިސްޓަރު ޝިދާތާ ވަނީ އެ ސަރަހައްދަށް ވަޑައިގެން ޝުއޫރު ފާޅުކުރަމުންދިޔަ ފަރާތްތަކާއި ބައްދަލު ކުރައްވާފައެވެ.

ޖެންޑަރ މިނިސްޓަރު އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދޭން ފެށުމުން ސަރަހައްދުގައި ތިބި ފަރާތްތަކުން ދިޔައީ މެދު ކެނޑުމެއްނެތި ޝިދާތާގެ އިސްތިއުފާ އަށް ގޮވަމުންނެވެ.

އެމީހުން ދިޔައީ، ޖެންޑަރ މިނިސްޓްރީ ފެއިލްވެފައިވާކަމަށް ބުނެ މި ފަދަ ކަންތައްތައް އިތުރުވަމުންދާ ކަމަށް ބުނަމުންނެެވެ. ނޫސްވެރިންނަށް މައުލޫމާތުދެމުން ޝިދާތާ ވިދާޅުވީ، މި ފަދަ މައްސަލަތަކުގައި ރައްޔިތުންތަކެއް ރުޅިގަދަވެ ނުތަނަވަސްކަން އުފެދިގެންދާނެ ކަމަށް އެނގިވަޑައިގަނެ އެކަން ބަލައިގަންނަ ކަމަށެވެ. ނަމަވެސް ޖެންޑަރ މިނިސްޓްރީގެ ގާނޫނީ މެންޑޭޓަކީ އަނިޔާލިބޭ ފަރާތްތަކާއި އެކީގައި މަސައްކަތް ކުރުން ކަމަށެވެ. އެކަމަކު މައްސަލަ ތަހުގީގުކުރުމުގެ އެ މިނިސްޓްރީގެ ދައުރެއް ނޯއްންނަ ކަމަށެވެ.

ކުއްޖާގެ ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ޖެންޑަރ މިނިސްޓްރީންނާއި ސަރުކާރުން ފަހަތަށް ނުޖެހޭނެކަން ޝިދާތާ ފާހަގަކުރެއްވިއެވެ. ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދިނުމަށް ލަސްވާ ކަމަށް ދެކޭވެ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށްފަހު ޖެންޑަރ މިނިސްޓަރު އެ ސަރަހައްދު ދޫކޮށް ވަޑައިގަަންނަވަން އުޅުމުން އިހުތިޖާޖް ކުރި ފަރާތްތަކުން ވަނީ މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވަމުން ފަހަތުން ހިނގާފާއެވެ.

މިނިސްޓަރު ވަނީ ''ފައިންފުޅު'' ގައި ޖެންޑަރ މިނިސްޓްރީ ސަރަހައްދުން ފެށިގެން ޓްރެކް ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑާ ހަމައަށް ހިންގަވާފައެވެ.

އެހާ ހިސާބަށް ހިންގަވާފައި ވަޑައިގެންނެވީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، ''މިއީ އަޅުގަނޑުގެ ފްރައިޑޭ'' މިހެންނެވެ. މިނިސްޓަރުގެ ފަހަތުން ދިޔަ އިހްތިޖާޖުގެ ބައިވެރިން ވަނީ ސިނަމާލެ ޕޮލިސްޓޭޝަނާއި ހިސާބުން ހުއްޓުވާފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް