Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން

ޖިންސީ ގޯނާގެ މައްސަލަތަކުގައި އަވަހަށް ޝަރީއަތް ނިންމައި ނިޒާމު ހިނގާކަން އިހުސާސްވާންޖެހޭ: ޕީޖީ

ޖިންސީ ގޯނާ ކޮށްފައިވަނީ ބައްޕަ، ކާފަ އަދި މުނި ކާފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖެނުއަރީ 2020 | ހުކުރު 13:05
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި އަވަހަށް ޝަރީއަތް ނިމުމަކީ މުހިއްމު ކަމެއް ކަމަށާއި، އެ ނިޒާމު ފުރިހަމައަށް ހިނގާކަން އިހުސާސްވާން ޖެހޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދެކުނުގެ ރަށެއްގައި އާއިލާ މީހުންތަކެއް ވެގެން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފައިވާއިރު، އެކަމާ ގުޅޭގޮތުން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ތަޙުޤީޤުކޮށް ދައުވާ ކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި އެފަދަ މައްސަލަތައް އަވަސް ކުރުމާ ގުޅޭގޮތުން ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް ޝަމީމްގެ ޓްވީޓުގައި ބަޔާންކޮށްފައިވެއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، އެފަދަ މައްސަލަތަކުގައި އަވަހަށް ޝަރީއަތް ނިމުމަކީވެސް މުހިއްމު ކަމެއް ކަމަށާއި، ނިޒާމު ފުރިހަމައަށް ހިނގާކަން އިހުސާސްވާން ޖެހޭ ކަމަށެވެ.

ޝަމީމް އެހެން ވިދާޅުވެފައިވާއިރު، އެ މައްސަލައިގައި ކުޑަ ކުއްޖާއަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ކުއްޖާގެ ކާފައަކީ މީގެ ކުރިންވެސް އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ފަރާތެކެވެ. ނަމަވެސް އޭނާގެ ޝަރީއަތް މިއަދާޖެހެންދެންވެސް އޮތީ މަޑުޖެހިފައެވެ.

މިފަދަ މައްސަލަތަކުގައި ނިޒާމު ހިނގާކަން އިހުސާސްވާން ޖެހޭނެކަމަށް ޝަމީމް ވިދާޅުވެފައިވާއިރު، އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ، އެ މައްސަލައިގައި ޝަރީއަތް ކުރިއަށްގޮސް އޭނާއަށް ޙައްޤު އަދަބު ދެވުނު ނަމަ މިހިސާބަށް ކަންކަން ނުދާނެ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކާއި ދެކޮޅަށް ހެކި ހޯދަން އެހައި އުނދަގޫއިރު، ހެކި ލިބުމުންވެސް ޝަރީއަތްތައް އެތައް ދުވަހަކަށް ދިގުދެމިގެންދާ ކަމުގެ ކަންބޮޑުވުން ޝަމީމް ފާޅުކުރެއްވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ ބައްޕައާއި، ކާފަ އަދި މުނިކާފައެވެ. އަދި އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ މަންމަ ޑްރަގް ރިހިބިލެޓޭޝަންގެ ކަމެއްގައި މާލެ އައިސް ހުއްޓާއެވެ. އެ ކުއްޖާގެ މަންމަ އާއި ބައްޕައަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުން ކަމަށް މައުލޫމާތުލިބިފައިވެއެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި އާއިލާގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފިކަން ސާބިތުވެއްޖެނަމަ އެ މީހެއްގެ މައްޗަށް 20 އަހަރާއި، 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު