Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިމަބިހި

ހިމަބިއްސައް ޝައްކުވެގެން މިއަދު ޓެސްޓް ކުރި 15 މީހުންވެސް "ނެގެޓިވް"

މިހާތަނަށް 1200 މީހުން ހިމަބިހީގެ ވެކްސިން ޖަހާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ޖެނުއަރީ 2020 | ބުދަ 16:48
ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ހުމުގެ އެކި އަލާމާތްތަކާއި ގުޅިގެން ބުދަ ދުވަހު ހިމަބިއްސަށް ތަހުލީލު ކުރި 15 މީހުން ވެސް އެ ބައްޔަށް "ނެގެޓިވް" ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ، ހިމަބިހި ކަމަށް ޝައްކު ކުރެވޭ ފަރާތްތަކާއި، މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުޞަތު އޮތް މީހުން ހިމަބިއްސަށް ޓެސްޓު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިއަދު 15 މީހަކު ހިމަ ބިއްސައް ތަހުލީލު ކުރެވުނު އިރު، އެ އެންމެން ވެސް ބައްޔަށް "ނެގެޓިވް" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވަރަށް ބޮޑު އިސްކަމެއްދީގެން ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، އެގޮތުން މާލޭގެ ހުރިހާ ޞަރަޙައްދެއްގެ މުވައްޒަފުންނަށް ވެކްސިން ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ވަރަށް ގިނަ މުވައްޒަފުންނަށް މިހާރު ވެކްސިން ފޯރުކޮށްދީފައިވާ ކަމަށެވެ.

އޭގެ އިތުރުން ޢާންމު ރައްޔިތުންގެ ތެރެއިން ވެކްސިން ޖެހުމަށް އަމިއްލައަށް އަންނަ ފަރާތްތައް އިތުރުވެފައިވާކަން ވެސް ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިހާތަނަށް 1200 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހިމަބިހި ފެތުރެމުންދާތީ ކްލިނިކަލް ޚިދުމަތް ދިނުމަށް ހުޅުމާލެ ފެސިލިޓީ ޚިދުމަތް ދެވޭ ހިސާބަށް ގެންދެފިވައި ކަމަށެވެ. އަދި ވެކްސިން ދިނުމުގެ މަސައްކަތް ފެށި ފާހަގަކުރެވޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!
13 ފެބުރުއަރީ 2017

ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

13 ފެބުރުއަރީ 2017
 ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު