Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިމަމް ވޭޖް ރިޕޯޓު

މިނިމަމް ވޭޖް ރިޕޯޓުން މާލެއާއި ރާއްޖެތެރޭގެ ފަރަގު އެނގިގެންދިޔަ: ރައީސް ސޯލިހު

15 ޖެނުއަރީ 2020 | ބުދަ 06:13

ތަރައްގީކުރުމަށް ބަލާލާއިރު މާލެއާއި ރާއްޖެތެރޭ އަތޮޅުތަކާއި ވަރަށް ބޮޑެތި ތަފާތުތަކެއް ވާކަމަށް ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 15 ޖެނުއަރީ 2020 | ބުދަ 06:13
ކުޅުދުއްފުށީގައި ކުރިއަށްދާ ކޮންފަރެންސްގައި ރައީސް ސޯލިހް ވާހަކަފުޅުދައްކަވަނީ

ކުޅުދުއްފުށީގައި ކުރިއަށްދާ ކޮންފަރެންސްގައި ރައީސް ސޯލިހް ވާހަކަފުޅުދައްކަވަނީ

މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރުކުރި "މިނިމަމް ވޭޖް ރިޕޯޓު"ން، މާލެއާއި ރާއްޖެތެރޭގެ ފަރަގު އެނގިގެންދިޔަ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "ތިލަދުންމަތީ އިރުވައި" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީކުރުމަށް ބަލާލާއިރު މާލެއާއި ރާއްޖެތެރޭ އަތޮޅުތަކާއި ވަރަށް ބޮޑެތި ތަފާތުތަކެއް ވާކަމަށެވެ. އަދި ވަޒީފާގައި އުޅޭ މީހުންގެ އުޖޫރައިންވެސް މިކަން ވަރަށް ރަނގަޅަށް އެނގިގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމާއި މެދު ޝައްކެއް ނެތް ކަމަށެވެ. އެ ވިސްނުމާއި ފިކުރެއް ހާމަވީ މިއަދެއް ނޫން ކަމަށާއި އެމްޑީޕީ ވުޖޫދުވީއްސުރެ ވެސް އެމްޑީޕީގެ ފިކުރަކީ ހުރިހާ ރަށެއް ތަރައްގީ ކުރުން ކަމަށެވެ. އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ވެސް އެ މަސައްކަތް ފެއްޓެވިކަން ފާހަކަ ކުރެއްވިއެވެ.

ތިލަދުންމަތީގެ ތަރައްގީގެ މަޝްރޫއުތަކަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓެއް އޮތް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަޝްރޫއުތަކުން ވަޒީފާގެ ފުރުސަތުތައް ތަނަވަސްވާނެ ކަމަށެވެ. އަދި ވަޒީފާ އުފެއްދުމުގައި ރަށު ކައުންސިލްގެ ވަރަށް ބޮޑު ދައުރެއްވާކަމަށް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި އެމްޑީޕީއިން ކުރިޔަށް ގެންދާ "ތިލަދުންމަތީ އިރުވައި" މަހާސިންތާއަކީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ފަރާތްތަކަށް ހުޅުވާލެވިގެން ބާއްވާ މަހާސިންތާއެކެވެ.

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2018

ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ

18 ސެޕްޓެމްބަރު 2018
ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ
26 އޯގަސްޓު 2018

މާލެއާއި ގަމުގައި ރޭ ހިންގި މާރާމާރީގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ

26 އޯގަސްޓު 2018
މާލެއާއި ގަމުގައި ރޭ ހިންގި މާރާމާރީގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ
29 މެއި 2018

މާލެއާއި މާލެ ސަރަހައްދުގައި އިންފްލުއެންޒާ ވެކްސިން ޖަހައިދޭ ވަގުތުތައް އާންމުކޮށްފި

29 މެއި 2018
މާލެއާއި މާލެ ސަރަހައްދުގައި އިންފްލުއެންޒާ ވެކްސިން ޖަހައިދޭ ވަގުތުތައް އާންމުކޮށްފި
24 މެއި 2018

މާލެއާއި ހުޅުމާލެއާ ދޭތެރޭ އަޅާ ބްރިޖަށް ޚަރަދުވަނީ 198 މިލިއަން ޑޮލަރު: ޑރ މުއިއްޒު

24 މެއި 2018
މާލެއާއި ހުޅުމާލެއާ ދޭތެރޭ އަޅާ ބްރިޖަށް ޚަރަދުވަނީ 198 މިލިއަން ޑޮލަރު: ޑރ މުއިއްޒު
02 މާރިޗު 2018

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާލެއާއި އަތޮޅު ތެރޭގައި އެއްވުންތައް ބާއްވައިފި

02 މާރިޗު 2018
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާލެއާއި އަތޮޅު ތެރޭގައި އެއްވުންތައް ބާއްވައިފި
31 ޖެނުއަރީ 2018

އެއް ބިލަކަށް ދެ ފަހަރަށް ހައުސިންގ މިނިސްޓްރީން ފައިސާ ދެއްކިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ

31 ޖެނުއަރީ 2018
އެއް ބިލަކަށް ދެ ފަހަރަށް ހައުސިންގ މިނިސްޓްރީން ފައިސާ ދެއްކިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ
04 ނޮވެމްބަރު 2017

ޖިންސީ ހަމަހަމަކަން ރޭންކުކޮށް އެކުލަވާލާ ރިޕޯޓުން ރާއްޖެއަށް ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން ދެވަނަ

04 ނޮވެމްބަރު 2017
ޖިންސީ ހަމަހަމަކަން ރޭންކުކޮށް އެކުލަވާލާ ރިޕޯޓުން ރާއްޖެއަށް ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން ދެވަނަ
28 ސެޕްޓެމްބަރު 2017

މާލެއާއި އެއް އަގެއްގައި ރަށްރަށަށް ކަރަންޓާއި ފެނުގެ ޚިދުމަތް ދިނުމަށް ހުށަހެޅި މައްސަލަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފި

28 ސެޕްޓެމްބަރު 2017
މާލެއާއި އެއް އަގެއްގައި ރަށްރަށަށް ކަރަންޓާއި ފެނުގެ ޚިދުމަތް ދިނުމަށް ހުށަހެޅި މައްސަލަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފި
25 ޖޫން 2017

މާލެއާއި އަތޮޅުތަކުގައި ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު އީދު ނަމާދު ކޮށްފި

25 ޖޫން 2017
މާލެއާއި އަތޮޅުތަކުގައި ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު އީދު ނަމާދު ކޮށްފި
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް