Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައިޓްސް މުއާހަދާ

ހުއިފިލަނޑާގެ 2 ބާވަތެއްގެ ވިޔަފާރި ކުރުމާގުޅޭ ޚާއްސަ ވޯކްޝޮޕެއް ފަށަނީ

ރިޕޯޓް ތައްޔާރު ކުރާނެ ގޮތް މި ވޯކްޝޮޕްގެ ދަށުން ކިޔާދެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖެނުއަރީ 2020 | ބުދަ 05:03
މެރިން ރިސާރޗް ސެންޓަރު ހިންގެވުމާއި ހަވާލުވެ ހުންނެވި ޝާފިޔާ ނައީމް

މެރިން ރިސާރޗް ސެންޓަރު ހިންގެވުމާއި ހަވާލުވެ ހުންނެވި ޝާފިޔާ ނައީމް

ހުއިފިލަނޑާގެ 2 ބާވަތެއްގެ ވިޔަފާރި ކުރުމާގުޅޭ ޚާއްސަ ވޯކްޝޮޕެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް މެރިން ރިސާރޗް ސެންޓަރު ހިންގެވުމާއި ހަވާލުވެ ހުންނެވި ޝާފިޔާ ނައީމް ވިދާޅުވީ، ދުނިޔޭގައި ނެތިގެން ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކުގެ ބައިނަލްއަޤުވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމަށް ސައިޓްސް ކިޔާ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށާއި، މި ވޯކްޝޮޕަކީ އޭގެ ދަށުން ހިންގޭ ހަރަކާތެއް ކަމަށެވެ. އެގޮތުން ހުއިފިލަނޑާގެ ބައިނަލްއަޤުވާމީ ވިޔަފާރި ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، ތައްޔާރު ކުރަންޖެހޭ ރިޕޯޓް ތައްޔާރު ކުރާނެ ގޮތް މި ވޯކްޝޮޕްގެ ދަށުން ކިޔާދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބާވަތްތައް ސައިޓްސްގެ ހިމާޔަތް ކުރެވިފައިވާ ހުއިފިލަނޑާގެ ބާވަތްތަކުގެ ލިސްޓުގައި ހިމެނުމުން، މި ބާވަތްތަކުން ބައިނަލްއަގްވާމީ ފެންވަރެއްގައި ކުރާ ވިޔަފާރިއަކީ ދެމެހެއްޓެނިވި ވިޔަފާރިކައަށް ވެ، ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ވެސް މި ބާވަތްތަކުގެ އާބާދީ ބެލެހެއްޓޭނެ ކަމަށް މެރިން ރިސާޗް ސެންޓަރުން މައުލޫމާތު ދެއެވެ.

ހުއިފިލަނޑާގެ ބާވަތްތަކުގެ އިތުރުންވެސް ރާއްޖެއިން ވަނީ ސައިޓްސްގެ ލިސްޓުގައި މިޔަރުގެ ދެ ބާވަތަކާއި މަޑީގެ ބާވަތެއް ކާމިޔާބުކަމާއި އެކު ހިމަނާފައެވެ. އެގޮތުން 2016 ވަނަ އަހަރު ރާއްޖެއިން އިސް ނަގައިގެން ލިސްޓުގައި ހިމަނާފައިވަނީ ސިލްކީ ޝަރކް (އައިނު މިޔަރު) އާއި ތްރެޝަރ ޝަރކް (ކަނޑި މިޔަރު) އަދި މޮބިއުލާ ރޭ އެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު