Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޖެންޑާ 19 ރަށަށް

ތިން އިންތިހާބު އެކީގައި ބާއްވަން ފެނޭ: ރައީސް ސޯލިހް

14 ޖެނުއަރީ 2020 | އަންގާރަ 17:31

ކަންތައްތައް ކުރިއަށް ގެންދިއުމަށް ލަސްވަނީ އިންތިހާބުތައް ވަކިވަކިން އޮތުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޖެނުއަރީ 2020 | އަންގާރަ 17:31
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހދ. ނޮޅިވަރަމްގައި ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހދ. ނޮޅިވަރަމްގައި ވާހަކަދައްކަވަނީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު އެކީގައި ބާއްވަން ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގައި ހދ. ނޮޅިވަރަމްއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ބައެއް ކަންތައްތައް ކުރިއަށް ގެންދިއުމަށް ލަސްވެފައި ހުރެދާނެ ކަމަށާއި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އިންތިހާބުތައް ވަކިވަކިން އޮތުން ކަމަށެވެ. އަދި އެ ތިން އިންތިހާބު އެއް ދުވަހެއްގައި, އެއްވަގުތެއްގައި ބޭއްވުމުގެ މަސައްކަތްކޮށް، ހުރިހާ އިންތިހާބެއް އެކީގައި ބޭއްވިއްޖެނަމަ ޤައުމުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައިވެސް ރައްޔިތުން ސާފުކޮށް މެޖޯރިޓީ ދިނީ އެމްޑީޕީއަށް ކަމަށާއި، އެކަމުން ސާފުކޮށްގެން އެނގި ގެންދިޔައީ އެމްޑީޕީގެ ސިޔާސުތައް ރައްޔިތުން ބަލައިގަތްކަމާއި އެ ސިޔާސުތަކަށް އިތުބާރު ކުރިކަން ކަމަށެވެ. މި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ރައްޔިތުން ކުރިން ނިންމި ނިންމުމާއި އިދިކޮޅަށް ނިންމުން ނިންމައިފިނަމަ ރާއްޖޭގެ ތަރައްޤީއަށްޓަކައި ފަށާފައިވާ ހުރި މަސައްކަތްތަކަށް ހުރަސްތަކެއް އެޅިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ވާދަވެރި ބަޔަކު އޮށްޓަރެއް ނެތް، ހަޤީޤަތެއް ނެތް ވާހަކަތަކެއް ދައްކަމުންދާ ކަމަށާއި އެ ވާހަކަތަކަށް ރައްޔިތުން އަޑު ނޭހުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ވޭތުވެދިޔަ ތާނގައި ރަށްރަށުގައި ތަރައްޤީއަށް ވަރަށް ބޮޑަށް ފަސްޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ބާރުތައް އެއްކޮށް، ތަރައްޤީ އެއްތަން ކުރުމުގެ ސަބަބުން ކުރަންޖެހިފައި ހުރި ކަންތައްތައް ވަރަށް ގިނަ ކަމަށެވެ.

ނޮޅިވަރަމަށް ބޭނުންވެފައި ހުރި ކަންތައްތައް ހުރިކަން ފާހަގަކުރައްވާ ރައީސް ސާލިހް ވިދާޅުވީ އެ ރަށު ސުކޫލަށް ބޭނުންވާ ފަސް ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލް އެޅުމަށް 5.6 މިލިއަން ރުފިޔާ ބަޖެޓުގައި ހިމާނާފައިވާނެ ކަމަށެވެ. އަދި އެ ރަށުގައި ފެނުގެ ނިޒާމު މިއަހަރު ޤާއިމުކުރެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް