Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ފްލައިޓް ވައްޓާލުން

ފްލައިޓް ވައްޓާލި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި، ރައީސް ރޫހާނީ ވިދާޅުވީ މިއީ "މާފު ނުކުރެވޭ ފަދަ އެރަރ"އެއްކަމަށް

14 ޖެނުއަރީ 2020 | އަންގާރަ 14:27

0 މީހުންނާއެކު ތެހްރާންއިން ފުރައިގެން ޔޫކްރައިންއަށް ދަތުރުކުރަމުންދިޔަ ފްލައިޓް ޕީއެސް752 ވައްޓާލާފައިވަނީ މިދިޔަ ހަފްތާގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 14 ޖެނުއަރީ 2020 | އަންގާރަ 14:27
އީރާނުގެ ރައީސް ހަސަން ރޫހާނީ

އީރާނުގެ ރައީސް ހަސަން ރޫހާނީ

ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސް ފްލައިޓް ޕީއެސް752 ވައްޓާލެވިފައިވަނީ އޮޅުމަކުންކަމަށް އީރާނުން އެއްބަސްވެފައިވާއިރު، އެކަމާ ގުޅިގެން ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފްލައިޓް ވައްޓާލުމާ ގުޅިގެން ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށާއި، މިހާރުވެސް ބައެއް ފަރާތްތައް ހައްޔަރު ކުރެވިފައިވާކަމަށް އީރާނުގެ ޖުޑީޝަރީގެ ތަރުޖަމާނު ވިދާޅުވިއެވެ. ނަމަވެސް، އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރައްވައެވެ.

އީރާނު އަސްކަރިއްޔާއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނީ، މި ހާދިސާއާއި ގުޅިގެން ޒިންމާދާރު ވާންޖެހޭ ހުރިހާ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

180 މީހުންނާއެކު ތެހްރާންއިން ފުރައިގެން ޔޫކްރައިންއަށް ދަތުރުކުރަމުންދިޔަ ފްލައިޓް ޕީއެސް752 ވައްޓާލާފައިވަނީ މިދިޔަ ހަފްތާގައެވެ. އީރާނުގެ އަސްކަރިއްޔާއަށް އެ ފްލައިޓް ވައްޓާލެވުނީ "އޮޅުމެއް އަރައިގެން ހެދުނު ގޯހަކުން'' ކަމަށް ބުނެފައިވާއިރު، މި ހާދިސާ ހިނގާފައިވަނީ އެމެރިކާއިން ދިން ހަމަލާއެއްގައި އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ މަތީވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލިތާ ދުވަސްކޮޅެއް ފަހުންނެވެ.

ފްލައިޓް ވައްޓާލެވުނީ އޮޅުމަކުންކަމަށް އީރާނުން އެއްބަސްވެފައިވަނީ އީރާނުގެ އަސްކަރީ ހަމަލާއެއްގައި ކަމަށް ހުޅަނގުގެ ބާރުތަކުން ހާމަކުރި ފަހުން، ހޮނިހިރު ދުވަހުއެވެ. އަދި މިކަމާ ގުޅިގެން އީރާނުގައި މުޒާހަރާތައް ފަށާފައިވާއިރު، ބައިވެރިންތައް ވަނީ ގައުމުގެ ލީޑަރުންގެ އިސްތިއުފާއަށް ގޮވާލާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކަށް ބަލާއިރު، މުޒާހަރާ ރޫޅާލުމަށް އީރާނުގެ ސަލާމަތީ ބާރުރަކުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. ނަމަވެސް، ފުލުހުން މިކަންތައް ދޮގު ކުރެއެވެ.

ފްލައިޓް ވައްޓާލި މައްސަލަ ވަރަށް ސީރިއަސްކޮށް ބެލުމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ވައުދުވެވަޑައިގެންފައެވެ.

އަންގާރަ ދުވަހު ރައީސް ރޫހާނީ ވިދާޅުވީ، މި "މާފު ނުކުރެވޭ ފަދަ އެރަރ" އެއް ކަމަށާއި ފުރިހަމައަށް އެކަން ތަހުގީގު ކުރައްވާނެ ކަމަށެވެ. އަދި ރޫހާނީ ވަނީ މި މައްސަލަ ބެލުމަށް ހާއްސަ ޓީމެއް އެކުލަވާލުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން، ރޫހާނީ ވިދާޅުވީ މި ގޯސް ހެދުމުގައި އިހުމާލުވާ ހުރިހާ ފަރާތްތަކަށް ފިޔަވަޅު އެޅެން ޖެހޭނެކަމަށެވެ.

ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސް ފްލައިޓް ޕީއެސް752 ވައްޓާލިއިރު ފްލައިޓުން ދަތުރު ކުރަމުން ދިޔައީ 176 ފަސިންޖަރުންނާއި ހަތަރު ކްރޫ މެމްބަރުންނެވެ. އޭގެ ތެރޭގައި 82 އީރާނުގެ ރައްޔިތުން ވެސް ހިމެނެއެވެ.

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ހާދިސާގެ ޒިންމާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ނަންގަވަން ޖެހެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް