Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތް ބުދަ ދުވަހު ރާވާ ނިމޭނެ

ބުދަ ދުވަހު މިސްކިތް ރޭވުމުގެ ހުރިހާ މަސައްކަތެއް ނިމޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޖެނުއަރީ 2020 | އަންގާރަ 13:40
ކަޅުވަކަރު މިސްކިތުގެ މަސައްކަތް ނިމިފައި

ކަޅުވަކަރު މިސްކިތުގެ މަސައްކަތް ނިމިފައި

ދިރާގު ހެޑް އޮފީސް ކުރިން ހުރި ތަނުގައި ރާވަމުންދާ ކަޅުވަކަރު މިސްކިތް ރޭވުމުގެ ހުރިހާ މަސައްކަތެއް ބުދަ ދުވަހު ނިންމާލެވޭނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.

ކަޅުވަކަރު މިސްކިތުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާއަށް ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު ވިދާޅުވީ ކަޅުވަކަރު މިސްކިތް ރޭވުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި، މިސްކިތް ހިޔާކޮށް ރޭވުމުގެ މަސައްކަތް ނިމި، މިހާރު ނުނިމި ހުރީ ތިނބި އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ތިނބި އެޅުމުން ރޭވުމުގެ ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ އިތުރަށް ވަޅު ބެހެއްޓުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ވަޅު ބެހެއްޓޭނީ މިސްކިތް ހިޔާކުރަން ހަދާފައި ހުރި ހަރުގެ ނަގައިގެން ކަމަށެވެ.

ތޯރިގު ވިދާޅުވީ މިސްކިތް ސަލްޓަންޕާކުގެ އިރު ދެކުނު ކަންމަތީގައި ހުރި އިރު އެތަނުން ނެގިއިރުގައި ވެސް ވަރަށް ބައިވަރު ގެއްލުންތަކެއް ލިބިފައި އެބަހުރި ކަމަށެވެ. އެގޮތުން ބައެއް ގާތަކުގެ ބައިތައް މަދުކަމަށާއި އެތަންތަނަށް ގާ ހޯދައިގެން ގަލުން އެބައި ފިލްކުރަމުން ދާ ކަމަށެވެ.

ތޯރިގު ވިދާޅުވީ މިސްކިތުގެ އެއްވެސް ލަކުޑިއަކަށް އިސްކުރެއް އަދި މޮހޮރެއް ވެސް ޖަހާފައި ނުހުންނާނެ ކަމަށެވެ. އަދި މިސްކިތް ރާވާ ލަކުޑިއަށް މިހާރު ޖަހާފައި ހުންނާނީ ކުރެދިން އިލި ހެދުމަށްފަހު އިލި ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ ރަސްމީކޮށް މިސްކިތް ހުޅުވަން ތާރީހެއް ޖެހޭނީ ކަނޑައަޅަން ކަމަށާއި، މިސްކިތުގެ ރޭވުމާއި ހިޔާކުރުމުގެ ހުރިހާ މަސައްކަތެއް ބުދަ ދުވަހަށް ނިމެނޭ ކަމަށެވެ. އަދި ބުދަ ދުވަހު ތިނބި އަޅާ ނިމުމުން އޭގެ އަނެއް ދުވަހު ހަރުގެ ރޫޅާފައި ވަޅު ބެހެއްޓުމުގެ މަސައްކަތް ފެށޭނެ ކަމަށް ތޯރިގު ވިދާޅުވިއެވެ. މީގެ އިތުރުން ލޭންޑްސްކޭޕިން އާއި މިސްކިތް ހުރި ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ތޯރިގު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު