Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީންގެ މަނީ ލޯންޑަރިންގ މައްސަލަ

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ މިމަހު 28 ވަނަ ދުވަހަށް ތާވަލް ކޮށްފި

މިއީ އިސްތިއުނާފް މައްސަލައިގެ ފުރަތަމަ އަޑުއެހުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 ޖެނުއަރީ 2020 | އަންގާރަ 12:55
ރައީސް ޔާމީން އާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމު ކްރިމިނަލް ކޯޓުގެ ޝަރީއަތު އަޑުއެހުމުގައި

ރައީސް ޔާމީން އާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމު ކްރިމިނަލް ކޯޓުގެ ޝަރީއަތު އަޑުއެހުމުގައި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ހައިކޯޓުގައި ތާވަލްކޮށްފިއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެން އަޑުއެހުން ހައިކޯޓުގައި ތާވަލްކޮށްފައިވަނި މިމަހުގެ 28 ވަނަ ދުވަހަށެވެ. ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލްކޮށްފައިވާކަން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލެއް ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

މިއީ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މި މައްސަލައިގެ ފުރަތަމަ އަޑު އެހުމެވެ. މިމަހުގެ 28 ވަނަ ދުވަހު ރައީސް ޔާމީންގެ މަނީ ލޯންޑަރިންގ މައްސަލައިގެ އަޑުއެހުމެއް ތާވަލް ކޮށްފައިވާއިރު، ކަފާލާތުގެ ދަށުން ދޫކޮށްލާ ދެއްވުމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ ހައިކޯޓުގައި އެދިފައެވެ.

އެހެންކަމުން ހައިކޯޓުގައި ބޭއްވޭ އިސްތިއުނާފު އަޑުއެހުމުގައި އެކަމަށް ގޮތެއް ނިންމުމަކީ އެކަށީގެންވާ ކަމެކެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށް އެދިފައިވާއިރު، ކަފާލާތުގެ ދަށުން ދޫކުރުމުގެ އުޞޫލެއް ރާއްޖޭގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިނުވާ ކަމަށް މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުން ނެވެ.

މިދިއަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގ ކުށް ސާބިތުވާކަމަށް ނިންމައި، 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފަ އެވެ. އަދި އެފައިސާ 6 މަސް ދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ވެސް ކޯޓުގެ ހުކުމުގައި ވެއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކުގައި އޮންނަ އެމަނިކުފާނުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް، އަދި ފަހުން އެފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި 36 މަސް ދުވަސް ވަންދެން އިންވެސްޓްކޮށްފައި ފައިދާ ހޯދާފައިވާތީ، އެފައިސާ ދައުލަތަށް ނަގާ ދިނުމުގެ އަމުރަކަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.

އެނގިފައިވާ ގޮތުގައި، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅުއްވާފައިވަނީ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި 3.4 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައުލަތައް ނެގުމުގެ އަމުރެއް ނެރެދެއްވުމަށެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު