Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތް މިނިސްޓްރީ

ހިމަބިއްސައް ޝައްކުކުރެވޭ 10 މީހެއްގެ ޓެސްޓްތައް ހަދަނީ

ޓެސްޓުތަކުގެ ނަތީޖާ މެންދުރުފަހު ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޖެނުއަރީ 2020 | އަންގާރަ 09:48
ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހުން އައުމާއި، ހުން އައުމުގެ އަލާމަތްތައް ފެނިގެން ހިމަބިހި ނުވަތަ މީސްލްސްއަށް ޕޮޒިޓިވް ވެފައިވޭތޯ ބެލުމަށް 10 މީހެއްގެ ޓެސްޓް ހަދަމުންދާކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ހިމަބިއްސައް ޕޮޒިޓިވް ދެ މީހުންގެ އިތުރުން އަދި އެއްވެސް ކޭސްއެއް ފެނިފައިނުވާ ކަމަށެވެ. ނަމަވެސް ހުން އައުމާ, ހުން އައުމުގެ އަލާމާތްތައް ފެނިގެން މިހާރު 10 މީހެއްގެ ޓެސްޓުތައް ހަދަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ޓެސްޓުގެ ނަތީޖާ މެންދުރުފަހުގެ ވަގުތެއްގައި ލިބޭނެ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު އަމީން ވިދާޅުވީ މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހުރި ހެލްތް ސެންޓަރު ނުވަތަ ހޮސްޕިޓަލްތަކާއި ވާހަކަދެކެވި މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި އެއްވެސް ރަށަކުން އެއްވެސް މިންވަރަކަށް މީގެ އަލާމަތްތަކެއް ފެނޭތޯ ބެލުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، މިހާތަނަށް ބެލިބެލުމުން ރާއްޖޭގެ އެއްވެސް ހިސާބަކުން މީގެ އަލާމާތެއް ފެނިފައެއް ނުވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ވެކްސިން ނުދޭ ފަރާތްތަކަށް އިޝާރާތްކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރުތައް މެދުވެރިކޮށް އެރަށްރަށުގައި އެއްވެސް ގޮތަކަށް ވެކްސިން ނުދީ ހުރި ފަރާތްތަކަށް އަލުން ކަށަވަރުކޮށް ޔަގީން ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވެކްސިން ނުދީ ހުރި ފަރާތްތަކުގެ މައުލޫމާތު ބުދަ ދުވަހުގެ ނިޔަލަށް ލިބޭނެ ކަމަށާއި، އެމައުލޫމާތުގެ އަލީގައި ވެކްސިން ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި

21 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި
10 ފެބުރުއަރީ 2017

ޕީޕީއެމްގެ ފިކުރަކީ އެންމެ މީހެއްގެ ފިކުރެއް ނޫން:ރައީސް ޔާމީން

10 ފެބުރުއަރީ 2017
ޕީޕީއެމްގެ ފިކުރަކީ އެންމެ މީހެއްގެ ފިކުރެއް ނޫން:ރައީސް ޔާމީން
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު