Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ވަޢުދު ފުއްދުމަކީ އެމްޑީޕީއަށް ޚާއްސަ ސިފައެއް: ހަސަން ލަތީފު

14 ޖެނުއަރީ 2020 | އަންގާރަ 03:25

ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީން ވައުދުވާނީ ގިނަ ދިރާސާތަކަކާއި ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޖެނުއަރީ 2020 | އަންގާރަ 03:25
އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފު

އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފު

ވަޢުދު ފުއްދުމަކީ އެމްޑީޕީއަށް ޚާއްސަ ސިފައެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިނަށް އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި، ހއ. ދިއްދޫގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހަސަން ލަތީފު ވަނީ އެވިދާޅުވާ ވިދާޅުވުމުގެ ސަބަބުތައް ދެއްވާފަ އެވެ. އެގޮތުން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީން ވައުދުވާނީ ގިނަ ދިރާސާތަކަކާއި ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު ކަމަށެވެ. އެކަން ދިއްދޫ ރައްޔިތުންނާއި ރާއްޖޭގެ ރައްޔިތުންނަށް އޮޅިފައި ނޯންނާނެ ކަމަށްވެސް ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީން ރަށްރަށަށް އައިސް ރައްޔިތުން ކައިރިން ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން އޮޅުން ފިލުވާކަމަށާއި ވައުދުވަނީ އެކަންކަން ބެލުމަށްފަހު ކަމަށެވެ. އަދި އެވައުދުތައް ހިމަނައިގެން މެނިފެސްޓޯ އެއް ހަދައިގެން ، ކެންޑިޑޭޓްވެސް ގޮވައިގެން އައިސް އެމްޑީޕީން މިބުނަނީ އެކެންޑިޑޭޓް ހޮވައިދީފިނަމަ އެވައުދާ އެއްގޮތަށް މެނިފެސްޓޯގައި ހުރި ކަންކަންކޮށްދޭނެ ކަމަށް އެމްޑީޕީން ބުނަމުން އަންނަކަމަށެވެ.

އެގޮތުގެ މަތިން ރިޔާސީ އިންތިޚާބުގައި އެގޮތަށް ކަންކަން ކޮށްގެން ރައްޔިތުން އެމްޑީޕީން ނެރުނު ކެންޑިޑޭޓަށް ވޯޓުދީ އެކެންޑިޑޭޓް ހޮވިކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަނެއްކާވެސް އެމްޑީޕީން ރައްޔިތުން ކައިރީ ބުނި ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާ ތަންފީޒުކުރައްވާނެ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ހަދަން ޖެހޭ ޤާނޫނުތައް ހެދުމުގެ ބާރު ރައްޔިތުން އެމްޑީޕީއަށް ދިނުމަށްކަމަށެވެ. އެކަންވެސް ރައްޔިތުން ކޮށްދެއްވި ކަމަށާއި މިހާރު ނިކުމެ މިތިބީ ކައުންސިލް އިންތިޚާބަށް ކަމަށާއި މިބުރު ވަށާޖެހެނީ ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވިގެންކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

މިބުރު ވަށާޖެހިގެންދަނީ ރިޔާސީ އިންތިޚާބުން މަޖިލީހުގެ އިންތިޚާބުން އަދި ކައުންސިލް އިންތިޚާބުން ގޮސް ޕާޓީއަށް މެޖޯރިޓީ ލިބި އަދި ޤާނޫނުގައިވާ ގޮތުގެ މަތިން އެލިބިފައިވާ ބާރުތަކާއި އެކީގައި އެކަންކަން ތަންފީޒުކުރެވެން ފެށީމަ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. މިކަން އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބުކުރުމަށްޓަކައި މިމަސައްކަތުގައި އެމްޑީޕީގެ މެމްބަރުންގެ ބައިވެރިވުން ބޭނުންވާ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

މީގެއިތުރުން ހަސަން ލަތީފުގެ ވާހަކަފުޅުގައި ވަނީ ކައުންސިލް އިންތިޚާބާއި ދިމާކޮށް އިދިކޮޅު ޕާޓީތަކުން ދައްކަމުން ގެންދާ ވާހަކަތަކަށްވެސް ރައްދު ދެއްވާފަ އެވެ. އެގޮތުން ލާމަރުކަޒީ އުސޫލުން ކަންކަން ކުރުމުގެ ވާހަކަ އިދިކޮޅު ފަރާތްތަކަށް ނުދެއްކޭނެ ކަމަށާއި އެކަން ކުރުމަށް އެފަރާތްތަކަށް ލިބުނު ފުރުސަތުގައި ކުރެއްވީ އެހެން ކަންކަން ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

މީގެއިތުރުން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީއަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލާނެ ކެންޑިޑޭޓުން ވާނެ ކަމަށެވެ. އެމްޑީޕީން މިކުރަނީ އެޕާޓީ އަބަދުވެސް ދަންނަ މަސައްކަތެއްކަމަށެވެ. އެމްޑީޕީއަށް މިއިންތިޚާބު ކާމިޔާބުކުރެއްވިޖެ ނަމަ ލިބިދީފައި ހުރި ބާރުތަކާއެކީގައި ރާއްޖެ ތަރައްގީވެގެންދާނެ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

06 މެއި 2017

މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!

06 މެއި 2017
މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!
24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
22 އެޕްރީލު 2017

މާފުށިން އެމްޑީޕީއަށް ހޫނު މަރުހަބާ އެއް

22 އެޕްރީލު 2017
މާފުށިން އެމްޑީޕީއަށް ހޫނު މަރުހަބާ އެއް
15 އެޕްރީލު 2017

ގާދިއްފުށިން އެމްޑީޕީއަށް ހޫނު މަރުހަބާއެއް ކިޔައިފި

15 އެޕްރީލު 2017
ގާދިއްފުށިން އެމްޑީޕީއަށް ހޫނު މަރުހަބާއެއް ކިޔައިފި
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް