Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގު އީ-ސިމް

ދިރާގުން އީ-ސިމްގެ ހިދުމަތް ތައާރަފްކޮށްފި

އީ-ސިމްގައި 8 ނަންބަރާ ހަމައަށް ޕްރޮފައިލް ރައްކާކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޖެނުއަރީ 2020 | ހޯމަ 14:17
ދިރާގުން އީ ސިމްގެ ހިދުމަތްތައާރަފްކޮށް ނެރުނު ޕޯސްޓް

ދިރާގުން އީ ސިމްގެ ހިދުމަތްތައާރަފްކޮށް ނެރުނު ޕޯސްޓް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން "އީ-ސިމް" ގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

ހޯމަ ދުވަހު ތަޢާރަފު ކުރެވިގެންދިޔަ އީ-ސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަޤުބަލަކަށް ވާސިލް ވުމަށް އިތުރު ބާރަކަށްވެ، މޮބައިލް ކަނެކްޝަންތައް މެނޭޖް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

އީ-ސިމް އަކީ ޑިޖިޓަލް ސިމަކަށް ވުމުން އީސިމް ސަޕޯރޓްކުރާފޯނުތަކުގައި، އާދައިގެ ސިމް އަކާއެކު، ކޮންމެވެސް އެއް އީސީމް ޕްރޮފައިލްއެއް އެއްވަގުތެއްގައި ބޭނުންކުރެވޭނެއެވެ. އެހެންކަމުން، އޮފީސް އަދި އަމިއްލަ ނަންބަރު ގެންގުޅުއްވާ ފަރާތްތަކަށް ދެ ނަންބަރު ބޭނުންކުރެއްވުން ފަދަ ލުއިފަސޭހަތައް މި ޙިދުމަތުގެ ސަބަބުން ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން، އީ-ސިމްގައި 8 ނަންބަރާ ހަމައަށް ޕްރޮފައިލް ރައްކާކުރެވެއެވެ. މިއީ ރާއްޖޭން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ސިމް މެނޭޖްކުރެއްވޭނެ ޚިދުމަތަކަށް ވެގެން ދާނެ ކަމެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު އީ-ސިމް އެކްޓިވޭޓް ކުރެއްވުމަށް ފަސޭހަކަމާއެކު ދިރާގު އެޕް މެދުވެރިކޮށް ދިރާގު ސިމެއް ލިބޭ އަގުގައި (30 ރުފިޔާ) ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭނެއެވެ. އީ-ސިމްގެ ޚިދުމަތް ބޭނުންކުރެވޭނީ އީ-ސިމް ކޮމްޕެޓިބަލް ނުވަތަ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ ފަހުގެ ފޯނުތަކުގައިއެވެ. އެގޮތުން އީސިމް ސްޕޯރޓްކުރާ އެއްމެ މަޤްބޫލު ސަމާރޓްފޯނުތަކުގައި ދިރާގު އީސިމް ސަޕޯރޓް ކުރާނެއެވެ.

އެޕަލް ޕްރޮޑަކްޓްސްގެ ތެރެއިން އީ-ސިމް ސްޕޯޓް ކުރަނީ އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އައިފޯން އެކްސް އާރް، އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސްގައެވެ. އެންޑްރޮއިޑްގެ ތެރެއިން އީ-ސިމް ސަޕޯޓް ކުރަނީ ގޫގުލް ޕިކްސެލް 3 ކުން ފެށިގެން ފަހުގެ ފޯނުތަކަށެވެ.

ދިރާގަކީ ދުނިޔެއަށް އަލަށް ތައާރަފު ކުރާ އައު ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޚިދުމަތްތައް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކުންފުންޔެކެވެ. އަދި ދިރާގުގެ އަމާޒަކީ ދިވެހިރާއްޖެއަށާއި ދިވެހި މުޖުތަމަޢަށް ޑިޖިޓަލް މުވާސަލާތީ ޚިދުމަތްތައް މެދުވެރިކޮށް "ޑިޖިޓަލް ރާއްޖެ" އަކަށް މި ޤައުމު ވާސިލުކޮށްދިނުމެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

އިސްލާމީ ޝަރީޢާއާ އެއްގޮތް ގަނެވިއްކުމުގެ ފައިނޭންސް ސްކީމެއް އެލިއާއިން ތައާރަފްކޮށްފި

22 މެއި 2017
އިސްލާމީ ޝަރީޢާއާ އެއްގޮތް ގަނެވިއްކުމުގެ ފައިނޭންސް ސްކީމެއް އެލިއާއިން ތައާރަފްކޮށްފި
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
06 އެޕްރީލު 2017

އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި

06 އެޕްރީލު 2017
އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު