Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނުގެ ނިއުކްލިއަރ އެއްބަސްވުން

އީރާނުގެ ނިއުކްލިއަރ އެއްބަސްވުމަށް އިހުތިރާމުކުުރުމަށް ހުޅަނގުގެ ޤައުމުތަކުން ގޮވާލައިފި

13 ޖެނުއަރީ 2020 | ހޯމަ 12:36

އީރާނުން ނިއްކްލިއަރ ޕްރޮގުރާމާއި ބެހޭ އެއްބަސްވުމަކަށް އައީ 2015 ވަނަ އަަހަރު

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 13 ޖެނުއަރީ 2020 | ހޯމަ 12:36
އިރާން ނިއުކްލިއަރ އެއްބަސްވުމުގެ ބައިވެރިންގެ މަޝްވަރާގެ ތެރެއިން

އިރާން ނިއުކްލިއަރ އެއްބަސްވުމުގެ ބައިވެރިންގެ މަޝްވަރާގެ ތެރެއިން

އީރާނުގެ ނިއްކްލިއަރ ޕްރޮގުރާމާއި ގުޅޭ ގޮތުން ދުނިޔޭގެ ނުފޫޒު ގަދަ ޤައުމުތަކާއެކު، 2015 އަހަރު ވެފައިވާ އެއްބަސްވުމަކަށް ފުރިހަމަޔަށް އިހުތިރާމުކުުރުމަށް ހުޅަނގުގެ ޤައުމުތަކުން އިރާނަށް ގޮވާލައިފިއެވެ.

އިރާނާއެކު ވެފައިވާ އެއްބަސްވުމުގެ ތިން ބައިވެރިން ކަމަށްވާ ފަރަންސޭސި ވިލާތާއި، ޖަރުމަން ވިލާތާއި، އިނގިރޭސި ވިލާތުން މިކަމަށް ގޮވާލާ ޢާންމު ކުރި ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ނުވަތަ އިރާނުން ކުރާނެކަމަށް އެއްބަސްވެފައިވާ ނިއްކުލިއަރ މަސައްކަތްތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެއްބަސްވުމާއި ޚިލާފަށް 2019 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އިރާނުން ބައެއް ޢަމަލުތައް ހިންގަމުންދާކަމަށް ބުނެ، އެޤައުމުތަކުން ވަނީ ކަންބޮޑުވާކަން ފާޅުކޮށްފައެވެެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު އީރާނުން އޮޅިގެން ދިންކަމަށް ބުނާ ޙަމަލާއެއްގައި ޔޫކްރެއިންގެ ވައިގެ އުޅަނދެއް ވެއްޓި ގިނަ ބައެއްގެ ފުރާނަ ގެއްލިގެން ދިއުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. މި ޙަމަލާއާއި ގުޅޭ ގޮތުން މި ތިން ޤައުމުންވެސް ވަނީ ސަލާމަތީ ކަންކަމާމެދު ވިސްނުން އެއްގޮތްކަން ފާހަގަކޮށް، އީރާނުން މީގެ ފަހުން ނިއްކްލިއަރ އެެއްވެސް ހަތިޔާރެއް ތަރައްޤީނުކުރާނެކަމުގެ ޔަޤީންކަން ދިނުމަށް ގޮވާލާފައެވެ. އަދި އީރާނުން އެއްބަސްވުމާއި ޚިލާފުވާނަމަ، ޞަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޤައުމުތަކުންވެސް ވިސްނާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އީރާނުން ޞަރަޙައްދުގެ ޞުލްޙަ މަސަލަސްކަމަށް ވިސްނާ، ޑިޕްލޮމަސީގެ ހަމަތަކުގެ މަތިން، މަޢުނަވީ ގޮތެއްގައި ކަންކަން ނިންމުމަށް ބާރުއެޅުމަށް، އީރާނު ނިއުކްލިއަރ އެއްބަސްވުމުގައި ބައިވެރިވި އެހެން ޤައުމުތަކަށާއި، ވިލާތު އިއްތިހާދަށްވެސް ގޮވާލާފައެވެ.

އެމެރިކާ އާއި އިތުރު ހަތް ގައުމަކުން އިރާން އާއި އެކު 2015 ވަނަ އަހަރު ހަދާފައިވާ ނިއުކުލިއަރ އެއްބަސްވުމަކީ އިރާނުގެ ނިއުކްލިއަރ ޕްރޮގުރާމު ކޮންޓްރޯލް ކުރުމުގެ ގޮތުން އެކުލަވާފައިވާ އެއްބަސްވުމެކެވެ. އެހެންނަމަވެސް 2018 ވަނަ އަހަރު އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕަ ވަނީ އެއްބަސްވުމުން ވަކިވެފައެވެ.

ވިލާތު އިއްތިޙާދު މެދުވެރިވެ އެކުލަވާލި މި އެއްބަސްވުމުގައި ހިމެނޭ ޤައުމުތަކަކީ ފަރަންސޭސި ވިލާތާއި، ޖަރުމަން ވިލާތާއި، އިނގިރޭސި ވިލާތާއި، ރަޝިޔާގެ އިތުރުން ޗައިނާއެވެ. 2015 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 18 ވަނަ ދުވަހު އެކުލަވާލި މިއެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2017

އީރާނުގެ ޚާރިޖީ ވަޒީރު ޤަތަރުގެ އަމީރާ ދޯހާގައި ބައްދަލުކުރައްވައިފި

04 އޮކްޓޯބަރު 2017
އީރާނުގެ ޚާރިޖީ ވަޒީރު ޤަތަރުގެ އަމީރާ ދޯހާގައި ބައްދަލުކުރައްވައިފި
04 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި

04 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި
03 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި

03 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި
29 ޖޫން 2017

އެމެރިކާއިން އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ޚޮޝްރޫ

29 ޖޫން 2017
އެމެރިކާއިން އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ޚޮޝްރޫ
24 ޖޫން 2017

އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

24 ޖޫން 2017
އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި
07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
31 މެއި 2017

މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް

31 މެއި 2017
މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
18 މެއި 2017

ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި

18 މެއި 2017
ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް