Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް/ އެމްޑީޕީގެ ޕްރައިމަރީ

ޕްރައިމަރީތަކާ ދިމާކޮށް، އެމްޑީޕީއަށް މެންބަރުން ވެއްދުމުގައި އުޅެނީވެސް ވާދަވެރިން!

ރައްޔިތުންގެ މަޖިލީހާއި ކައުންސިލް އިންތިހާބުތަކުގައި އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ، އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް އެހެން ޕާޓީތަކުން ގިނަ ބަޔަކު އެމްޑީޕީއަށް ވައްދަމުންދޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2020 | ހޯމަ 12:00
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސާފު މެޖޯރިޓީ އެމްޑީޕީން ހޯދުމާއި ގުޅިގެން އެޕާޓީގެ އެންމެ އިސް ދެ ލީޑަރުން އުފާފާޅު ކުރައްވަނީ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސާފު މެޖޯރިޓީ އެމްޑީޕީން ހޯދުމާއި ގުޅިގެން އެޕާޓީގެ އެންމެ އިސް ދެ ލީޑަރުން އުފާފާޅު ކުރައްވަނީ

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން، އެންމެ ރަނގަޅަށް ހިންގާ ޕާޓީއަކީ ސަރުކާރު ހިންގާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީ އޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެއީ ރައްޔިތުންގެ ފޮނި އުއްމީދުތައް ގުޅިފައިވާ އަދި ކަންކަން ކުރަން ދަންނަ ސިޔާސީ ޕާޓީއެކެވެ. އެހެން ޕާޓީތަކާއި އެމްޑީޕީއާ ތަފާތުވާ މައިގަނޑު ސަބަބަކީވެސް އެއީ އެވެ. ރައްޔިތުންގެ ބޮޑު ސަޕޯޓެއް ލިބެނީވެސް އެހެންވެގެން ނެވެ.

މިހާރު މީޑިއާތަކުގެ ފެންމަތިވެގެން އުޅޭ، އެމްޑީޕީގެ ދަފްތަރުގައި އެހެން ސިޔާސީ ޕާޓީތަކަށް ނިޞްބަތްވާ ބޭފުޅުންނާއި މެންބަރުން ހިމެނިފައިވާ މައްސަލައަކީ، އެއީ ހަމައެކަނި މިއަދަކު ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. އެ މައްސަލައަކީ އެމްޑީޕީން އެ ޕާޓީގެ އެތެރޭގައި ބާއްވާ ކޮންމެ ޕްރައިމަރީއަކާ ދިމާކޮށް ހިނގާ ކަމެކެވެ. އޭގައި ދެ ސަބަބެއް އެބައޮތެވެ. ނަމަވެސް މައިގަނޑު ސަބަބަކީ އެމްޑީޕީގެ ޕްރައިމަރީތައް ވާދަވެރިވެފައި، އިދިކޮޅު ޕާޓީތަކުން ވެސް އޭގެން ފައިދާ ހޯދަން މަސައްކަތް ކުރުމެވެ.

އެމްޑީޕީގެ މެންބަރުންގެ ދަފްތަރުގައި އެހެން ސިޔާސީ ޕާޓީތަކަށް ނިޞްބަތްވާ މީހުންގެ ނަންތައް، އެމީހުންނަށް ނޭނގި އޮންނަ ފުރަތަމަ ސަބަބަކީ، އެމްޑީޕީގެ އެތެރޭގައި ބާއްވާ ޕްރައިމަރީގެ ވާދަވެރިކަމެވެ. އެކަން އެންމެ ބޮޑަށް އޮންނަނީ އެމްޑީޕީގެ އެތެރޭގައި މަޤާމުތަކަށް އިންތިޚާބު ކުރުމަށް ބާއްވާ ޕްރައިމަރީތަކަށް ވުރެ ބޮޑަށް، އިލެކްޝަންސް ކޮމިޝަނުން ބާއްވާ ޢާންމު އިންތިޚާބުތަކާ ގުޅިގެން ބާއްވާ އެމްޑީޕީގެ ޕްރައިމަރީތަކާ ދިމާކޮށެވެ. އެގޮތުން، އެ ޕްރައިމަރީ ކާމިޔާބު ކުރުމަށް ކެންޑިޑޭޓުން އެކި ގޮތްގޮތަށް ހިސާބުތައް ޖަހައެވެ. އަދި ހިސާބުތައް ޖަހަމުންދާއިރު، ވަކިމީހަކަށް ޕްރައިމަރީ ކާމިޔާބުވާން އޮތީ ޕާޓީއަށް އިތުރު މެންބަރުން ކޮޅެއް ވައްދައިގެން ކަމަށްވާނަމަ، އެބަޔަކު އެކަން ކުރެއެވެ. އެގޮތުން އެ ދާއިރާއަކަށް ނިޞްބަތްވާ މީސްމީހުންގެ އައިޑީކާޑު ކޮޕީ ހޯދައި، އެމީސްމީހުންގެ ނަމުގައި އެމްޑީޕީގެ މެމްބަރޝިޕްގެ ފޯމު ފުރާފައި އެމްޑީޕީގެ އޮފީހަށް ހުށަހަޅަ އެވެ.

އަނެއް ސަބަބަކީ، އިދިކޮޅު ސިޔާސީ ޕާޓީތަކުން އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބުވާން އޮތީ، އެމްޑީޕީގެ ޕްރައިމަރީން މިވެނި ކެންޑިޑޭޓެއް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކޮށްގެން ކަމަށް، ނުވަތަ އެވެނި ކެންޑިޑޭޓެއް އެމްޑީޕީގެ ޕްރައިމަރީން ފެއިލްކޮށް، އޭނާ އެދާރާގެ ޢާންމު އިންތިޚާބުގައި ވާދަ ނުކުރާނަމަ ކަމަށް ޤަބޫލު ކުރެވި، އިދިކޮޅު ކެންޑިޑޭޓްގެ މަޞްލަޙަތައް މަސައްކަތް ކުރާ ހިސާބުން ނެވެ. މިދެންނެވި، އިދިކޮޅު ކެންޑިޑޭޓުން އެމްޑީޕީގެ ޕްރައިމަރީއަށް ވަރަށް ނުފޫޒު ފޯރުވައެވެ. އިދިކޮޅު ސިޔާސީ ޕާޓީގެ ކެނޑިޑޭޓް ބޭނުންވާ މީހާ އެމްޑީޕީގެ ޕްރައިމަރީން "ކަޓުވާލުމާއި" އޭނާ ބޭނުންވާ މީހާ އެމްޑީޕީގެ ޕްރައިމަރީން ކާމިޔާބުވާން އަންނަނީ، އެމްޑީޕީގެ ޕްރައިމަރީގައި އެދާއިރާއަށް 300 މެންބަރުން އިތުރު ކޮށްގެން ކަމަށްވާނަމަ ވެސް އެކަން ކޮށްލުމަކީ، އެހާ އުނދަގޫ ކަމަކަށް ނުވެއެވެ. އޭނާ ނިޞްބަތްވާ ޕާޓީގެ މެންބަރުންގެ ނަންނަމުގައި ނަމަވެސް އެމްޑީޕީ އޮފީހަށް ފޯމުތައް ހުށަހަޅައިގެން، އޭނާ ބޭނުންވާ މީހާ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެވެނިކޮށް އޭނާއަށް އެނިމުނީ އެވެ.

އެހެންވީމާ އެމްޑީޕީން ބާއްވާ ޕްރައިމަރީއާ ދިމާކޮށް، އެމްޑީޕީގެ މެންބަރުންގެ ދަފްތަރުގައި އެއީ ލަޠީފް ކަމަށްވިޔަސް، ޚަލީލުކަމަށް ވިޔަސް، އަދި ކީއްތޯއެވެ. އެއީ ޔާމީނު ކަމަށްވިޔަސް އެ ފަރާތްތަކުގެ ނަން އޮތުމަކީ ހަމަ ވެދާނެ ކަމެކެވެ. އެއީ އެމްޑީޕީގެ އޮފީހުން އެތާނގެ އިދާރީ މުވައްޒަފުން ކުރާކަމެއް ނޫނެވެ.

އާޚިރުގައި، އެމްޑީޕީގެ ޕްރައިމަރީން އިދިކޮޅު ކެންޑިޑޭޓް ބޭނުންވާ މީހާ ފެއިލްކޮށްލުވުނު ނަމަވެސް، ގިނަ ފަހަރު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރާ ކެންޑުޑޭޓް ވެގެންދަނީ އިލެކްޝަންސް ކޮމިޝަނުން ބާއްވާ ޢާންމު އިންތިޚާބުގައި ކާމިޔާބު ހޯއްދަވާ ފަރާތަށެވެ. އިދިކޮޅުން އެކި "ފޯމޭޝަންތައް" ބޭނުންކޮށްގެން ކުޅެން އުޅުނު ނަމަވެސް އިންތިޚާބުތަކުގައި އެމްޑީޕީން ގެންގުޅޭ ކެމްޕެއިން "ފޯމޭޝަން" މާވަރުގަދަ ވެފައި، ކާމިޔާބެވެ. އެމްޑީޕީއާއި އިދިކޮޅު ޕާޓީތަކާ ހުރި ތަފާތަކީވެސް އެއީއެވެ. މިފެންނަނީ ކަންކަން ކުރަން އެނގިގެން ކުރުމާއި، ކަންކަން ކުރަން ނޭނގި ކަންކަން ކުރަން އުޅުމުގެ ތަފާތެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރޯދަމަހާ ދިމާކޮށް އިންޑިއާގައި ''ރޫހް އަފްޒާ' ލިބުން ދަތިވެގެން އުޅެނީ ކީއްވެ؟

ރޯދަމަހާ ދިމާކޮށް އިންޑިއާގައި ''ރޫހް އަފްޒާ' ލިބުން ދަތިވެގެން އުޅެނީ ކީއްވެ؟

11 މެއި 2019
ރޯދަމަހާ ދިމާކޮށް ފިހާރަތަކަށް ބާރުބޮޑު!

ރޯދަމަހާ ދިމާކޮށް ފިހާރަތަކަށް ބާރުބޮޑު!

06 މެއި 2019
މަދުވަނީ އެންމެ މެމްބަރެއް، 66 ހަމަވުމުން އެމްޑީޕީއަށް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ

މަދުވަނީ އެންމެ މެމްބަރެއް، 66 ހަމަވުމުން އެމްޑީޕީއަށް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ

14 އެޕްރީލު 2019
އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ދެވަނަ ބަޣާވާތެއް ކޮށްފާނެތަ؟

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ދެވަނަ ބަޣާވާތެއް ކޮށްފާނެތަ؟

13 މާރިޗު 2019
އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މެންބަރުން އެނގެންޖެހޭ!

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މެންބަރުން އެނގެންޖެހޭ!

12 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު