Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން/ ތައުލީމީ ބިލް

ތައުލީމީ ބިލްގައި ސްކޫލްތައް އެއްދަންފަޅިއަށް ކިޔަވައިދިނުމާއި ވަށާޖެހޭ ތައުލީމު ހިމަނާނަން: އެޑިއުކޭޝަން

13 ޖެނުއަރީ 2020 | ހޯމަ 08:00

ވަށާޖެހޭ ތައުލީމު ފެއްޓެވީ ރައީސް ނަޝީދު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 ޖެނުއަރީ 2020 | ހޯމަ 08:00
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ

ރާއްޖޭގެ ސްކޫލްތަކުގައި އެއްދަންފަޅިއަށް ކިޔަވާދިނުމާއި، ވަށާޖެހޭ ތައުލީމް ދަރިވަރުންނަށް ފޯރުކޮށްދިނުމަށްޓަކައި، ކުރަންޖެހޭ ކަންކަން ކުރުމަށް، ގާނޫނެއްގައި އެކަންކަން ބަޔާން ކުރެވިގެން، ކުރަންޖެހޭގޮތަށް ހަދަން ސަރުކާރުން މަސައްކަން ކުރަމުން އެބަދެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން އާދިއްތަ ދުވަހު ފެށިފައިވާތީއާއި، ތައުލީމާ ގުޅޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވީ، އެއްދަންފަޅިއަށް ސްކޫލްތަށް ބަދަލުކުރަނީ ކޮންމެހެން ނަމަކަށް އެކަން ކުރަން ނޫން ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު މިހެން ވިދާޅުވީ، އެކިއެކި ސަރުކާރުތަކުން ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާތީއާއި ސްކޫލްތައް ހިންގުމުގައި ވެސް ސަރުކާރަކުން އެއްދަންފަޅިއަށް ސްކޫލްތަކުގެ ކިޔެވުން ބަދަލުކުރުމުން، ދެން އަންނަ ސަރުކާރުން އެކަން އެހެން ގޮތަކަށް ބަދަލު ކުރަމުންދާތީ، އެކަމުގެ ސަބަބުން، ތައުލީމީ ދާއިރާއަށާއި ދަރިވަރުންނަށް އަދި ފައިސާގެ ބޮޑެތި އަދަދުތަކެއް ބޭކާރުކޮށް، ހަމައެއް ލަމައެއް ނެތި، ދައުލަތުގެ ފައިސާތައް ހަރަދު ކުރަމުންދާތީ އެކަމާމެދު ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެންނެވެ.

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ، އެއްދަންފަޅިއަށް ސްކޫލްތައް ބަދަލު ކުރުމަކީ ވަރަށް ހަރަދު ބޮޑު ކަމެއްކަމަށާއި ނަމަވެސް ދަރިވަރުންނަށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމަށް ސްކޫލްތައް އެއްދަންފަޅިއަށް ބަދަލު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އެގޮތުން، ރައީސުޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާފައިވަނީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކޮށް ދަރިވަރުންނަށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ނިމިދިއަ އަހަރު 22 ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކޮށްފައިވާއިރު، މިއަހަރު ވެސް 22 ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކޮށް ޖުމްލަ 44 ސްކޫލެއްގައި ވަށާޖެހޭ ތައުލީމު ދޭން ފަށާފައިވާ ކަމަށެވެ.

ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، އެއްދަންފަޅިއަށް ސްކޫލްތަކުގެ ކިޔެވުން ބަދަލުކޮށް، ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށްފަހު، ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެއްދަންފަޅިއަށް ސްކޫލްތަކުގެ ކިޔަވަމުންދިޔަ، ވަށާޖެހޭ ތައުލީމީ ނިޒާމު ނިމުމަކަށް ގެނެސް، އަލުން ސްކޫލްތަކުގައި ދެ ދަންފަޅީގައި ކިޔަވާދޭން ފަށާފަ އެވެ.

ނަމަވެސް ރައީސް ސޯލިހުގެ މި ސަރުކާރުން މިވަނީ ވަށާޖެހޭ ތައުލީމީ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް އަލުން ފަށާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި

02 އެޕްރީލު 2017
ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި
27 މާރިޗު 2017

ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި

27 މާރިޗު 2017
ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި
26 މާރިޗު 2017

އެޗްވަންއެންވަންގެ ބިރު: ސްކޫލްތައް ހުޅުވިޔަސް ހާޒިރީ ވަރަށް ދަށް!

26 މާރިޗު 2017
އެޗްވަންއެންވަންގެ ބިރު: ސްކޫލްތައް ހުޅުވިޔަސް ހާޒިރީ ވަރަށް ދަށް!
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
16 މާރިޗު 2017

ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!

16 މާރިޗު 2017
ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!
14 މާރިޗު 2017

ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!

14 މާރިޗު 2017
ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!
14 މާރިޗު 2017

ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު

14 މާރިޗު 2017
ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް