Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނައިގަރ

ނައިގަރގެ އަސްކަރީ ބޭސްއަކަށް ދިން ހަމަލާއެއްގައި 89 މަރު!

13 ޖެނުއަރީ 2020 | ހޯމަ 08:03

ޑިސެމްބަރު މަހު ނައިގަރގެ އަސްކަރީ ބާރުތަކާއި ދެކޮޅަށް އައިއެސްއައިއެލް އާއި ގުޅުން ހުރި ގްރޫޕަކުން ކުރި ރެއިޑެއްގައި 71 ސިފައިން މަރުވެފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 13 ޖެނުއަރީ 2020 | ހޯމަ 08:03
ނައިގަރގެ އަސްކަރިއްޔާގެ މެމްބަރެއް

ނައިގަރގެ އަސްކަރިއްޔާގެ މެމްބަރެއް

ނައިގަރގެ އަސްކަރީ ބޭސްއަކަށް ދިން ހަމަލާއެއްގައި 89 މީހުން މަރުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ދިން މި ހަމަލާގައި 89 ސިފައިން މަރުވިއިރު, ޑިސެމްބަރު މަހު ނައިގަރގެ އަސްކަރީ ބާރުތަކާއި ދެކޮޅަށް އައިއެސްއައިއެލް އާއި ގުޅުން ހުރި ގްރޫޕަކުން ކުރި ރެއިޑެއްގައި 71 ސިފައިން މަރުވެފައިވެއެވެ.

ހަތަރު ސެކުއިރިޓީ އޮފިސަރުންނާއި ހަވާލާދީ ރޮއިޓަރޒްގައި ރިޕޯޓުކޮށްފައިވާގޮތުން މަރުވި 89 ސިފައިންގެ ހަށިގަނޑުތައް ނައިގަރގެ ވެރިރަށް ނިއާމޭގައި ހޮނިހިރު ދުވަހު ވަނީ ވަޅުލާފައެވެ.

ހަމަލާދިން ދުވަހު، މަރުވި މީހުންގެ ހަށިގަނޑުތައް މާގިނައިރުތަކެއް ނުވެ، ވަޅުލުމާއި ގުޅިގެން މަރުވި ސިފައިންގެ އަދަދު އެއަށް ވުރެ ވެސް މަތިވާނެ ކަމަށް ޚަބަރުތަކުން ބުނެއެވެ. އެގޮތުން މަރުވި މީހުންގެ އަދަދު ކަށަވަރުކުރުމަށް ފަހު އެ އަދަދު ގައުމީ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށްފަހު ހާމަކުރައްވާނެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރ އިސޯފޫ ކަޓަމްބޭ ވިދާޅުވެފައިވެއެވެ.

89 މީހުން މަރުވި މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައިނުވާއިރު މި ހަމަލާތަކުން ދިފާއުވުމަށް މުޅުން އާ ގްރޫޕެއް އުފެއްދުމަށް ހަމަޖެހިފައިވާކަމަށް ކަޓަމްބޭ ވަނީ ވިދާޅުވެފައެވެ. ހަމަލާދީފައިވަނީ ސެކިއުރިޓީ ބާރުތައް ކުޑަ ސަރަހައްދަކަށް ކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.

ފާއިތުވި އަހަރު ނައިގަރއަށް ދެމުންދާ ހަމަލާތައް ވަނީ އިތުރުވެފައިއެވެ. މިހެން ދިން ހަމަލާތަކުގައި ޖުމްލަ 400 މީހަކު މަރުވެފައިވެއެވެ. އާމްޑް ކޮންފްލިކްޓް ލޮކޭޝަން އަދި އިވެންޓު ޑޭޓާ ޕްރޮޖެކްޓު އޯރގަނައިޒޭޝަން އަކުން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި 400 މީހަކު މަރުވެފައިވާއިރު އަލްގައިދާ އަދި އައިއެސްއައިއެލް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުން ދޭ ހަމަލާތަކުން ދިފާއު ވުމަށް ވަނީ ނާކާމިޔާބުވެފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް