Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސުނާމީ ކާރިސާ

ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

ސުނާމީ ކާރިސާގައި ކަނދޮޅުދޫއިން ތިން މީހަކު ނިޔާވެފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2017 | އަންގާރަ 14:29
ސުނާމީ ކާރިސާގައި ކަނދޮޅުދޫ ރައްޔިތުންނަށް އެހީތެރިވެދިން ފަރާތްތަކާއެެކު، އެރަށުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް

ސުނާމީ ކާރިސާގައި ކަނދޮޅުދޫ ރައްޔިތުންނަށް އެހީތެރިވެދިން ފަރާތްތަކާއެެކު، އެރަށުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް

ދިވެހިރާއްޖެއަށް މިހާތަނަށް ދިމާވި އެންމެ ހިތާމަވެރި ހާދިސާ ކަމަށްވާ ސުނާމީ ހާދިސާއަށް މިއަދަށް 13 އަހަރު ވީއިރު އެހާދިސާއާއި ގުޅިގެން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއްރަށަކީ ރ. ކަނދޮޅުދޫ އެވެ.

ކަނދޮޅުދޫ ރައްޔިތުންނަށް އެ ހާދިސާގައި ލިބުނު ގެއްލުންތަކާއި ގުޅިގެން ސުނާމީއަށް ފަހު އެރަށުގެ ރައްޔިތުންނަށް ޖެހިފައިވަނީ އެރަށް ދޫކޮށް ދާށެވެ. ސުނާމީ އާއެކު މުޅި ރަށް ވަނީ "ދޮވެލާފަ" އެވެ. މިހާދިސާގައި އެރަށު ތިން މީހަކު ވަނީ ނިޔާވެފަ އެވެ.

ސުނާމީއަށް ފަހު ކަނދޮޅުދޫ ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދީފައިވަނީ އެ އަތޮޅުގެ ކައިރި ރަށްރަށުންނެވެ. ކަނދޮޅުދޫ ރައްޔިތުން ވަގުތީ ގޮތުން އެކި ރަށްރަށުގައި ދިރިއުޅުނު ނަމަވެސް މީގެ ނުވަ އަހަރު ކުރިން ކަނދޮޅުދޫ ރައްޔިތުންނަށް ހާއްސަކޮށް އެ އަތޮޅުގައިއޮތް ފަޅު ރަށެއް ކަމަށްވާ ރ. ދުވާފަރު ތަރައްގީ ކުރުމުގެ މަޝްރޫއު ބޭރުގެ ފަރާތްތަކުގެ އެހީއާއެކު ސަރުކާރުން ކުރުމުގެ ނަތީޖާއަކީ މިއަދު ކަނދޮޅުދޫ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ހިންހަމަ ޖެހުމެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ނުލިބޭ ފެނުގެ ޚިދްމަތް ވަނީ ގޭގެއަށް ލިބިފައެވެ. 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ލިބެމުންދާއިރު، މަގުތައް ރަނގަޅު ފެންވަރަކަށް ހަދަމުންދާއިރު މަގުތަކުގައި ތާރު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.

ރަށުގައި އުފެދޭ ކުނި ނައްތާލުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ވަނީ ގާއިމު ކޮށްފަ އެވެ. އިތުރު ފެން ޕްލާންޓެއް ހަދާ ފުޅީގައި ފެން ބަންދު ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވެސް ދަނީ ވަމުންނެވެ.

ޒަމާނުއްސުރެ ކަނދޮޅުދޫއަކީ މަސްވެރި ރަށެއްކަމުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތަށް އައިސް ޕްލާންޓެއް ވެސް ވަނީ ގާއިމު ކޮށްފަ އެވެ. ދުވާފަރުގައި ހިންގާފައިވާ އަދި ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން މަގު ހެދުމުގެ މަޝްރޫއު ފިޔަވާ ހުރިހާ މަޝްރޫއެއް ހިންގަމުން ދަނީ މާލެ ޥޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީންނެވެ.

ސުނާމީ ކާރިސާއަށް މިއަދަށް 13 އަހަރުފުރި ދުވާފަރުގައި ކަނދޮޅުދޫ މީހުން އާބާދުވިތާ ނުވަ އަހަރު ފަހުން އެރަށު ރައްޔިތުން މިވަނީ ހިންދެމިލާފަ އެވެ. ނަމަވެސް ބައެއް ގޮންޖެހުންތައް ވެސް އެބަހުއްޓެވެ. އެގޮތުން އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. 5000 އަށް ވުރެ ބޮޑު އާބާދީއެއް އޮތް އެރަށަށް ބޭނުންވާ ވަރަށް އަދިވެސް ބޯހިޔާވަހިކަން ނުލިބޭކަމުގެ ކަންބޮޑުވުންތައް ހުރި ނަމަވެސް އެރަށު ރައްޔިތުން ތިބީ އެކަން ވެސް ވީހާވެސް އަވަހަކަށް ހަމަޖެހޭނެ ކަމުގެ އުއްމީދުގަ އެވެ.

ސުނާމީ ކާރިސާއަށް 13 އަހަރު ފުރުމާއި ރާއްޖޭގައި ފާހަގަ ކުރާ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށާއި ހާއްސަކޮށް ސުނާމީ ކާރިސާގައި ކަނދޮޅުދޫ ރައްޔިތުންނަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގު ވަޒަން ކުރުމާއި ޝުކުރު ދެއްނެވުމަށް ވަނީ ހާއްސަ ހަފްލާއެއް ބާއްވައި ފަރިވަޅެއް ދީފަ އެވެ. އަދި އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ވެސް ވަނީ ނުވަ ފަރާތަކަށް ދީފަ އެވެ. ދުވާފަރުގައި އެ ހަރަކާތްތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ އެރަށު ހީވާގި މަސްވެރިންނެވެ. ދުވާފަރު މަސްވެރިންގެ ގުޅުމުން އިސްނަގައިގެން ހިންގި އެ ހަރަކާތުގައި އެރަށުގެ އެހެން ޖަމްއިއްޔާތަކާއި އެރަށުގެ ޒުވާނުން އަދި ކުދިބޮޑު އެންމެން ވަރަށް ހީވާގި ކަމާއެކު ބައިވެރިވެފައި ވެއެވެ.

ސުނާމީ ކާރިސާގައި ކަނދޮޅުދޫ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް އެރަށު ރައްޔިތުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި ހާއްސަ ގޮތެއްގައި އެ އަތޮޅު މަޑުއްވަރީ އާއި މީދޫ އާއި އުނގޫފާރާއި ހުޅުދުއްފާރު އަދި އަލިފުށި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ކަނދޮޅުދޫ ރައްޔިތުން ވަނީ ފާހަގަކޮށްފަ އެވެ. އަދި މީގެ އިތުރުން އިންޓަރނޭޝަނަލް ރެޑްކްރޮސް އެންޑް ރެޑްކްރެސެންޓަށާއި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އިތުރުން އެކަތިގަނޑު ޖަމްއިއްޔާ އާއި ރ. އޮތޮޅު ކައުންސިލު އިދާރާ އަށް ވެސް ދުވާފަރުގައި ދިރިއުޅޭ ކަނދޮޅުދޫ ރައްޔިތުން ވަނީ ޝުކުރު އަދާކޮށް، ހަނދާނީ ފިލާ ދީފައެވެ. .

ތާރީހީ ފަތްފުއްތަކުން ފެންނަ ދުވާފަރު ދަންޑެހެލަކީ މާވަރުގަދަ ފަހުލަވާނެކެވެ. ގައުމީ ބަޠޮލެކެވެ. ދުވާފަރުގައި ކުރިން މީހުން އާބާދުވެފައިވާ ކަމުގެ ހެކިތައް އެރަށުގައި ހުރި ކަމަށް ވެއެވެ. ނަމަވެސް ކަނދޮޅުދޫ ރައްޔިތުން އެރަށަށް ބަދަލު ކުރުމަށް، އެރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިއިރު އެއީ ގަސްބޯކޮށް ހެދިފައިވާ ފަޅު ރަށެކެވެ. މިއަދު ދުވާފަރު ރައްޔިތުން އަދި ހާއްސަކޮށް ދުވާފަރު މަސްވެރިން އެދައްކައިދިނީ އެމީހުންނަކީ ވެސް ދަންޑެހެލުން ކަމެވެ. މިއަދުގެ ދަންޑެހެލުންގެ ބޯމަތީ ކުނބު ނޭނބުރި ނަމަވެސް ބޯމަތިން ދޮށި ހޫރުވި ދުވާފަރުގެ މަސްވެރިންނަކީ ވެސް ދަންޑެހެލުންނެވެ. ދުވާފަރަކީ ނަމޫނާ ރަށެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު