Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޝަރީޒް މިނިސްޓްރީ

ފާނަ ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އދ. އަތޮޅުގައި ފަށައިފި

ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ހިންގަނީ 20 ކޮށި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖެނުއަރީ 2020 | އާދީއްތަ 13:28
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު

ދިވެހިރާއްޖޭގެ ކަނޑުފަޅުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކޮށް، ހެޔޮގޮތުގައި ބޭނުންކުރުމަށް ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ކުރިއަށް ގެންދާ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް]ގެ ދަށުން ފާނަ ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އަރިއަތޮޅު ދެކުނުބުރީގައި އާދީއްތަ ދުވަހު އިފްތިތާޙު ކޮށްފިއެވެ.

އެއަތޮޅު މަހިބަދޫގައި މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތެއްގައި މިޕްރޮޖެކްޓް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދެވެ.

މި ޕްރޮޖެކްޓަކީ، ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ތަރައްޤީކުރުމުގެ ޒަރީއާއިން، އިޤްތިޞާދު ކުރިއަރުވައި، ޢާމްދަނީގެ ފުރުޞަތުތައް އިތުރުކުރުމުގެ ގޮތުން، މޫދު ކޮށީގައި ފާނަ ބޮޑުކުރުން ތަޖުރިބާ ކުރުމަށް، ރައްޔިތުން ޝާމިލުވާގޮތަށް ހިންގޭ ފުރަތަމަ ޕްރޮޖެކްޓެވެ. 18 މަސްދުވަހަށް ހިންގާ މި ޕައިލެޓް ޕްރޮޖެކްޓުގައި، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ، ދަނގެތި، އޮމަދޫ އަދި ދިގުރަށުން ޖުމުލަ 20 ފަރާތަކަށް މޫދުކޮށްޓާއި، ކުދި ފާނައާއި ފާނަ ބޮޑުކުރުމަށް ބޭނުންވާ ކާނާ ޙަވާލުކޮށް، މި މަސައްކަތަށް ބޭނުންވާ ތަމްރީނު ދީގެން، ފާނަ މާރކެޓް ސައިޒަށް ބޮޑުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތުގައި ބައިވެރިވުމަށް މިނިސްޓްރީގެ ފަރާތުން ހުޅުވާލި ފުރުޞަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ހޮވާލެވުނު 20 ފަރާތުގެ ތެރޭގައި، 5 އަންހެން ބޭފުޅުންނާއި 15 ފިރިހެން ބޭފުޅުން ހިމެނެއެވެ. ޕައިލެޓް ޕްރޮޖެކްޓް ނިމުމުން، މިޙަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން، މި މަސައްކަތުގައި ކުރިއަށްދާ ފަރާތްތަކަށް ދީފައިވާ ކޮށި މިލްކު ކުރެވޭނެއެވެ. އަދި ފާނަ ބޮޑުކުރުން ތަޖުރިބާކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއަށް ބަލައި، މުޅި ރާއްޖެއަށް ޢަމާޒުކޮށްގެން ފާނަ ބޮޑުކުރުމުގެ މަސައްކަތް ފުޅާކުރެވޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މި މަސައްކަތް ކުރުމަށް ކުރިމަތިލީ 20 ފަރާތަކުން ކަމަށާއި، އެ ފަރާތްތަކަށް ކޮށްޓާއި ކުދި ފާނައާއި ކާނާ ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މި ތަކެތި ބޭނުންކޮށްގެން ފާނަ ބޮޑުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޕައިލެޓް ޕްރޮޖެކްޓް ހިންގަން ޙަވާލުވި ފަރާތްތަކުން ބުނީ މިއީ ކުރަން ރަނގަޅު މަސައްކަތަކެއް ކަމަށާއި، ރަށުގައި ތިބެގެން ޢާމްދަނީ ހޯދޭނެ ގޮތްތައް މިކަމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި ވަށާޖެހޭ ގޮތަކަށް މެރިކަލްޗަރ ސިނާޢަތެއް ތަރައްޤީކުރުމަށް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ، ވަރލްޑް ބޭންކުގެ ހިލޭ އެހީގައި، ރާއްޖޭގެ މަސްވެރިކަމުގެ ވަޞީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމަށާއި، މެރިކަލްޗަރ ސިނާޢަތެއް ތަރައްޤީކުރުމަށް އެކުލަވާލެވިފައިވާ 5 އަހަރުގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގައި މައިގަނޑު 2 ކޮމްޕޯނަންޓެއް ހިމެނެއެވެ. އެއީ، މަސްވެރިކަން މެނޭޖްކުރުން ހަރުދަނާކުރުމުގެ ކޮމްޕޯނަންޓަކާއި، ނަފާދެނިވި ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމުގެ ކޮމްޕޯނަންޓެކެވެ. މީގެ ތެރެއިން މެރިކަލްޗަރ ކޮމްޕޯނަންޓުގެ ދަށުން މިދާއިރާއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީ ޤައިމުކުރުމާއި، މެރިކަލްޗަރ ކުރިއެރުވުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ޢާންމުންނަށް މެރިކަލްޗަރގެ ނަފާ ލިއްބައިދިނުން ހިމެނެއެވެ.

މިގޮތުން، މެރިކަލްޗަރ ދިރާސާތައް ކޮށް، މިދާއިރާއިން ބޭނުންވާ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ކ. މަނިޔަފުށީގައި މެރިކަލްޗަރ ޓްރެއިނިންގ އެންޑް ޑެމޮންސްޓްރޭޝަން ފެސިލިޓީއެއް ގެ އިތުރުން ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ބިނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ޢާންމުންނަށް މެރިކަލްޗަރާއި ގުޅޭ ތަމްރީނު ފޯރުކޮށްދިނުމާއި، ޢަމަލީގޮތުން މެރިކަލްޗަރ މަސައްކަތްތަކުގެ ތެރޭގައި ޢާންމުން ޝާމިލުކޮށް، މި ދާއިރާއިން ޢާމްދަނީ އިތުރުކުރާނޭ ގޮތްތައް ދަނީ ފަހިކޮށްދެމުންނެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

ކަޅުއޮއްފުންމި ސައުދީ ރަސްގެފާނަށް ހަދިޔާ ކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެ

11 މާރިޗު 2017
ކަޅުއޮއްފުންމި ސައުދީ ރަސްގެފާނަށް ހަދިޔާ ކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެ
11 މާރިޗު 2017

ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ

11 މާރިޗު 2017
ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ
05 މާރިޗު 2017

ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް

05 މާރިޗު 2017
ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
01 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި

01 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު