Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނު

ސުލައިމާނީ އަވަހާރަކޮށްލި ދުވަހު އެމެރިކާއިން އިރާނުގެ އެހެން އޮފިޝަލަކު އަވަހާރަ ކޮށްލުމަށްވެސް ހަމަލާދިން

11 ޖެނުއަރީ 2020 | ހޮނިހިރު 17:57

އެމެރިކާއިން ދެން ހަމަލާދީފައިވަނީ ޔަމަންގައި ހުރި އިރާނުގެ އިސްލާމިކް ރިވޮލިޔުޝަނަރީ ގާޑުގެ އިސްއޮފިސަރެއް ކަމުގައިވާ އަބްދުލް ރެޒާ ޝައްލާއީ އަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ޖެނުއަރީ 2020 | ހޮނިހިރު 17:57
ޔަމަނުގެ މަގެއްގެ މަތިން މީހަކު ހިނގާފައިދަނީ

ޔަމަނުގެ މަގެއްގެ މަތިން މީހަކު ހިނގާފައިދަނީ

އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ މަތީވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާއިން ޙަމަލާދިން ދުވަހު އިރާނުގެ އެހެން އިސް މަސްއޫލުވެރިއަކު އަވަހާރަކޮށްލުމަށްވެސް އެމެރިކާއިން ޙަމަލާދިންކަން ހާމަވެއްޖެ އެވެ.

އޮފިޝަލަކާ ޙަވާލާދީ އަލްޖަޒީރާއިން އިން ބުނެފައިވަނީ، އެދުވަހު އެމެރިކާއިން ދެން ޙަމަލާދީފައިވަނީ ޔަމަނުގައި ހުރި އިރާނުގެ އިސްލާމިކް ރިވޮލިޔުޝަނަރީ ގާޑުގެ އިސް އޮފިސަރެއް ކަމުގައިވާ އަބްދުލް ރިޒާ ޝައްލާއީ އަށެވެ. ނަމަވެސް އެ ޙަމަލާއިން އޭނާ ސަލާމަތްވެ ވަޑައިގެންފައިވާ ކަމަށެވެ. ކާކުކަން ނޭނގޭގޮތަށް އޭއެފްޕީ އަށް މަޢުލޫމާތު ދިން މި އޮފިސަރުގެ މަޢުލޫމާތުތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ޕެންޓަގަން އިން ވަނީ ދެކޮޅު ހަދާފަ އެވެ.

ޕެންޓަގަންގެ ސްޕޯކްސްޕަރސަން ނޭވީ ކޮމާންޑަރ ރެބޭކާ ރިބިއާރިކް ބުނެފައިވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު އެމެރިކާއިން ވައިގެ މަގުން ޔަމަނަށް ޙަމަލާތަކެއް ދިން ކަމަށެވެ. ނަމަވެސް އެޙަމަލާތައް ދިނީ ޔަމަނަކީ ޓެރަރިސްޓުންނަށް ފަސޭހައިން ތިބެވޭނެ ތަނެއްކަމަށް ފެންނާތީ ކަމަށާއި، ޞަރަޙައްދުގައި ހިންގާ އެފަދަ އޮޕަރޭޝަންތަކާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާ ނުކުރާކަމަށް ރެބޭކާ ވަނީ ބުނެފަ އެވެ.

ޔޫއެސް ޑިޕާޓްމަންޓްގެ ޓްރެޜަރީ ބުނީ ޝައްލާއީ އަކީ އެމެރިކާ އާއި އެމެރިކާ އާއި ގުޅުންހުރި ފަރާތްތަކަށް ޙަމަލާތައް ފޮނުވާ ގެއްލުން ދެމުންދާ މީހެއްކަމަށެވެ. އަދި އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި 2011 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަވަހާރަކޮށްލަން މަސައްކަތް ކުރުމުގައިވެސް ޝައްލާއީ މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށެވެ. އެގޮތުން އެ ޙަމަލާއަށް ފައިސާދީ އެކަމަށް މީހުން ތައްޔާރުކޮށް އެ އޮޕަރޭޝަން ކުރިޔަށް ގެންދިޔުމުގެ ފައިސާގެ ކަންކަން ކޮށްފައިވަނީ ޝައްލާއީ ކަމަށް ޓްރެޜަރީ ޑިޕާޓްމަންޓުން ބުނެއެވެ.

އެމެރިކާއިން ޔަމަނުގައި ކުރިޔަށްގެންދާ އޮޕަރޭޝަނުގަ، ޝައްލާއީ އަވަހާރަކޮށްލުމަށް މަސައްކަތް ކުރަމުންދާއިރު އެމެރިކާގެ އެއްވެސް އޮފިޝަލެއް މިއޮޕަރޭޝަނާއި ގުޅޭ ތަފުޞީލީ މަޢުލޫމާތުތަކެއް ޙިއްސާކޮށްފައެއް ނުވެއެވެ. ހަމައެކަނި ބުނަނީ އެޙަމަލާ ނާކާމިޔާބުވި ވާހަކައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް