Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމާން

އޮމާންގެ ރަސްކަމުގެ ތަޚުތައް ހައިތަމް ބިން ތާރިޤް

ހައިތަމް އަކީ އަވަހާރަވި ރަސްގެފާނާއި ދެބެންގެ ދެދަރި ބޭފުޅެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ޖެނުއަރީ 2020 | ހޮނިހިރު 14:27
އޮމާންގެ ރަސްގެފާނު ކަމަށް އައްޔަނުކުރި ހައިތަމް ބިން ތާރިޤް

އޮމާންގެ ރަސްގެފާނު ކަމަށް އައްޔަނުކުރި ހައިތަމް ބިން ތާރިޤް

އޮމާންގެ ރަސްގެފާނު ސުލްޠާން ޤަބޫސް ބިން ސައިދް އަލް ސައިދް އަވަހާރަވުމާއި ގުޅިގެން، އެޤައުމުގެ ތަޚުތައް ޚައިތަމް ބިން ޠާރިޤު އަލް ސައިދް އިސްކުރައްވައިފި އެވެ.

ކަލްޗަރަލް މިނިސްޓަރ ކަމުގައި ހުންނެވި ހައިތަމް އަކީ އަވަހާރަވި ރަސްގެފާނާއި ދެބެންގެ ދެދަރި ބޭފުޅެކެވެ. އޮމާންގެ ސަރުކާރުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޮމާންގެ އާ ރަސްގެފާނަކަށް ޚައިތަމް ޢައްޔަނުކުރުމަށް ޢާއިލާއިން މަޝްވަރާކުރުމަށް ފަހު ނިންމާފައިވާ ކަމަށެވެ. އަދި ޚައިތަމް އަކީ ރަސްގެފާނު އަވަހާރަވުމުގެ ކުރިން އޮމާންގެ ރަސްކަމަށް ގެނައުމަށް ނިންމަވާފައިވާ ބޭފުޅާވެސް މެއެވެ.

ރަސްކަމަށް ވެޑުވުމަށްފަހު ޤައުމާ މުޚާޠަބާ ކުރައްވާ ފުރަތަމަ ދެއްކެވި ވާހަކަ ފުޅުގައި ޚައިތަމް ވަނީ ޤަލްފު ޞަރަޙައްދުގައި އެޤައުމުން ގެންގުޅޭ ސިޔާސަތު ދަމަހައްޓާ ހުރިހާ ޤައުމުތަކާއެކުވެސް ގާތް ގުޅުމެއް ބާއްވާނެކަމަށް ވިދާޅުވެފަ އެވެ. އެޤައުމުގެ ދައުލަތުގެ ޓީވީން ވަގުތުން ދެއްކި މިވާހަކަފުޅުގައި ޚައިތަމް އިތުރަށް ވިދާޅުވީ އަވަހާރަވި ރަސްގެފާނު ގެންގުޅުއްވި ސިޔާސަތުތައް ކުރިޔަށްގެންދަވާނެ ކަމަށެވެ.

އޮމާންގެ ރަސްގެފާނަކީ އެޤައުމުގައި އެންމެ ބާރުގަދަ މަޤާމެވެ. އެގޮތުން ބޮޑުވަޒީރު ކަމާއި ސިފައިންގެ އެންމެ މަތީވެރިޔާ ކަމާއި ޑިފެންސް މިނިސްޓަރުކަމުގެ އިތުރުން، ފިނޭންސް މިނިސްޓަރ ކަމާއި ފޮރިން އެފެއަރޒްކަމުގެ މަޤާމުވެސް ފުރުއްވާނީ އާދައިގެ މަތިން ރަސްގެފާނެވެ.

އަވަހާރަވި ރަސްގެފާނު ޤަބޫސް އަކީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޢަރަބި ދުނިޔޭގައި ވެރިކަން ކުރެއްވި ފަރާތެވެ. އުމުރުފުޅުން 79 އަހަރަފުޅުގައި ޤަބޫސް އަވަހާރަވިިއިރު ޤަބޫސް ރަސްކަމަށް ވަޑައިގަތީ 1970 ވަނަ އަހަރު އެޤައުމުގައި އެއްވެސް ލޭ އޮހޮރުވުމަކާ ނުލާ ކުރި ބަޣާވާތުން ބައްޕާފުޅު ރަސްކަމުން ދުރުކުރުމަށްފަހު އެވެ. ޤަބޫސްގެ އަމިއްލަފުޅު ދަރި އެއް ނުހުރެ އެވެ. އެހެންކަމުން ރަސްކަން ދާން އޮތީ ޤަބޫސްގެ ދެބެންގެ ދެދަރި ތިން ބޭފުޅަކަށެވެ. އެތަނުން ރަސްކަން ލިބުމުގެ ފުރުޞަތު އެންމެ ބޮޑު ބޭފުޅަކީވެސް ޚައިތަމް އެވެ.

ޚައިތަމް އޮމާންގެ ރަސްކަމަށް އިސްކުރެވުނުއިރު ޤަލްފު ޞަރަޙައްދުގެ ޤައުމުތަކުގައި ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. ސަޢޫދީ ޢަރަބިއްޔާ އިން ޤަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެޞަރަޙައްދުގެ ޤައުމުތަކުގެ މެދުގައިވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. މީގެއިތުރުން އިރާނާއި އެމެރިކާގެ ގުޅުންވެސް ވަނީ މިއިން ދުވަހަކު ހީނަރުނުވާ މިންވަރަށް ހީނަރުވެގެން ގޮސްފަ އެވެ.

އިތުރަށް ކިޔާލަން

27 މެއި 2017

ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު

27 މެއި 2017
ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު
15 މެއި 2017

ބައްޕަގެ މަރުގެ ބަދަލު ހިފާނަން: ހަމްޒާ ބިންލާދިން

15 މެއި 2017
ބައްޕަގެ މަރުގެ ބަދަލު ހިފާނަން: ހަމްޒާ ބިންލާދިން
09 މެއި 2017

ޖަޕާނަށް ދެބިންހެލުމެއް އަތުވެއްޖެ

09 މެއި 2017
ޖަޕާނަށް ދެބިންހެލުމެއް އަތުވެއްޖެ
06 އެޕްރީލު 2017

ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ

06 އެޕްރީލު 2017
ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު