Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޕީއޭ

މި ތަންތަނަށް ދިޔަ ހިމަބިހި ވެކްސިން ނުޖަހާ ފަރާތްތަށް ސަމާލުވޭ!

21 ދުވަހުގެ ތެރޭގައި ހުންއައުމާއެކު ހަމުގައި ބިހިނަގައިފިނަމަ، ލަސް ނުކޮށް، ސިއްހީ ފަރުވާ ހޯދުދުމަށް އިލްތިމާސްކޮށްފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2020 | ހޮނިހިރު 12:54
ހުޅުމާލެ ސެންޓްރަލް ޕާރކު

ހުޅުމާލެ ސެންޓްރަލް ޕާރކު

މިއަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ހަވީރުގެ ވަގުތުތަކުގައި ހުޅުމާލޭ ސެންޓްރަލް ޕާރކަށާއި، އެ ޞަރަޙައްދުގެ ކެފޭތައް މަތީގައިވާ ތަންތަނަށް އެވަގުތު ތަކުގައި ދިޔަ ފަރާތްތަކުގެ ތެރެއިން ދެޑޯޒް މީސްލްސް ވެކްސިން (ހިމަބިހި) ފުރިހަމަ ނުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ދާދި ފަހުން މާލެ ޞަރަޙައްދުގައި ދިރިއުޅޭ އުމުރުން 3 އަހަރުގެ ކުއްޖަކު ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވުމާއި ގުޅިގެން ކުރި ޓެސްޓް ތަކުން ޕޮޒިޓިވް ވެފައިވާއިރު އެކަމާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަލިފެތުރުމުގެ ފުރުޞަތު އޮތް މުއްދަތުގައި ކުއްޖާ ޒިޔާރަތްކުރި ތަންތަނަށް ބަލާއިރު، ބަލި ފެތުރުމުގެ ފުރުޞަތު އޮތީ ވަގުތު ތަކުގައި ދިޔަ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ކަމަށެވެ.

Advertisement - newsAdvertisement

އެތަންތަނަކީ:

އެޗްޕީއޭގެ ބަޔާނުގައި ވާ ގޮތުން 21 ދުވަހުގެ ތެރޭގައި ހުންއައުމާއެކު ހަމުގައި ބިހި ނަގައިފިނަމަ، ލަސް ނުކޮށް، ޞިއްޙީ ފަރުވާ ހޯދުމަށާއި ޞިއްޙީ ފަރުވާ ހޯއްދެވުމަށް، މާލޭގައި ނަމަ އައި.ޖީ.އެމް.އެޗް ގެ އިމަރޖެންސީ ޓްރިއާޖަށް ވަޑައިގަތުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ހުޅުމާލޭގައި ނަމަ 1417އިން ހުޅުމާލޭ ހޮސްޕިޓަލަށް ގުޅުމަށާއި، އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް ވަޑައިގެން، އަލާމާތްތަކުގެ މަޢުލޫމާތު ކައުންޓަރަށް ދެއްވުމަށް ބަޔާނުގައި ވެއެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމަށް 2017 ވަނަ އަހަރު ކަނޑައެޅިފައިވީ ނަމަވެސް، ރާއްޖެއަކީ މީސްލްސް ފަދަ ބަލިތައް އުޅޭ ޤައުމުތަކުން ވަރަށް ގިނަ މީހުން ޒިޔާރަތްކުރާ ޤައުމެއްކަމަށްވެފައި، ރާއްޖޭގެ މީހުންވެސް މިފަދަ ބަލިތައް އުޅޭ ޤައުމުތަކަށް ޒިޔާރަތްކުރަމުންދާތީ، ރާއްޖެއަށް މިފަދަ ބައްޔެއް އައުމުގެ ފުރުޞަތު ބޮޑު ކަމަށް ވެއެވެ. 2017 ގައްޔާއި 2018ގައިވެސް ރާއްޖެއިން ބޭރުން ދެ ދިވެހިންނަށް ހިމަބިހި ޖެހިފައިވާއިރު، ރާއްޖޭގައި މިފަދަ ބައްޔެއް ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ ރާއްޖޭގައި އުޅޭ ހުރިހާ އެންމެންވެސް މީސްލްސް ވެކްސިން ގެ ދެޑޯޒް ފުރިހަމަކުރުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މީސްލްސް ހިމެނޭ ވެކްސިންތަކުގެ ތެރެއިން (މީސްލްސް ވެކްސިން، އެމް.އާރް. ވެކްސިން އަދި އެމް.އެމް.އާރް.ވެކްސިން) ދެޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ބައްޔަށް ހުށަހެޅުނު ކަމުގައިވިޔަސް، ބަލި ޖެހުމަކީ ނާދިރު ކަމެއް ކަމަށް ބަޔާނުގައި ވެއެވެ. އެހެންކަމުން، އެފަދަ ބަލިތަކުން ރައްކާތެރި ވުމަށްޓަކައި، ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ވެކްސިންގެ ޑޯޒެއް ދޭން އޮންނަ މުއްދަތުގައި ނުދެވިއްޖެނަމަ، ވީ އެންމެ އަވަހަކަށް ވެކްސިން ދިނުމަށް ސަމާލުކަންދެއްވުމަށް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު