Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް

ކޭން ނުލާ ކުޅޭއިރު ޓޮޓެންހަމް ޢާންމުކޮށް ކުޅޭ ސްޓައިލަށް ކުޅެން އުނދަގޫވާނެ: މޮރީނިއޯ

ލިވަރޕޫލާއި ޓޮޓެންހަމް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2020 | ހޮނިހިރު 12:04
ހެރީ ކޭން (ކ) ހޯސޭ މޮރީނިއޯ (ވ)

ހެރީ ކޭން (ކ) ހޯސޭ މޮރީނިއޯ (ވ)

ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން ނުލައި ޓޮޓެންހަމް ކުޅޭއިރު އެޓީމު ޢާންމުކޮށް ކުޅޭ ސްޓައިލަށް ކުޅެން އުނދަގޫވާނެ ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަރޕޫލާ ދެކޮޅަށް ޓޮޓެންހަމް ކުޅޭ މެޗަށް ކެޕްޓަން ކޭންއަށް ނުކުޅެވޭނެއެވެ. އޭނާގެ ފަލަ މަސްގަނޑަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާން އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޭނާއަށް އެނބުރި ކުޅުމަށް އާދެވޭނީ އަންނަ އޭޕްރީލް މަހުގައެވެ.

ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން މޮރީނިއޯ ބުނީ ކޭން ނެތުމުން އެކަން ޓީމުން ވަރަށް ބޮޑަށް ދައްކާނެ ކަމަށާއި އެވާހަކަ ދައްކަން އޭނާ ބޭނުން ނުވާ ކަމަށެވެ. ކޭން ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅޭ ސްޓައިލަށް ކޭން ނެތި ކުޅުމަކީ ވާނޭ ކަމެއް ނޫން ކަމަށް ބުނަމުން މޮރީނިއޯ ބުނީ އޭނާގެ ޓީމުން މި މެޗަށް ނިކުންނަނީ ޓީމުގައި ހުރި ބަލިކަންކަން ދެނެގަނެގެން ކަމަށާއި، ކޭން ދައްކަމުން އަންނަ ކުޅުން އެހެން ކުޅުންތެރިޔަކަށް ނުދެއްކޭނެ ކަމަށެވެ.

މިރޭގެ މެޗަށް ޓޮޓެންހަމް ނިކުންނައިރު އަނިޔާގެ ގިނަ މައްސަލަތަކެއް ޓީމަށް ދިމާވެފައިވާ ކަމަށާއި ނަމަވެސް މި މެޗަށް ޓީމުން ނިކުންނާނީ ތިން ޕޮއިންޓަށް ކަމަށެވެ.

ލިވަރޕޫލާއި ޓޮޓެންހަމް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގައެވެ.

ލިވަރޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 20 މެޗުން ލިބުނު 58 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލެސްޓަރ ސިޓީއަށް 21 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި ސިޓީ އޮތީ 21 މެޗުން ލިބުނު 44 ޕޮއިންޓާއެކުގައެވެ. ޓޮޓެންހަމް ލީގު ތާވަލުގެ ހަތްވަނައިގަ އޮތީ 21 މެޗުން ލިބުނު 30 ޕޮއިންޓާއެކުގައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

20 ފެބުރުއަރީ 2017
އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު