Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޯރާ ކުއޮރިންގެ މަރު

ނޯރާގެ މަރާއި ގުޅިގެން އިތުރަށް އެޅޭނެ ފިޔަވަޅެއް ނެތްކަމަށް ނިންމައިފި

ނޯރާގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ އަހަރު އޯގަސްޓު މަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖެނުއަރީ 2020 | ހޮނިހިރު 02:06
މެލޭޝިއާގެ ރިސޯޓަކުން ގެއްލުނު ނޯރާ ކުއޮރިން

މެލޭޝިއާގެ ރިސޯޓަކުން ގެއްލުނު ނޯރާ ކުއޮރިން

މެލޭޝިއާގެ ރިސޯޓަކުން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ޚާއްސަ އެހީއަށް ބޭނުންވާ ނޯރާ ކުއޮރިންގެ މަރާއި ގުޅިގެން އިތުރަށް އެޅޭނެ ފިޔަވަޅެއް ނެތްކަމަށް ނިންމައި އެ "ކޭސް ކްލޯސް" ކޮށްފިއެވެ.

ނިމިދިޔަ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ނޯރާގެ ހަށިގަނޑު ފެނިފައިވާއިރު، ފުލުހުން ވަނީ އޭނާ މަރުވުމަށް ދިމާވިކަންތައްތައް ބެލުމަށް ޕޯސްޓްމޯޓަމް ހަދާފައެވެ. އެގޮތުން ޕޯސްޓްމޯޓަމުން ދައްކާގޮތުގައި ނޯރާ މަރުވާން ދިމާވީ ކަންބޮޑުވުމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެންނެވެ.

އޭގެ އިތުރުން، ނޯރާ ކިޑްނެޕްކޮށްފައިވާ ކަމެއް އަދި ރޭޕްކޮށްފައިވާ ކަމެއް ޕޯސްޓްމޯޓަމުން ނުދައްކާ ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާއިރު، އޭނާގެ މައިންބަފައިން އެކަން ޤަބޫލުކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ.

އެގޮތުން ނޯރާގެ މައިންބަފައިން ބުނީ، އޭނާ ރޭގަނޑު އެކަނި ބޭރަށް ނުކުންނާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ޤައުމުގެ އެޓަރނީ ޖެނެރަލް އޮފީހުން ބުނެފައިވަނީ ނޯރާގެ މަރާއި ގުޅިގެން އެޅޭނެ އިތުރު ފިޔަވަޅެއް ނެތް ކަމަށެވެ.

އުމުރުން 15 އަހަރުގެ ނޯރާ ގެއްލިފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 4 ވަނަ ދުވަހު އެވެ. އޭނާ ގެއްލިފައިވަނީ އެދުވަހު އާއިލާ މެމްބަރުންނާއެކު މެލޭޝިއާގެ ރިސޯޓެއްގެ ޖަންގަލީއަށްގޮސް އުޅުމުގެ ތެރޭގައެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރު ނޫފައިގެންފައި ހުރި ކަމުގެ ނިޝާންތަކެއް ފެންނަން ހުއްޓެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު