Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ސުޕަ ކަޕް

ސްޕެނިޝް ސުޕަރ ކަޕް ސައުދީގައި ބާއްވަނީ ފައިސާއަށް: ވަލްވޭޑޭ

ސުޕަ ކަޕްގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ބާސާ އަދި އެތްލެޓިކޯ

އަތޫފް އާތިފް
އަތޫފް އާތިފް | 9 ޖެނުއަރީ 2020 | ބުރާސްފަތި 14:11
ބާސާގެ ކޯޗު ވެލްވޭޑޭ

ބާސާގެ ކޯޗު ވެލްވޭޑޭ

ސްޕެނިޝް ސުޕަރ ކަޕްގެ ފޯމެޓް ބަދަލުކޮށް ސައުދީގައި މުބާރާތް ބާއްވަނީ ފައިސާއަށް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފިއެވެ.

އާންމުކޮށް އޮގަސްޓް މަހުގައި ބާއްވާ މި މުބާރާތުގައި ކުރިން ކުޅެނީ ސްޕެނިޝް ލީގުގެ ޗެމްޕިއަނުންނާއި. ސްޕެނިޝް ކަޕް (ކޮޕްޑެލްރޭ) ގެ ޗެމްޕިއަން ޓީމެވެ. ނަމަވެސް ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ މި މުބާރާތުގެ ފޯމެޓަށް ބަދަލުގެނެސް ލީގުގެ ދެވަނަ އަދި ތިންވަނަ ޓީމަށް މި މުބާރާތުގެ ފުރުސަތުދީ މުބާރާތް ގައުމުން ބޭރުގައި ބޭއްވުމަށް ނިންމާފައެވެ.

ސްޕެއިނުގެ ފުޓުބޯޅަ ފެޑެރޭޝަނުން ސައުދީގައި ސުޕަރ ކަޕް ތިން އަހަރު ބާއްވަން ނިންމީ 120 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސްޕެއިނުން ބޭރަށް މި މުބާރާތް ބާއްވާތީ ގިނަ ކްލަބުތަކުން ވަނީ އެކަމާއި ހިތްހަމަ ނުޖެހުންފާޅުކޮށްފައެވެ.

ބާސާގެ ކޯޗު ވަލްވޭޑޭ ބުނީ ކުރިން އޮތް ގޮތުންނަމަ ސުޕަރ ކަޕްގެ ޖާގަ ލިބެނީ ކާމިޔާބު ހޯދާ ޓީމުތަކަށް ކަމަށާއި، ނަމަވެސް އާ ފޯމެޓްގެ ދަށުން އިތުރު ޓީމުތަކަށް ވެސް ޖާގަ ލިބޭ ކަމަށެވެ. އޭނާ އަށް ރަނގަޅީ ފޯމެޓް ކުރިން އޮތް ގޮތް ކަމަށް ވަލްވޭޑޭ ބުންޏެވެ. މީގެ އިތުރުން ވަލްވޭޑޭ ބުނީ ފުޓުބޯޅައިގަ، މިހާރު ބަލަނީ ފައިސާއަށް ކަމަށާއި، މި މުބާރާތް ސްޕެއިނުން ބޭރަށް ބަދަލުކުރި އެއްސަބަބަކީ ފައިސާ ކަމަށްވެސް ވަލްވޭޑޭ ބުންޏެވެ. އަދި މި ފޯމެޓްގައި ކުޅެގެން މި މުބާރާތުގެ އަސްލު މަގްސަދު ހާސިލު ނުވާނޭ ކަމަށްވެސް ވަލްވޭޑޭ ބުންޏެވެ.

މި މުބާރާތުގައި ބާސެލޯނާ ވާދަކުރަނީ ސްޕެނިޝް ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. އަދި ވެލެންސިއާ ވާދަކުރަނީ ކޮޕަޑެލްރޭގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. އެތްލެޓިކޯ މެޑްރިޑާއި، ރެއާލް މެޑްރިޑުން މި މުބާރާތުގައި ވާދަކުރަނީ ލީގުގެ ދެވަނަ އަދި ތިންވަނަ ޓީމުގެ ހައިސިއްޔަތުންނެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު