Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިޝަރީޒް މިނިސްޓްރީ

ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ދިރާސާ ފަށައިފި

9 ޖެނުއަރީ 2020 | ބުރާސްފަތި 11:50

ދިރާސާކުރުމުގެ ރޮނގުން ހަރަކާތްތެރިވާ ބައެއް ޖަމްޢިއްޔާތަކުން ބައިވެރިވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 9 ޖެނުއަރީ 2020 | ބުރާސްފަތި 11:50
ރިސާޗްގެ ބައިވެރިންނާއި އެކު ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ފޮޓޯ އަކަށް ހުއްޓިލައިގެން

ރިސާޗްގެ ބައިވެރިންނާއި އެކު ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ފޮޓޯ އަކަށް ހުއްޓިލައިގެން

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި, ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ދިރާސާތަކެއް ފަށައިފިއެވެ.

ސިލްސިލާ އެކްސްޕެޑިޝަންއެއްގެ ގޮތުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ދިރާސާގެ. ފުރަތަމަ ދަތުރު ފެށީ ބުރާސްފަތި ދުވަހުއެވެ. މި ދިރާސާ ދަތުރު ފަށްޓަވައި ދެއްވީ، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދެވެ. މިނިސްޓަރ ވަނީ އެކްސްޕެޑިޝަން ކުރިއަށްދާ ކާޑޭ ޑިއެމް ބޯޓަށް ޒިޔާރަތްކުރައްވައި ދަތުރުގެ ބައިވެރިންނާއި ބައްދަލުކުރައްވާފައެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖެއިން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުގަ، ބައިވެރިވީ މިދިޔަ އަހަރު ބޭއްވި އ.ދ. ގެ 74 ވަނަ އާންމު ބައްދަލުވުމުގެ ހަވާސާގައި ދިވެހި ސަރުކާރާއި އެ ކޯލިޝަނާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ސަރުކާރާއި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ނޫ އިޤްތިޞާދެއް ބިނާކޮށް ކުރިއެރުވުމަށް އެހީވެ މި ސިޔާސަތަށް ބޭނުންވާ މެރިން ސްޕެޝަލް ޕްލޭންއެއް އެކުލަވާލެވިގެން ދާނެއެވެ.

މި ޚާއްޞަ ޕްލޭން ވެގެންދާނީ ރާއްޖޭގައި ތިމާވެއްޓާއި ރަށްޓެހި، ތަރައްޤީގެ ނޫ ސިޔާސަތުތަކެއް އެކުލަވާލުމަށް މުހިންމު ދައުރެއް އަދާކުރާނެ ޕްލޭނަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެކްސްޕެޑިޝަން ތަކުގައި، އެ ކޯލިޝަންގައި ބައިވެރިވާ ސައިންވެރިންނާއި، އެމްއެމްއާރއައިގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގައި ތިމާވެއްޓާއި، ކަނޑުތަކުގެ ދިރާސާކުރުމުގެ ރޮނގުން ޙަރަކާތްތެރިވާ ބައެއް ޖަމްޢިއްޔާތަކުން ބައިވެރިވާނެއެވެ.

26 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕެޑިޝަންގައި، ރާއްޖޭ ހުރިހާ އަތޮޅެއް ތަމްސީލުވާގޮތަށް ފުޅާ ދާއިރާއެއްގައި ސާރވޭތަކެއް ކުރެވިގެންދާނެއެވެ.

އޭގެ އިތުރުންވެސް މި ކޯލިޝަންގެ ދަށުން އިތުރު އެކްސްޕެޑިޝަންތައް ރޭވިގެން، ރާއްޖޭގެ ދެކުނުން، ފުން ކަނޑުތަކާއި ތިލަފަރު ފަޅުތަކުން މުހިންމު މަޢުލޫމާތުތައް ނެގުމަށް އެކި ދުވަސްވަރު އެކި ޙަރަކާތްތައް ހިންގާނެ ކަމަށް ފިޝަރީޒް މިނިސްްޓްރީން ބުންޏެވެ.

މި މަޢުލޫމާތުގެ އަލީގައި އެކުލަވާލާ މެރިން ސްޕެޝަލް ޕްލޭން، ރާއްޖޭގައި ނޫ އިޤްތިޞާދެއް ދެމެހެއްޓުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށް ވަރަށް ބޮޑަށް އެހީތެރިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަނަކީ ޔުނިވަރސިޓީތަކާއި، ފައުންޑޭޝަންތަކާއި އެހެން ޖަމްޢިއްޔާތައް ގުޅިގެން، އެއްބާރުލުންދޭ ޤައުމުތަކާއެކު މެރިން ސްޕެޝަލް ޕްލޭންތައް އެކުލަވާލުމަށާއި، ސައިންޓިފިކް ދިރާސާތަކުގެ އަލީގައި މުހިންމު މާޙައުލުތައް ޙިމާޔަތްކުރުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތަކުގެ މާޙައުލަށް ބަރޯސާވާ އިޤްތިޞާދީ މަސައްކަތްތައް ކުރި އެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.

މި ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި ވެއިޓް އިންސްޓިޓިއުޓާއި، ވެއިޓް ފައުންޑޭޝަނާއި، ސްކްރިޕްސް އިންޓިޓިއުޓް އޮފް އޯޝަނޯގްރަފީއާއި، ނެކްޓަން ޑީޕް އޯޝަން އެކްސްޕްލޮރޭޝަނާއި، ނެޝަނަލް ޖިއޯގްރަފިކް ގެ ޕްރިސްޓީން ސީސް ގެ އިތުރުންވެސް މި ދާއިރާއިން މަސައްކަތްކުރާ ތަފާތު ޖަމާޢަތްތައް ހިމެނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް