Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ލޯކަލް ކައުންސިލް އިންތިޚާބު: އެމްޑީޕީ ޕްރައިމަރީގަ ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު

ޝަކުވާ ބަލައިގަނެވޭނެ ސުންގަޑިއަކީ 10 ޖެނުއަރީވާ ހުކުރު ދުވަހުގެ 18:00

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖެނުއަރީ 2020 | ބުދަ 04:12
އެމްޑީޕީގެ މެމްބަރުތަކެއް

އެމްޑީޕީގެ މެމްބަރުތަކެއް

"ލޯކަލް ކައުންސިލް އިންތިޚާބުގަ އެމްޑީޕީގެ ފަރާތުން ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ" ގެ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެޕާޓީން ހުޅުވާލައިފި އެވެ.

އެޕާޓީން ބުނީ ޝަކުވާ ބަލައިގަނެވޭނެ އެންމެ ފަހުގެ ސުންގަޑި އަކީ 10 ޖެނުއަރީ ވާ ހުކުރު ދުވަހުގެ މެންދުރުފަހު 18:00 ކަމުގަ އެވެ. އަދި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަާއި، މެންބަރޝިޕް ޗެކް ކުރާނެ ލިންކާއި، ޝަކުވާ ހުށަހައަޅާ ފޯމު އެމްޑީޕީ ސައިޓުގައިވާ ވަކި ލިންކުތަކަކުން ލިބެން ހުންނާނެ ކަމަށް އެޕާޓީން ވަނީ ޢާންމުކޮށް އިޢުލާންކޮށްފައެވެ. މީގެއިތުރުން ޝަކުވާ ހުށަހެޅުމަށް އީމެއިލް ކުރުމަށް އެޕާޓީން ވަނީ އެދިފައެވެ. އީމެއިލް އެޑްރެސް އަކީ mdp.lce2020.vl@gmail.com އެވެ.

މީގެއިތުރުން އެޕާޓީން ބުނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ދާއިރާތަކުގެ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓު ވަކިން ޢާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ފަހުން ހުޅުވާލާނެ ކަމަށެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޯދުމަށް ބާއްވާ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެވޭނީ އަދި އެޕްރައިމަރީގައި ވޯޓުދެވޭނީ 1 ޖެނުއަރީ 2020 ގެ ކުރިން ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ހިމެނިފައިވާ ޕާޓީ މެންބަރުންނަށް ކަމަށް އެމްޑީޕީން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގެ ޓައިމްލައިން އެމްޑީޕީން ޢާންމުކޮށްފައިވާއިރު، 30 ޑިސެންބަރު 2019 އިން 10 ޖެނުއަރީ 2020ގެ ނިޔަލަށް އިންތިޚާބުގެ ޕްރައިމަރީގައި ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

"ލޯކަލް ކައުންސިލް އިންތިޚާބުގަ އެމްޑީޕީގެ ފަރާތުން ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ" ގެ ވޯޓުލުން، މިހިނގާ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކެންޑިޑޭޓުންގެ ލިސްޓު 13 ޖެނުއަރީވާ ހޯމަ ދުވަހު ޢާންމުކުރާނެ ކަމަށް އެމްޑީޕީން ބުނެފައިވާއިރު، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރާނީ 15 ޖެނުއަރީވާ ބުދަ ދުވަހު ކަމަށް އެމްޑީޕީން ބުނެއެވެ.

އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ޙަރަކާތްތައް މިހާރު ވަނީ ފަށާފައެވެ. މި އިންތިޚާބަކީ މިފަހުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އާ އިޞްލާޙުތަކަށް ފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ.

މި ޤާނޫނަށް ގެނައި މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރުމާއި، ހުރިހާ ކައުންސިލްތަކަކުން 33 އިންސައްތަ އަންހެނުންނަށް ޚާއްޞަ ކުރުމުގެ އިތުރުން، ކައުންސިލުތަކަށް އަމިއްލަ ނަމުގައި ވިޔަފާރިކުރުމުގެ ބާރުތައް ދިނުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު