Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭވީސީ ވޮލީ މުބާރާތް

ސެކުރިޓީ ފީޗާތަކާ އެކު ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަނީ

ޓިކެޓުތަކުގައި އެސޯސިއޭޝަންގެ ތައްގަނޑާއެކު ވެރިއެއްގެ ސޮއި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 21 މާރިޗު 2017 | އަންގާރަ 14:41
ދިވެހިރާއްޖޭގެ ސީނިއާ ފިރިހެން ވޮލީ ޓީމުގެ ކުޅުންތެރިން

ދިވެހިރާއްޖޭގެ ސީނިއާ ފިރިހެން ވޮލީ ޓީމުގެ ކުޅުންތެރިން

ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ބަލަން ޒުވާނުންގެ މަރުކަޒަށް ވަނުމަށް ނަގަންޖެހޭ ޓިކެޓް ސެކިއުރިޓީ ފީޗާ ތަކެއް އެކުލެވޭނެ ކަމަށް މި މުބާރާތުގެ ޗެއާމަން މުހައްމަދު ޝާފީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވީއޭއެމްގެ ޑައިރެކްޓާރ އެންޑް މާކެޓިންގެ މަގާމު އަދާކުރައްވާ ޝާފީ ވިދާޅުވީ ޒުވާނުންގެ މަރުކަޒަކީ މިވަރުގެ މުބާރާތަކަށް ސަޕޯޓަރުން ވަނުމަށް ބަލާއިރު ޖާގައިގެ ދަތިކަން އިންތިހާއަށް ދިމާވާނެ ތަނެއް ކަމަށާއި އެހެން ކަމުން މެޗު ބަލަން ވަންނަ ސަޕޯޓަރުންގެ އަދަދު ދެނެގަތުމަށް ޓިކެޓްތަކުގައި ހާއްސަ ކަންތައްތަކެއް އެކުލެވޭނެ ކަމަށެވެ.

ޝާފީ ވިދާޅުވީ މުބާރާތުގައި ވާދަކުރާ ހަތަރު ގައުމު މެޗުތައް ކުޅޭއިރު، ކޮންމެ ދުވަހެއްގެ ޓިކެޓެއްގައި ވެސް ތަފާތު ކަމެއް ހުންނާނެ ކަމަށާއި އަދި އެ ޓިކެޓުތަކުގައި އެސޯސިއޭޝަންގެ ތައްގަނޑާއެކު ވެރިއެއްގެ ސޮއި އެކުލެވިފައިވާނެ ކަމަށެވެ.

ވީއޭއެމްގެ ޑައިރެކްޓާރ އެންޑް މާކެޓިންގ މުހައްމަދު ޝާފީ

ޝާފީ ވިދާޅުވީ މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވެނީ ގިނަ ހަރަދުތަކެއް ކޮށްގެން ކަމަށާއި އެހެން ނަމަވެސް ޓިކެޓް ވިއްކައިގެން މާބޮޑު ފައިދާތަކެއް ހޯދުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

މި މުބާރާތުގެ ޓިކެޓް ވިއްކުމުގައި މާގިނަ ހަރަކާތްތަކެއް ރޭވިފައި ނެތް ނަމަވެސް މިއަދުން ފެށިގެން ރާއްޖެއާއި ކިރިގިސްތާނު މެޗުގެ ޓިކެޓް ޒުވާނުންގެ މަރުކަޒުން ލިބެން ހުންނާނެ ކަމަށާއި އެހެން ނަމަވެސް ބުދަ ދުވަހުން ފެށިގެން ހުރިހާ މެޗުތަކެއްގެ ޓިކެޓް އެއްކޮށް ވިއްކަން ހުންނާނެ ކަމަށް ވެސް ވީއޭއެމުން މައުލޫމާތުދެ އެވެ.

މި މުބާރާތުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ 50 ރުފިޔާ އަށެވެ. އަދި މި ޓިކެޓަކީ "ސްވެނިއާ" ޓިކެޓެއްގެ ގޮތުގައި ބޭނުން ކުރެވޭނެ އެއްޗެއް ކަމަށް ވެސް އެފަރާތުން މައުލޫމާތުދެ އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު