Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓުން މެނުއަލްކޮށް ކުރަމުންދިޔަ ކޭސް މެނޭޖްކުރުމުގެ ކަންކަން ސިސްޓަމެއް މެދުވެރިކޮށް ކުރަން ފަށައިފި

5 ޖެނުއަރީ 2020 | އާދީއްތަ 08:16

ކޯޓަށް ހާޒިރުވުމުގެ އަމުރުތަކާއި ޑޮކިއުމަންޓްތައް ތައްޔާރު ކުރުމަށް ކުރިން ބޭނުން ކުރަމުންދިޔައީ މައިކްރޯސޮފްޓް އެކްސެލް ޝީޓާއި ވޯޑް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ޖެނުއަރީ 2020 | އާދީއްތަ 08:16
ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރާ ރޫމެއް

ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރާ ރޫމެއް

ކްރިމިނަލް ކޯޓުގައި މިހާތަނަށް ކޭސްތައް މެނޭޖްކުރަމުން ދިޔައީ މެނުއަލްކޮށް ކަމަށާއި ނަމަވެސް އާދިއްތަ ދުވަހުން ފެށިގެން، ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުން ކުރަން ފަށާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ، އެކޯޓުގައި މިހާތަނަށް ކޭސްތައް މެނޭޖްކުރަމުން އައިސްފައިވަނީ މައިކްރޯސޮފްޓް އެކްސެލް ފައިލްތަކުގައި ލިޔެގެން ކަމަށެވެ. އަދި ކޯޓަށް ހާޒިރުވުމުގެ އަމުރުތަކާއި ޑޮކިއުމަންޓްތައް އެކުލަވާލަމުން އައިސްފައިވަނީ މެނުއަލްކޮށް، މައިކްރޯސޮފްޓް ވޯޑުގައި، ކޮންމެ އެއްޗެއް ވަކިވަކިން ލިޔެގެން ކަމަށެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން ބުނީ، 1 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން އިލެކްޓްރޯނިކް ސިސްޓަމަކުން ކޭސް މެނޭޖްކުރަން ފެށި، އަދި ކުރިން ބޭނުންކުރަމުން ދިޔަ އެކްސެލް ޝީޓްތައް ދޫކޮށްލާފައިވާ ކަމަށެވެ.

މޯލްޑިވްސް އީކޯޓު މެނޭޖްމަންޓް ސިސްޓަމްގެ އެކިބައިތަކުގެ ތެރެއިން ކްރިމިނަލް ކޯޓުން މިހާތަނަށް ބޭނުން ކުރަމުން އައިސްފައިވަނީ ހާޟިރީއާއި، ޗުއްޓީއާއި، ސަލާމުގެ ކަންކަން މެނޭޖުކުރާ މޮޑިއުލް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް މެނޭޖް ކުރުމަށް ފަރުމާކުރި ކޭސް މެނޭޖްމަންޓް މޮޑިއުލްގެ ބައިތަކެއް ނިމިފައިވާތީ، އެބައިތައް ބޭނުންކުރަން މިހާރު ފަށާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

އެގޮތުން މިހާރު އެކޯޓުގަ ހިނގަމުންދާ 1661 މައްސަލައިގެ މަޢުލޫމާތު 31 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ނިޔަލަށް ސިސްޓްމަށް އެންޓަރ ކުރެވިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އަދި 05 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން މައްސަލަތައް ތާވަލުކޮށް، ކޯޓަށް ހާޒިރުވުމުގެ އަމުރުތަކާއި އެހެނިހެން އަމުރުތަކާއި ގިނަ ޑޮކިއުމަންޓްތަކެއް ސިސްޓަމްގެ ތެރެއިން އޮޓަމެޓިކުން ނަންބަރު ޖެހިގެން ޖެނެރޭޓްވެގެންދާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެއެވެ.

ކްރިމިނަލް ކޯޓުން ބުނީ، މިހާރު ދެތިން ކްލިކަކުން، ކޯޓަށް ހާޒިރުވުމުގެ އަމުރެއް ތައްޔާރުކޮށް، ޕްރިންޓް ކޮށްލެވޭނެ ކަމަށެވެ. އަދި ކޭސް މެނޭޖްމަންޓް ސިސްޓަމް އެއްކޮށް ޑޮވެލޮޕްކޮށް ނިންމުމަށް އަދި ހައެއްކަ މަސް ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ސިސްޓަމް އެއްކޮށް ފުރިހަމަވުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް މައްސަލަތައް ހުށަހެޅުމަށްޓަކައި، އިލެކްޓްރޯނިކް ޕޯޓަލްއެއް ޤާއިމުކޮށް، ކްރިމިނަލް ކޯޓުގެ ކޭސް މެނޭޖްމަންޓް ސިސްޓަމަށް އިލެކްޓްރޯނިކްކޮށް މައްސަލަތައް ފައިލް ކުރެވޭނެ ކަމަށެވެ. އެ ޕޯޓަލް ހެދުމުގެ މަސައްކަތް ވެސް މިހާރު ފެށިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް