Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސުލައިމާނީގެ މަރު

ސުލައިމާނީ އަވަހާރަކޮށްލުމާ ހަމަޔަށް ކަންކަން ދިޔައީ ކިހިނެއް؟

އެމެރިކާ އާއި އިރާނާ ދެގައުމުގެ މަސްރަހު މިއިން ދުވަހަކު ގޯސް ނުވާ ވަރަށް މި ފަހަރު ވަނީ ގޯސްވެފައި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 5 ޖެނުއަރީ 2020 | އާދީއްތަ 08:57
އިރާނުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ/ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް- unitedpatriotnews.com

އިރާނުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ/ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް- unitedpatriotnews.com

އީރާނުގެ އެންމެ ވަރުގަދަ ލަޝްކަރު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯރޕް (އައިއާރުޖީސީ)ގެ ޤުދުސް ފޯރސްގެ ކޮމާންޑަރު އަދި އެ ޤައުމުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ޤާސިމް ސުލައިމާނީގެ މަރަކީ މުޅި ދުނިޔެ ސިއްސުވާލި ޚަބަރެވެ. އެމެރިކާއިން ދިން ޙަމަލާއެއްގައި އީރާނުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއެކު ދެ ޤައުމު ދޭތެރެގައި އޮންނަ ގުޅުން މިއިން ދުވަހަަކު ގޯސްނުވާ ވަރަށް ވަނީ ގޯސްވެފައެވެ. އެމެރިކާއިން ބުނާ ގޮތުގައި ސުލައިމާނީއަކީ އިރާނުގެ ތާރީޚުގަވެސް މިހާތަނަށް ހިންގި އެންމެ ބޮޑު އަދި ނުރައްކާތެރި ޖަރީމާތަކުގެ ފަހަތުގައި ހުންނެވި ފަރާތެވެ. އެމެރިކާއިން ބުނާ ގޮތުން ސުލައިމާނީ ގެންދެވީ އެމެރިކާގެ ޑިޕްލޮމޭޓުންނާއި އެޤައުމުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން މަރާލުމަށް ރާވަމުންނެވެ. ސުލައިމާނީގެ މަރާއެކު މިއަދު ދުނިޔެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި އެމެރިކާއިން ސިފަކޮށްފައިވެއެވެ.

ސުލައިމާނީގެ މަރާއި ގުޅިފައިވާ ކަންތައްތައް:

2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ މެދު ތެރޭގައި ބޭއްވުނު ބައްދަލުވުމެއްގައި އީރާނުން ޢަމާޒު ހިފާފައިވާ އެމެރިކާގެ ޞަރަޙައްދުތަކަކަށް އިރާނުގެ ހަތިޔާރު ބޭނުންކޮށްގެން ޙަމަލާދޭން ތައްޔާރުވުމަށް ސުލައިމާނީއަށް ވާގިވެރިވާ އިރާގުގެ ޝިޢީންނަށް ނިޞްބަތްވާ އަސްކަރީ ނުވަތަ ހަނގުރާމަވެރި ގްރޫޕުތަކަށް އިރުޝާދުދެއްވިކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި 2 ކޮމާންޑަރުންނާއި، ސަލާމަތީ ބާރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ޙަވާލާ ދީ ބޭރުގެ ނޫސްތަކުގައިވެއެވެ. އެގޮތުން އާ ހަނގުރާމަވެރި ގްރޫޕެއް އެކުލަވާލާ، އިރާޤުގެ އަސްކަރީ ބޭސްތަކުގަ ތިބި އެމެރިކާ ރައްޔިތުންނަށް ޢަމާޒުކޮށް ޙަމަލާ ދިނުމަށް އިރުޝާދު ދިން ކަމަށް ވެސް ވެއެވެ. އަދި ހަނގުރާމަވެރި ގްރޫޕެއް ކަމަށްވާ ޚާޠާއިބް ހިޒްބުﷲ އަށް މުޅިން އާ ޕްލޭނެއް އެކުލަވާލުމަށް އަމުރުކުރި ކަމަށްވެއެވެ.

އެ ބައްދަލުވުން ބޭއްވުމުގެ ދެ ހަފުތާކުރިން ހަތިޔާރުތައް އިތުރު ކުރުމަށް އައިއާރުޖީސީ އަށް ސުލައިމާނީ ޢަމުރު ކުރިކަމަށްވެއެވެ. އެގޮތުން ކަޓްޔޫޝާ ރޮކެޓާއި މިސައިލުތައް، އިރާނާއި އިރާގު ހުރަސްކުރާ ބޯޑަރުން އެތެރެކުރުމަށް ޢަމުރެއް ނެރުނު ކަމަށް އިރާޤުގެ ސަލާމަތީ ބާރުތަކާއި ހަނގުރާމަވެރި ގްރޫޕުތަކުގެ ކޮމާންޑަރުންނާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ހުކުރު ދުވަހުއިރާޤުގެ ވެރިރަށް ބަޢުދާދުގެ އެއަރޕޯޓުގައި ސުލައިމާނީ އަވަހާރަކޮށްލި ޙަމަލާ ދިނުމުގެ ކުރިން، އޭނާ އެކި ޤައުމުތަކުގައި ދިރުއުޅެމުންދާ އެމެރިކާ ރައްޔިތުންނަށް ޢަމާޒުކޮށް ޙަމަލާދިނުމަށް ރާވާފައިވާކަމުގެ މަޢުލޫމާތު އެމެރިކާގެ ޖާސޫސީ އިދާރާއަށް އެނގިފައިވާ ކަމަށްވެއެވެ. އެގޮތުން އިރާޤު، ސީރިއާ އަދި ލުބުނާނުގަ ދިރިއުޅޭ އެމެރިކާ ރައްޔިތުންނަށް ޙަމަލާދިނުމަށް ޚަޠާއިބު ހިޒްބުﷲ އަށް ހަތިޔާރު ސަޕްލައިކުރި ކަމަށްވެއެވެ.

ހަނގުރާމަވެރި ކޮމާންޑަރުންނާއި ޙަވާލާދީ ބޭރުގެ މީޑިއާއެއްގައި ރިޕޯޓުކޮށްފައިވާ ގޮތުން ޙަމަލާތަކުގަ އިސްކޮށް ޙަރަކާތްތެރިވުމަށް ޚަޠާއިބު ހިޒްބުﷲ ޚިޔާރު ކުރީ ޑްރޯން ބޭނުންކޮށް، ކަޓްޔޫޝާ ރޮކެޓުން ޙަމަލާދޭނޭ ޓާރގެޓުތައް ކަނޑައެޅުމަށެވެ. އެގޮތުން ސުލައިމާނީ އެ ގްރޫޕަށް ސަޕްލައި ކުރި ހަތިޔާރުތަކުގެ ތެރޭގައި އިރާނުން އުފެއްދި ޑްރޯނެއް ހިމެނެއެވެ. އެ ޑްރޯން މެދުވެރިކޮށް އެގްރޫޕުން އެމެރިކާގެ ފައުޖުތައް ރުކުރުވާލެވިފައިވާ ޞަރަޙައްދުތަކުގެ ފުޓޭޖުތައް ހޯދި ކަމަށް އިރާޤުގެ ސަލާމަތީ ދެ އޮފިޝަލަކާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މީގެއިތުރުންޑިސެމްބަރު 11ގައި އެމެރިކާ އަސްކަރިއްޔާގެ އިސް މަސްއޫލުވެރިޔަކު ބުނި ގޮތުގައި އެމެރިކާގެ ފައުޖުތައް ޙަރަކާތްތެރިވާ ބޭސްތަކަށް އިރާނުން އެހީވާ ހަނގުރާމަވެރި ގްރޫޕުތަކުން ދޭ ޙަމަލާތައް އިތުރުވަމުންދާ ކަމަށެވެ.އޭގެ ދެ ދުވަސް ފަހުން އިރާޤުގެ ވެރިރަށްބަޢުދާދު އިންޓަރނޭޝަނަލް އެއަރޕޯޓު ކައިރީގައި ހުންނަ އަސްކަރީ ބޭސްއަކަށް ކަޓްޔޫޝާ ރޮކެޓެއްގެ ޙަމަލާއެއް ދީފައިވެއެވެ. މި ޙަމަލާގައި އިރާޤުގެ އެލީޓް ކައުންޓަރ ޓެރަރިޒަމް ސަރވިސްގެ 5 މެންބަރުން ޒަޚަމްވިއެވެ. މި ޙަމަލާތަކުގެ ޒިންމާ އެއްވެސް ގްރޫޕަކުން އުފުލާފައި ނުވިނަމަވެސް، އެމެރިކާގެ އަސްކަރީ އިސް މަސްއޫލުވެރިޔަކު ބުނި ގޮތުގައި އިންޓެލިޖެންސަށާއި ފޮރެންސިކް އެނަލައިސިސްތަކުން އެ ޙަމަލާތަކަކީ އިރާނުގެ ޝިޢީ ހަނގުރާމަވެރި ޖަމާޢަތެއްގެ ޙަމަލާތަކެއް ކަން އެނގިފައިވާ ކަމަށެވެ. (ޚަޠާއިބު ހިޒްބުﷲ، އައް-ޞާއިބު އަހުލު އަލް-ޙައްޤު)

ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު30 އަށް ވުރެ ގިނަ ރޮކެޓުގެ ޙަމަލާތައް އިރާޤުގެ މިލިޓަރީ ބޭސް އަކަށް ދީފައިވެއެވެ. މި ޙަމަލާގައި އެމެރިކާގެ ސިވިލިއަން ކޮންޓްރެކްޓަރަކު މަރުވެ، އެމެރިކާގެ 4 ސިފައިންނާއި އިރާޤުގެ 2 ސިފައިން ޒަޚަމްވެފައިވެއެވެ. މި ޙަމަލާތަކުގެ ފަހަތުގައި ތިބީ ޚަޠާއިބު ހިޒްބުﷲ ޖަމާޢަތް ކަމުގެ ތުހުމަތުތައް އެމެރިކާއިން ކުރުމުން، އެ ގްރޫޕުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެމެރިކާއިންއޭގެ ދެ ދުވަސް ފަހުންވައިގެ ޙަމަލާއެއް ދީފައިވެއެވެ. މި ޙަމަލާތަކުގައި 25 ހަނގުރާމަވެރިން މަރުވެ، އިތުރު 55 ހަނގުރާމަވެރިން ޒަޚަމްވެފައިވެއެވެ.

މި ޙަމަލާތަކާއި ގުޅިގެން އިރާނުން އެހީތެރިވާ އިރާޤުގެ ހަނގުރާމަވެރި ގްރޫޕުތަކަށް ތާޢީދު ކުރާ ފަރާތްތަކުން ދެ ދުވަހުގެ މުޒާހަރާއެއް ކޮށްފައިވެއެވެ. އަދި މި މުޒާހަރާތަކާއި ގުޅިގެން އެމެރިކާއިން ބަދަލުހިފުމުގެ ރޫޙުގައި އެ ޞަރަޙައްދަށް އިތުރު ސިފައިންރުކުރުވާލާފައިވެއެވެ.

ސުލައިމާނީ އަވަހާރަކޮށްލުމުގެ އެއްދުވަސް ކުރިންއެމެރިކާގެ ޑިފެންސް ސެކެޓްރީ މާރކް އެސްޕަރ ވަނީ އެެމެރިކާ ރައްޔިތުންނަށް ޢަމާޒުކޮށްގެން އީރާނުން އެހީވާ ހަނގުރާމަވެރި ގްރޫޕުތަކުން ދީފާނެ ޙަމަލާއަކުން ސަލާމަތްވުމަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި "ގޭމް އޮތީ މުޅިން ބަދަލުވެފަ" އެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2018

އަސްރު ދިޔައީ ގެއްލިގެން.................

26 އެޕްރީލު 2018
އަސްރު ދިޔައީ ގެއްލިގެން.................
30 ޑިސެމްބަރު 2017

2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!

30 ޑިސެމްބަރު 2017
2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!
26 ޑިސެމްބަރު 2017

ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!

26 ޑިސެމްބަރު 2017
 ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!
29 އޮކްޓޯބަރު 2017

ކަންކަން ނުކޮށް ދެވުނީމަ ޖީއެމްއާރާ ގުޅުވާ ރެކި ގަނެވިދާނެތަ؟!

29 އޮކްޓޯބަރު 2017
ކަންކަން ނުކޮށް ދެވުނީމަ ޖީއެމްއާރާ ގުޅުވާ ރެކި ގަނެވިދާނެތަ؟!
12 އޮކްޓޯބަރު 2017

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

12 އޮކްޓޯބަރު 2017
 ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު
07 ސެޕްޓެމްބަރު 2017

ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

07 ސެޕްޓެމްބަރު 2017
ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟
23 އޯގަސްޓު 2017

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!
23 މެއި 2017

ކަންކަން ވާކަން ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ގޮވީ "އަތަށް"!

23 މެއި 2017
ކަންކަން ވާކަން ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ގޮވީ "އަތަށް"!
23 މެއި 2017

"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

23 މެއި 2017
"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"
20 ފެބުރުއަރީ 2017

ވިއްކަނީ ދީން، ކުރަނީ ފުށުއަރާ ކަންކަން!

20 ފެބުރުއަރީ 2017
ވިއްކަނީ ދީން، ކުރަނީ ފުށުއަރާ ކަންކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް