ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 13:40
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު
ގޫގުލް
މުފްތީ މެންކު
މުފްތީ މެންކު ރާއްޖެ ވަޑައިގަންނަވަނީ
 
ދީނީ ޢިލްމުވެރިންނަށް ޚާއްސަ ދީނީ ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވޭ
 
މުފްތީގެ މި ދަތުރުފުޅުގައި މާލެއާއި އައްޑޫ ސިޓީ އަދި ކުޅުއްދުއްފުށީ ސިޓީގައި ދީނީ ދަރުސް ދިނުމަށްވަނީ ހަމަޖެހިފަ
 
މުފްތީ ރާއްޖެ ވަޑައިގަންނަވާ ގޮތައް ހަމަ ޖެހިފައިވަނީ ޖެނުއަރީ މަހުގެ 14 އިން 18 އަށް

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާ ގޮތައް ހަމަ ޖެހިފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 14 އިން 18 އަށް ކަމަށެވެ. މުފްތީ ރާއްޖެ ވަޑައިގަންނަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށެވެ.

މުފްތީ މެންކުގެ މި ދަތުރުފުޅުގައި މާލެއާއި އައްޑޫ ސިޓީ އަދި ކުޅުއްދުއްފުށީ ސިޓީގައި ދީނީ ދަރުސް ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޒުވާނުންނަށާއި ދީނީ ޢިލްމުވެރިންނަށް ޚާއްސަ ދީނީ ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

މުފްތީއަކީ ޒިމްބާބުވޭގެ އިސްލާމިކް ކައުންސިލްގެ ފަތުވާ ޑިޕާޓްމެންޓުގެ އިސްވެރިއާއެވެ. އަދި ޒިމްބާބުވޭގެ ހަރާރީގެ މަސްޖިދުލް ފަލާހުގެ އިމާމުކަންވެސް ކުރައްވާ މުފްތީ ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ދީނީ ދަރުސް ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި