Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓުއަރިޒަމް

މައްސަލަތައް ހައްލުކުރުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާ މަސައްކަތްކުރުމަށް މޯލްޑިވިއަން އެމްޕްލޯޔަރސް އިން ގޮވާލައިފި

3 ޖެނުއަރީ 2020 | ހުކުރު 17:06

މި މަޝްވަރާތަކުގައި ސަރުކާރުން އިދާރީ އިސް ދައުރެއް އަދާކުރުމަކީ މުހިންމު ކަމެއް ކަމަށް ޖަމިއްޔާއިން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ޖެނުއަރީ 2020 | ހުކުރު 17:06
ޓޫރިޒަމް މިނިސްޓަރ ނޫސްވެރިންނާ ބައްދަލުކުރައްވަނީ- ސަރވިސް ޗާޖް މައްސަލާގައި މިނިސްޓަރ ވަނީ ހޫނު ފެނަށް ވެއްޓިފައި

ޓޫރިޒަމް މިނިސްޓަރ ނޫސްވެރިންނާ ބައްދަލުކުރައްވަނީ- ސަރވިސް ޗާޖް މައްސަލާގައި މިނިސްޓަރ ވަނީ ހޫނު ފެނަށް ވެއްޓިފައި

ޓުއަރިޒަމްގެ ދާއިރާއަށް މިހާރު ދިމާވެފައިވާ ކަންކަމުގެ މައްޗަށް ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔަރސް އާއި ވަޒީފާއަދާކުރާ ފަރާތްތައް ތަމްސީލުކުރާ މޯލްޑިވްސް ޓްރޭޑް ޔުނިއަންސް ކޮންގްރެސް އާއި، ދިވެހި ސަރުކާރު ހިމެނޭ އައިއެލްއޯގެ މިންގަނޑުތަކަށް ފެތޭ ޓްރައިޕާޓައިޓް ކޮމިޓީއެއް އެކުލަވާލާ ވީއެންމެ އަވަހަކަށް މަޝްވަރާކުރުމަށް ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔަރސް(އެންއެފްއެމްއީ) އިން ގޮވާލައިފިއެވެ.

އެޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މަޝްވަރާތަކުގައި ސަރުކާރުން އިދާރީ އިސް ދައުރެއް އަދާކުރުމަކީ އެ ޖަމިއްޔާއިން ދެކޭގޮތުގައި މުހިންމު ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ޓުއަރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކާއި އަދި ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރުމުގައި ކުރިމަތިވެފައިވާ މައްސަލަތަކާއި މިކަންކަން ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މަސައްކަތްތެރިންނަށް ވަކިން ޚާއްސަކޮށް ޓުއަރިޒަމް އިންޑަސްޓްރީއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ރަނގަޅުކުރުމަށް ސަރުކާރާއި، ކުންފުނިތަކުގެ މެނޭޖްމެންޓުންނާއި، ވަޒީފާ އަދާކުރާ ފަރާތްތައް ތަމްސީލުކުރާ ޓްރޭޑް ޔޫނިއަންތައް ގުޅިގެން އެކަށީގެންވާ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި އައިއެލްއޯގެ ހަމަތަކާއި އެއްގޮތަށް މިތިން ފަރާތުގެ މަންދޫބުން ހިމެނޭ ގޮތުން ޓްރައިޕާޓައިޓް ޑައިލޮގް ފަށައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތައް ފާހަގަކޮށް އަދި ފާހަގަކުރެވޭ ކަންކަމަށް އިސްލާހީ ފިޔަވަޅު އަޅައި ނިންމާނޭ މުއްދަތެއް ކަނޑައެޅުމާއެކު އެކްޝަން ޕްލޭނެއް އެކުލަވާލަންޖެހޭ ކަމަށް އެ ޖަމިއްޔާއިން ދެކޭކަމަށްވެސް ބަޔާނުގައިވެ އެވެ.

މީގެއިތުރުން ޓުއަރިޒަމްގެ ދާއިރާގެ ކަންކަން ޚަރުދަނާކޮށް އިސްލާހުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތާމެދު ޓުއަރިޒަމް މިނިސްޓަރަށާއި ސަރުކާރަށް އިތުބާރު އެބައޮތް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް