Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުއްތުކުދިން

1 ޖެނުއަރީގައި 392،078 ކުދިން އުފަންވި

އެންމެ ގިނައިން ކުދިން އުފަންވީ އިންޑިއާގައި، އެއީ 67،385 ކުދިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖެނުއަރީ 2020 | ހުކުރު 04:12
1 ޖެނުއަރީ 2020 ގައި އުފަންވި ކުދިންތަކެއް ހޮސްޕިޓަލުގައި

1 ޖެނުއަރީ 2020 ގައި އުފަންވި ކުދިންތަކެއް ހޮސްޕިޓަލުގައި

މި އަހަރުގެ ފުރަތަމަ ދުވަހު 392،078 ކުދިން އުފަންވިކަމަށް ޔުނިސެފުން ހާމަކޮށްފިއެވެ.

ޔުނިސެފާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެފައިވަނީ ޖެނުރައީ 1 ވަނަ ދުވަހު 392،078 ކުދިން އުފަންވި އިރު މީގެ ތެރެއިން 17 ޕަސެންޓް ނުވަތަ 67،385 ކުދިންނަކީ އިންޑިއާއަށް އުފަންވި ކުދިންނެވެ.

އިންޑިއާގެ އިތުތުން އިތުރު ގަތް ގައުމުއްގައި އުފަންވި ކުދިންގެ އަދަދު އުޅެނީ ހާހުން މަތީގައެވެ. އެގޮތުން ޗައިނާ އުޅެނީ މި ލިސްޓްގެ ދެވަނައިގައެވެ. ޖެނުއަރީ 1 ވަނަ ދުވަހު ޗައިނާގައި އުފަންވީ 46،299 ކުދިންނެވެ. އަދި ނައިޖީރިއާގައި 26،039 ކުދިން އުފަންވި އިރު، ޕާކިސްތާނުގައި 6787 ކުދިން، އިންޑޮނޭޝިއާގައި 13،020 ކުދިން، އެމެރިކާގައި 10،452 ކުދިން، ކޮންގޯގައި 10،247 އަދި އިތޯޕިއާގައި 8،493 ކުދިން އުފަންވެފައިވެއެވެ.

ޔޫއެންއިން ޖޫން މަހު އާންމުކުރި ދުނިޔޭގެ އާބާދީއާބެހޭ ރިޕޯޓަށް ބަލާއިރު، 2027 ވަނަ އަހަރު އިންޑިއާއިން ޗައިނާ ވައްޓާލުމަށްފަހު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށް ވެގެންދާނެއެވެ.

ޔުނިސެފްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރު 2.5 މިލިއަން ކުދިން ވަނީ އުފަންވުމަށްފަހު ކޮންމެވެސް ސަބަބަކާ ހެދި މަރުވެފައެވެ. އުފަންވި ކުދިން ފުރަތަމަ މަހުގެ ތެރޭގައި މަރުވެފައިވާ ކަމަށް ބެލެވެނީ، ފުރިހަމަވެފައި ނެތުމާއި، ވިހެއުމުގެ ތެރޭގައި ދިމާވި ކަންތައްތަކާއި، އަދި ބައެއް އިންފެކްޝަންތަކުގެ ސަބަބުންނެވެ.

މީގެ އިތުރުން ކޮންމެ އަހަރަކުވެސް އުފަންވާކުދިންގެ ތެރެއިން 2.5 އިންސައްތަ ކުދިންނަކީ ވިހާ އިރުވެސް މަރުވެފައިވާ ކުދިން ކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
02 ސެޕްޓެމްބަރު 2017

ކެންޔާގެ ސްކޫލެއްގައި ރޯވެ ހަތްކުދިން މަރުވެއްޖެ

02 ސެޕްޓެމްބަރު 2017
ކެންޔާގެ ސްކޫލެއްގައި ރޯވެ ހަތްކުދިން މަރުވެއްޖެ
18 އޯގަސްޓު 2017

ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް

18 އޯގަސްޓު 2017
ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް
14 އޯގަސްޓު 2017

އިންޑިއާ ހޮސްޕިޓަލެއްގައި ގިނަ ކުދިންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ ވެރިޔާ ސަސްޕެންޑްކޮށްފި

14 އޯގަސްޓު 2017
އިންޑިއާ ހޮސްޕިޓަލެއްގައި ގިނަ ކުދިންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ ވެރިޔާ ސަސްޕެންޑްކޮށްފި
23 އެޕްރީލު 2017

ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ

23 އެޕްރީލު 2017
ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު