Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ވޮލީ ލީގު

ސިފައިން ބަލިކޮށް ޕޮލިހުން ތާވަލުގެ ދެވަނައަށް!

2 ޖެނުއަރީ 2020 | ބުރާސްފަތި 14:38

މި މެޗު ޕޮލިހުން ކާމިޔާބުކުރީ 3 ސެޓު އެއް ސެޓުން

އަތޫފް އާތިފް
އަތޫފް އާތިފް | 2 ޖެނުއަރީ 2020 | ބުރާސްފަތި 14:38
ސިފައިން އަދި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން

ސިފައިން އަދި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން

ގައުމީ ވޮލީ ބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ބުރުގެ ފަހު މެޗުގަ ދިވެހި ސިފައިންގެ ކްލަބު އަތުން މޮޅުވެ ޕޮލިހުން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

މި ބައްޔަކީ ދިވެހި ސިފައިންގެ ކްލަބުން ބަލިވި ފުރަތަމަ ބައްޔެވެ.

ފުރަތަމަ ބުރުގަ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ސްޕޯޓްސް ކްލަބް ހޯކްސް ވަނީ މުބާރާތުން ކަޓާފައެވެ. ލީގުގެ ދެވަނަ ބުރު ފަށާނީ ހުކުރު ދުވަހުއެވެ.

ޕޮލިހުން ސިފައިންގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރާ ތިން ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-22، 20-25، 18-25 އަދި 25-21 އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ގިނަ ސަޕޯޓަރުން ކުރިމަތީގަ ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ގިނަ ވަގުތު ލީޑު ކުރަމުން ގެންދިޔައީ ޕޮލިހުންނެވެ. އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އަލީ ހުޒާމް (ހުޒަންޓެ) ގެ ފަރާތުން މޮޅު ކުޅުމެއް މި ސެޓުގައި ފެނިގެންދިޔައިރު، ޕޮލިހުން ލީޑު ނެގިޔަ ނުދީ ސިފައިން ގެންދިޔައީ އެއްވަރެއްގައި ހިފަހައްޓަމުންނެވެ. މީގެ ފައިދާ ނަގާ ސިފައިން ވަނީ ސެޓުގެ ފަހު ވަގުތު އެޓީމުގެ ބިދޭސީ ކުޅުންތެރިޔާގެ މުބާޝަރު ރާޖާގެ މޮޅު ކުޅުމާއެކު ސެޓު ކާމިޔާބުކޮށްފައެވެ.

ޖެހިގެން އައި ތިން ސެޓު ޕޮލިހުން ވަނީ އިތުބާރު ކަމާއެކު ކުޅެ ކާމިޔާބުކޮށްފައެވެ.

ލީގުގެ ފުރަތަމަ ބުރު އެއްވަނައިގައި ނިންމާލީ ސިފައިންނެވެ. ލީގުގަ މިހާތަނަށް ސިފައިން ބަލިވީ ހަމައެކަނި ޕޮލިހުން އަތުންނެވެ. އެއްވަނައިގަ އޮތް ސިފައިންނާއި ދެވަނައިގަ އޮތް ޕޮލިހާއި އަދި ތިންވަނައިގަ އޮތް ގުޑީސްއަށް ނުވަ ޕޮއިންޓު ލިބިފައިވާއިރު ހަތަރު ވަނައިގައި ސްޕޯޓްސް ކްލަބު ސިޓީ އޮތީ ތިން ޕޮއިންޓާއެކުގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް