Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީޕްލޭން ޓާމިނަލް

ސީޕްލޭން ޓާމިނަލް ހިންގުމުގެ ގާބިލުކަން އެމްއޭސިއެލް ގައި އެބަހުރި: ފައްޔާޒު

30 ޑިސެމްބަރު 2019 | ހޯމަ 08:10

އެކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވީ

އަލީ ސަމާޚް
އަލީ ސަމާޚް | 30 ޑިސެމްބަރު 2019 | ހޯމަ 08:10
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ސީޕްލޭން ޓާމިނަލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ސީޕްލޭން ޓާމިނަލް

ސީޕްލޭން ހިންގުމުގެ ގާބިލުކަން މޯލްޑިވްސް އެއާޕޯޓްްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި އެބަހުރި ކަމަށް އިކޮނޮމިކް މިިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ތަރައްގީކޮށް ހިންގުން ޖީއެމްއާރް އަތުން ނެގުނީ އެމްއޭސީއެލް އަށް އެކަން ކުރުމުގެ ގާބިލުކަން ހުރީމަ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ، ''ކުޑަ ކުޑަ'' ސީޕްލޭން ޓާމިނަލް ހިންގުމުގެ ހިންގުމުގެ ފުރިހަމަ ގާބިލުކަން އެމްއޭސީއެލް ގައި އެބަހުރި ކަމަށާއި، އެކަން އެގޮތަށް ކުރާނެ ކަމާއިމެދު ޝައްކެއް ނެތް ކަމަށެވެ.

ޓްވީޓް ނިންމަވާލައްވަމުން ފައްޔާޒު ވިދާޅުވީ، އެއްބަސްވުންތަކަށް އިހްތިރާމްކޮށް އެކަން ކުރިޔަށްދާނެ ކަމަށެވެ.

ސިޕްލޭން ޓާމިނަލް ހިންގުމުގެ ގާބިލްކަން އެމްއޭސީއެލްގައި އެބަހުރި ކަމަށް ފައްޔާޒު ވިދާޅުވެފައިވާއިރު، އާ ސީ ޕްލޭން ޓާމިނަލް، ނުއަގުގައި ވަކި ބަޔަކަށް ކުއްޔަށް ދޭން އުޅޭ ކަމުގެ ތުހުމަތުކޮށް އޮޑިޓެއް ހަދަން އޮޑިޓް އޮފީހަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް މީގެ ކުރިން ވަނީ ފާސްކޮށްފައެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެފައިވަނީ، އެމްއޭސީއެލް އިން އަލަށް ހަދާ ސީ ޕްލޭން ޓާމިނަލް ކުޑަ އަގެއްގައި ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށެވެ.

އެކަން އެހެން ވެއްޖެނަމަ އެކަމުގެ ސަބަބުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ މިންވަރު ކުޑަވެގެން ދާނެއެވެ. ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް ދިނުމަށް އެމްއޭސީއެލު މަޝްވަރާ ކޮށްފައިވާ ކަމަށްވެއެވެ.

އެއާޕޯޓުގެ އިރުމަތީ ފަރާތުގައި އޮންނަ ފަޅު ހިއްކައިގެން ހަދާ އާ ޓާމިނަލް ހެދުމުގެ ގޮތުން 18،000 އަކަމީޓަރުގެ ސަރަހައްދެއް، ވަނީ ހިއްކާފައެވެ.

އާ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްގެންނެވެ. އެއީ 40 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2018

ހައި ކޯޓުގެ ދެކުނު ގޮތްފާއި އުތުރު ގޮފީގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނެސްފި

06 ފެބުރުއަރީ 2018
ހައި ކޯޓުގެ ދެކުނު ގޮތްފާއި އުތުރު ގޮފީގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނެސްފި
21 ޖެނުއަރީ 2018

ފޯނަށް ބަލަމުން ގޮސް ވިލިމާލޭ ފެރީ ޓާމިނަލްގެ ދޮރުފަތުގައި ޖެހުމުން ދޮރުފަތް ވެއްޓިއްޖެ

21 ޖެނުއަރީ 2018
ފޯނަށް ބަލަމުން ގޮސް ވިލިމާލޭ ފެރީ ޓާމިނަލްގެ ދޮރުފަތުގައި ޖެހުމުން ދޮރުފަތް ވެއްޓިއްޖެ
02 ޖެނުއަރީ 2018

މޯލްޑިވިއަންގެ 13 ވަނަ ސީޕްލޭން ގެނެސްފި

02 ޖެނުއަރީ 2018
މޯލްޑިވިއަންގެ 13 ވަނަ ސީޕްލޭން ގެނެސްފި
27 ޑިސެމްބަރު 2017

ހުޅުމާލޭ ފެރީޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށައިފި

27 ޑިސެމްބަރު 2017
ހުޅުމާލޭ ފެރީޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށައިފި
23 ނޮވެމްބަރު 2017

ސީޕްލޭން ވެއްޓުމުން ކްރޫއިން އަމަލު ކުރީ އޮންނަ އުސޫލުގެ ތެރެއިން: އައިލެންޑް އޭވިއޭޝަން

23 ނޮވެމްބަރު 2017
ސީޕްލޭން ވެއްޓުމުން ކްރޫއިން އަމަލު ކުރީ އޮންނަ އުސޫލުގެ ތެރެއިން: އައިލެންޑް އޭވިއޭޝަން
20 ނޮވެމްބަރު 2017

ވެލާނާ އެއާޕޯޓްގެ ވޯޓާ ފްރަންޓް ރެސްޓޯރަންޓް ޗައިނާގެ ޗިންދައު ކުރޫޒް ޓާމިނަލް ވައްތަރުވުމަކީ އިއްތިފާގެއް ބާ؟

20 ނޮވެމްބަރު 2017
 ވެލާނާ އެއާޕޯޓްގެ ވޯޓާ ފްރަންޓް ރެސްޓޯރަންޓް ޗައިނާގެ ޗިންދައު ކުރޫޒް ޓާމިނަލް ވައްތަރުވުމަކީ އިއްތިފާގެއް ބާ؟
24 އޮކްޓޯބަރު 2017

ހުޅުމާލޭ ޓާމިނަލް ސަރަހައްދުގައި ގާއިމް ކުރާ ޕާކިންގ އޭރިއާގައި 1،000 ސައިކަލް ޕާކު ކުރެވޭނެ: އެޗްޑީސީ

24 އޮކްޓޯބަރު 2017
ހުޅުމާލޭ ޓާމިނަލް ސަރަހައްދުގައި ގާއިމް ކުރާ ޕާކިންގ އޭރިއާގައި 1،000 ސައިކަލް ޕާކު ކުރެވޭނެ: އެޗްޑީސީ
18 އޮކްޓޯބަރު 2017

ކުންފުނިތަކުން ވަގަށް ނެގި ފައިސާ އިން އެއަރޕޯޓް ޓާމިނަލް މަސައްކަތް ކުރެވޭނެ، ލޯން ނަގާކަށް ނުޖެހޭނެ: ޑރ ޖަމީލް

18 އޮކްޓޯބަރު 2017
ކުންފުނިތަކުން ވަގަށް ނެގި ފައިސާ އިން އެއަރޕޯޓް ޓާމިނަލް މަސައްކަތް ކުރެވޭނެ، ލޯން ނަގާކަށް ނުޖެހޭނެ: ޑރ ޖަމީލް
29 ސެޕްޓެމްބަރު 2017

ހާޝިމް ސަސްޕެންޑް ކުރީ ފްލެޓާ ގުޅިގެން ހައުސިން މިނިސްޓްރީން ހިންގި ޖަރީމާ ދިއްދޫގައި ހިންގުމުގެ ފުރުސަތު ނުދިނުމުން: އެމްޑީޕީ

29 ސެޕްޓެމްބަރު 2017
ހާޝިމް ސަސްޕެންޑް ކުރީ ފްލެޓާ ގުޅިގެން ހައުސިން މިނިސްޓްރީން ހިންގި ޖަރީމާ ދިއްދޫގައި ހިންގުމުގެ ފުރުސަތު ނުދިނުމުން: އެމްޑީޕީ
12 ޖޫން 2017

އެއާޕޯޓްގެ އާ ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ނިމިއްޖެ

12 ޖޫން 2017
އެއާޕޯޓްގެ އާ ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް