Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
2019 ވަނަ އަހަރު

2019 ވަނަ އަހަރު: ވިޔަފާރިތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި

ވިޔަފާރީއެއް ފަށަން ބޭނުންވާ މާލީ އެހީތެރިކަން ގިނަ ފަރާތްތަކަށް ނުލިބޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2019 | ހޯމަ 19:35
ފަންނު އެކްސްޕޯގެ ތެރެއިން

ފަންނު އެކްސްޕޯގެ ތެރެއިން

ވިޔަފާރީތަކުން ފާހަގަކުރި ގޮތުގައި ވިޔަފާރިއެއް ފަށަން ބޭނުންވާ މާލީ އެހީތެރިކަން ގިނަ ފަރާތްތަކަށް ނުލިބެއެވެ. އެކަމުގެ ސަބަބުން ވިޔަފާރީ ކުރިއެރުވުމަށާއި ވިޔަފާރީ ދަމަހައްޓަން ގިނަ ޖޮންހެންތަކާއި ކުރިމަތިލާން ޖެހުނެވެ. ސަރުކާރުން ސިޔާސަތުތަކެއް ކަނޑައެޅިޔަސް ވިޔަފާރިތަކަށް އަދިވެސް ފުޅާދާއިރާއެއްގެ މާލީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދޭން ޖެހެއެވެ. އެގޮތުން ރާއްޖޭގައި ވެންޗަރ ކެޕިޓަލިޒަމް ތައާރަފުކުރުން މުހިންމުކަމަށް ވިޔަފާރިވެރިން ދެކެއެވެ. އޭގެ ސަބަބުން ވިޔަފާރިތަކަށް އިތުރަށް ފުރުޞަތުތައް ފަހިވެ، އެ ވިޔަފާރިތައް ފަށަން ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިވެގެންދާނެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކަށް ވިޔަސް ބޮޑެތި ވިޔަފާރިތަކުން ދައްކާ ރޭޓުން ކަރަންޓާއި ފެން ބިލު ދައްކަން ޖެހުމުން މި ދާއިރާގައި ދެމިހުރުމަށް އުނދަގޫވާކަން ކުދި އަދި މެދު ފަންތީގެ ވިޔަފާރި މިއަހަރުތެރޭގައި ފެށި ބައެއް ފަރާތްތަކުން ފ ފާހަގަކުރެއެވެ. ވިޔަފާރިއެއް ފަށައިގަނެގެން ކުރިއަށްދާއިރު މާބޮޑު ފައިދާތަކެއް ނުވާކަން ފާހަގަކޮށް ވިޔަފާރިވެރިން ބުނީ މިކަމުގެ ސަބަބުން އަތަށް ލިބޭ އެއްޗަކަށްވުރެން ކުރަން ޖެހޭ ޚަރަދުތައް ބޮޑު ކަމަށެވެ. އަދި އަލަށް ވިޔަފާރީތައް ފަށަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅިޔަސް އިންވެސްޓް ކުރާނެ މީހުން ނުހަނު މަދުކަމަށެވެ. މިކަމުގެ ސަބަބުން ވިޔަފާރީތައް ފަށައިގަންނަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރިއަށް ނުގެންދެވި މަޑު ޖައްސާލަން ޖެހޭ ފަހަރުތައް ގިނައެވެ. ރާއްޖޭގައި އަދިވެސް ސްޓާޓްއަޕް ޕްރޮގުރާމުތައް މަދު ކަމަށާއި ވިޔަފާރީތައް ފަށައިގަންނައިރު ކުރަން ޖެހޭ ޤާނޫނީ ކަންތައްތައް ކުރުމަށް މީހުން ހޭލުންތެރިކުރުވާ މިންވަރު ކުޑައެވެ.

މިއަހަރަކީ ވިޔަފާރިތަކަށް މާލީ ގޮތުން މާ ރަނގަޅު އަހަރަކަށް ނުވިކަމުގައިވީ ނަމަވެސް ވިޔަފާރިތައް ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުން އިތުރު މަސައްކަތްތައް ކުރަންޖެހެއެވެ. ގިނަ ވިޔަފާރިތައް ބިނާވެފައިވަނީ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކަމުން މިއަހަރު އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ވަނީ މަޑު ޖެހިފައެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާ ނުހިނގާ އޮތުން:

ރާއްޖޭގެ ހުރިހާ ސިނާޢަތްތަކެއް އެކުލެވޭ ގޮތަށް ވިޔަފާރިވެރިންގެ ޖަމްޢިއްޔާއެއް އޮތް ނަމަވެސް މި ޖަމްޢިއްޔާ މިހާރު ނުހިނގާތާ އެތައް ދުވަހެއް ވެއްޖެއެވެ. މިކަމުގެ ސަބަބުން އަޞްލު ހަޤީޤަތުގައި ވިޔަފާރީތަކުގެ ކަންބޮޑުވުންތަކާއި އިއްވަން ބޭނުންވާ އަޑުތައް ސަރުކާރާއި ހިސާބަކަށް ނުފޯރައެވެ. އެ ވިޔަފާރިތަކުން އަމިއްލައަށް ގޮސް ސަރުކާރާ އެވާހަކަތައް ހިއްސާކުރިނަމަވެސް އެކަމުގެ އެންމެ އެދެވޭ ނަތީޖާ ނިކުންނަ މަންޒަރެއް ވެސް ނުފެނެއެވެ. ވިޔަފާރީވެރިންގެ ޖަމިއްޔާގެ ހަޤީޤީ މަޤްޞަދަކީ ކޮންމެ ސިނާޢަތަކުން މީހަކު އައިސް އެ ވިޔަފާރީތައް ކުރިއެރުވޭނެ ގޮތާއި އެ ވިޔަފާރީތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ ރަސްމީ ފެންވަރެއްގައި އެކަމަށް ޙައްލެއް ހޯދުމެވެ. މިކަމަށް ކަމާއި ބެހޭ މުއައްސަސާތަކުން ޙައްލެއް ހޯދާ، މި ޖަމްޢިއްޔާ އަލުން ހިނގާނެ ގޮތެއް ހޯދަންޖެހެއެވެ.

ވިޔަފާރިތައް ހޭލުންތެރިކުރުވުމަށް ކަމާބެހޭ މުއައްސަސާތަކުން އިތުރު ދައުރެއް އަދާކުރަންޖެހޭ:

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަދި އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތައް ހޭލުންތެރިކުރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަދި ވެސް ކުރަންޖެހެއެވެ. ވިޔަފާރީތައް ފަށައިގަންނައިރު އެ ބޭނުންވާ މަޢުލޫމާތުތައް އަދިވެސް އެންމެ އެދެވޭ ގޮތެއްގައި މުޖުތަމަޢަށް ފޯރުކޮށްނުދެއެވެ. މިކަމަށްޓަކައި ޢާންމުންނަށް އަދި ވިޔަފާރިތައް ޢަމާޒުކޮށްގެން ހޭލުންތެރިކަން އިތުރު ކުރުވުމުގެ ގިނަ ޕްރޮގުރާމުތަކެއް ހިންގަންޖެހެއެވެ. އަދި ވިޔަފާރިއެއް ފަށައިގަތުމަށް ބޭނުންވާނެ މަޢުލޫމާތުތަކާއި އެ ވިޔަފާރީއެއް ދަމަހައްޓާނެ ގޮތުގެ މައްޗަށް އެކި ސިލްސިލާ ޕްރޮގުރާމުތައް ސަރުކާރުން އެމީހުންނަށް ޢަމާޒުކޮށްގެން ހިންގަންވާނެއެވެ. މީރާ އިން ވެސް އެ އޮތޯރިޓީގެ ޤަވާއިދުތަކާއި އުޞޫލުތައް ވިޔަފާރިތައް ހޭލުންތެރިކޮށް، މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގިނަ ޝެޝަންތައް ހިންގަންޖެހެއެވެ.

ވިޔަފާރިތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ވިޔަފާރީތައް ދެމެހެއްޓިފައިވޭ:

ވިޔަފާރީތަކަށް ފާއިތުވި އަހަރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ވިޔަފާރީތަކަށް އައު ފުރުޞަތުތަކެއް ހުޅުވި ވިޔަފާރީތައް ދެމެހެއްޓިފައިވެއެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި އެސްއެމްއީ ބޭންކެއް ހަދާ، އެ ބޭންކު މެދުވެރިކޮށް ވިޔަފާރިތަކަށް ލޯނު ލިބޭނެ ފުރުޞަތުތައް ފަހިކޮށްދީފައިވެއެވެ. އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމޒާޒުކޮށް 120 މިލިއަން ރުފިޔާގެ ލޯނު، ދޫކޮށްރުވިފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ. ވިޔަފާރިތައް ކުރިއެރުވުމަށްޓަކާ މިހާތަނަށް ނުކުރެވި އޮތް ކަމަކީ ސަރުކާރުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުދެވުން ކަމަށް އެމިނިސްޓްރީން ވެސް ޤަބޫލުކުރެއެވެ. ވިޔަފާރިތައް ހިންގުމަށް ދިމާވާ ގޮން ޖެހުންތައް ވަރަށް ރަނގަޅަށް އެނގިލައްވާ ކަމަށާއި މިހާރުގެ ސަރުކާރުން ބޭނުންވަނީ ދިވެހި ވިޔަފާރިތައް ފެށުމަށް ރަނގަޅު މާޙައުލެއް ޤާއިމު ކޮށްދިނުމަށް ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ފާއިތުވި އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ޖުމުލަ 1169 ވިޔަފާރީތައް ރަޖިސްޓްރީކޮށްފައިވެއެވެ. މި ވިޔަފާރީތަކަށް ބަލާލިޔަސް ވިޔަފާރީތައް ހިންގުމުގައި ޙަރަކާތްތެރިވާ ޒުވާނުން ގިނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދު ބިނާކުރުމުގައި ޒުވާނުން ޙަރަކާތްތެރިވާތަން ފެނުމަކީ އުފާ ކުރަން ޖެހޭ ކަމެކެވެ. ކުރިޔާ ޚިލާފަށް ވިޔަފާރިތައް މިހާރު ފަށާއިރު އެ ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި އެ ފަރާތްތަކުން ސަމާލުކަން ދޭ މިންވަރު އިތުރުވެގެން ހިނގައްޖެއެވެ. ވިޔަފާރިތައް ފަށައިގަންނައިރު އިނޮވޭޓިވް ވިޔަފާރީތައް ރާއްޖޭގަ މިހާރު ގިނަކަން ފާހަގަކޮށްލެވެއެވެ.

ވިޔަފާރީގެ ދާއިރާގައި އަންހެނުން ބައިވެރިވާ ނިޞްބަތް އިތުރު:

ކުރިއާ އަޅާބަލާއިރު މިހާރު ވިޔަފާރީގެ ދާއިރާގައި އަންހެނުން ޙަރަކާތްތެރިވާ ނިޞްބަތް ކުޑަކޮށް އިތުރުވެގެން ދިޔައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޮންލައިން ވިޔަފާރިތަކުން ފެށިގެން ގޮސް ގެސްޓު ހައުސް ވިޔަފާރިތަކަށް ބަލާލިކަމުގައިވީ ނަމަވެސް މިކަން ސާފުވެގެންދާނެއެވެ. ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވުމަށް ނިކުންނަން ބޭނުންވާ އަންހެނުންނާއި އެކަމުގައި ކުރިއަށްދާން ބޭނުންވާ އަންހެނުން ގިނައެވެ. އެންމެން ފަހުން ބޭއްވިގެންދިޔަ ފަންނު އެކްސްޕޯއަށް ބަލާލިޔަސް މިކަން ސާފުވެގެންދާނެއެވެ. ފިރިހެނުންނެކޭ އެއްވަރަށް އެ އެކްސްޕޯގެ ތެރެއިން ވެސް ވިޔަފާރީގެ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ކުޅަދާނަ އަންހެނުން ފެނިގެންދިޔައެވެ. ފެހުމާއި، އަމިއްލަ ޑިޒައިންތަކުގެ ހެދުންތައް އުފެއްދުމާއި އަމިއްލައަށް ސިމެންތި ބޭނުންކޮށްގެން ތަށި ފަދަ ތަކެތި ތައްޔާރުކުރާ އަންހެނުން ވެސް އެކްސްޕޯ އިން ފެނިގެންދިޔައެވެ. ވިޔަފާރީގެ ދާއިރާއަށް ނިކުންނަ އަންހެނުން ކޮންމެވެސް މިންވަރަކަށް މިހާރު އިތުރުވެފައިވާއިރު އަދިވެސް ވިޔަފާރިވެރިންގެ މަޤާމުގައި އަންހެނުން އިސްކޮށް ހަރަކާތްތެރިވާ މަންޒަރު ދެކެން ބޭނުންވެއެވެ. ރާއްޖޭގައި އިޤްތިސާދު ބިނާކުރުމުގައި އަންހެނުންގެ ދައުރު މިއަށްވުރެން އިތުރަށް ފުޅާކޮށް އެ ދާއިރާ އިން އަންހެނުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވާލަންޖެހެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު