Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
2019 ވަނަ އަހަރު

2019 ވަނަ އަހަރު: ސިޔާސީ ޕާޓީތައް އުފެއްދުމުގެ އީދެއް

މިއަހަރު އައު 6 ޕާޓީއެއް އުފެއްދުމަށް ހުއްދަދީފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2019 | ހޯމަ 19:32
ސިޔާސީ ލީޑަރުންތަކެއް

ސިޔާސީ ލީޑަރުންތަކެއް

އަލްވަދާއު ކިޔަމުން މިދާ 2019 ވަނަ އަހަރަކީ ރާއްޖޭގެ ޑިމިކްޜާތީ ހަޔާތުގައި ވަރަށް ކާމިޔާބު އަހަރެކޭ ބުންޏަސް ދޮގަކަށް ނުވާނެވެ. ވެރިކަން ފެށިގެން އަންނަނީވެސް އަދި ވެރިކަން ނިމިގެން އަންނަނީވެސް ރައްޔިތުންނާއި ހިސާބުންކަން ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ވަރަށް ސަރީހަ އިބާރާތުން ބަޔާންވެފައިވާއިރު، އަލްވަދާއު ކިޔަމުން މިއަންނަ އަހަރުގައި އެކަންތައް ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.

ސިޔާސީ މަޝަރަހުގައި ގައުމު ހަލަބޮލި ކޮށްލި ކިތަންމެ ކަމެއް ހިނގައިގެން ދިޔައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރުމާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރައީސް ޔާމީންއާއި ދެކޮޅަށް ހެކި ބަސްދިނުމުގެ އިތުރުން ރާއްޖޭގައި ދިގުމުއްދަތަކަށް ވެރިކަން ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައި ޕާޓީއެއް އުފެއްދެވި ހަބަރު ވެސް ފާހަގަކޮށްލެވެއެވެ.

"ނެޝަނަލް ރީފޯމް ޕާޓީ" ގެ ނަމުގައި ޕާޓީއެއް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ހުއްދަ ދީފައެވެ. ނެޝަނަލް ރިފޯމް ޕާޓީ އުފެއްދުމަށް އީސީން ހުއްދަ ދީފައިވާއިރު އެ ޕާޓީގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުޙައްމަދު ދީދީއެވެ. ކުރިން އަދާލަތު ޕާޓީގައި ހުންނެވުމަށް ފަހު ފަހުން ޕީޕީއެމް އަށް ބަދަލުވެވަޑައިގެން ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި ވެސް ދީދީ އުޅުއްވިއެވެ. މީގެއިތުރުން ޖެނުއަރީ 6 ވަނަ ދު އީސީން ކޮށްފައިވާ އެހެން ޓްވީޓެއްގައި ވަނީ "ކަރިޝްމާ ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުން އެ ފަރާތުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

މީގެއިތުރުން، ފެބްރުއަރީ މަހުގައި ވަނީ "ދަރުމަވަންތަ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ އިިލެކްޝަން ކޮމިޝަނުން ދީފިއެވެ. ދަރުމަވަންތަ ޕާޓީ" އުފެއްދުމުގެ ހުއްދަ ދީފައި އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިން އެމްޑީޕީގައި އިސްކޮށް އުޅުނު އަހްމަދު ޝަފީގު މޫސާ (ޑީއޯ ސައްޕޭ) އަށެވެ. އިނގިރޭސިވިލާތުގެ ލަންޑަނުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ސައްޕޭ އީސީ އަށް ހުށައަޅާފައި ވަނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) 3000 ފޯމު ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. ޑިސެމްބަރު 19 ވަނަ ދުވަހު އާންމު ޖަލްސާ ބާއްވަން ހުއްދަ ދިން އިރު އެ ޖަލްސާ ބޭއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.

މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ވަނީ ސަންރައިޒް ރައިޒްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފިއެވ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ މ. މަލިކުވިޔު، ސައީދާ ރަޝާދަށެވެ. އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދިނުމާ އެކު، 3،000 މެމްބަރުން ހަމަކުރަން ޖެހެއެވެ. މިކަން ކުރުމަށް ތިން މަސް ދުވަސް ލިބެއެވެ

20 ނޮވެމްބަރުގައި ވަނީ ދިވެހި އެންމެންގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ. އީސީން ''ދިވެހިންގެ އުއްމީދީ ޕާޓީ'' އުފެއްދުމުގެ ހުއްދަ ދޫކޮށްފައިވަނީ މ.ރީފްސައިޑް، މުހައްމަދު ސައީދަށެވެ.އީސީން ދިވެހިންގެ އުއްމީދީ ޕާޓީއެއް އުފެއްދުމަށް ހުއްދަދީފައިވާއިރު، މިދިޔަ ނޮވެމްބަރު މަހު ދިވެހި އެންމެންގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހުއްދަދީފައިވެއެވެ.

އެންމެ ފަހުން އުފެއްދި ޕާޓީއަށް ބަލާއިރު ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީ ފާހަގަކޮށްލެެވެއެވެ. އެގޮތުން، އެންމެ ފަހުން އުފެއްދެވި ސިޔާސީ ޕާޓީ، މޯލްޑިވިސް ރިފޯމް މޫވްމަންޓް ނުވަތަ އެމްއާރްއެމް އަކީ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ތިން ވަނަ ޕާޓީއެވެ. މައުމޫނު އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރުއާރުޕީއެވެ. އެމަނިކުފާނުގެ ވެރިކަމުގައި އުފެއްދެވި ސިޔާސީ ޕާޓީގައި ހުންނެވުމަށްފަހު ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގެންފައިކަން އިއުލާން ކުރެއްވި އެވެ.

ނަމަވެސް އަލުން ސިޔާސީ މަސައްކަތްޕުޅަށް ނިކުމެވަޑައިގެން މަސައްކަތްޕުޅު ފެއްޓެވުމާއި ޑީއާރުޕީގައި ޖެހުނު ހަމަނުޖެހުންތަކަށްފަހު އެ ޕާޓީ ދޫކުރައްވާ ޕީޕީއެމްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. ޕީޕީއެމްގެ ރައީސްއަކަށް ހުންނަވަނިކޮށް، އެ މަނިކުފާނު އެ މަގާމުން ވަކިކޮށް، ސިވިލް ކޯޓަށް ހުށަހަޅައިގެން ޕާޓީ ހިންގެވުމުގެ ބާރު ކުރީގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ނެންގެވި އެވެ.

3313 ފޯމާއެކު އިލެކްޝަންސް ކޮމިޝަނަށް އެމްއާރްއެމްއިން ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް އެމްއާރްއެމްއިން ހުށަހަޅާފައިވަނީ 22 އޯގަސްޓްގައެވެ. މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

އީސީގެ ގަވާއިދު ބުނާގޮތުންނަމަ އާ ސިޔާސީ ޕާޓީއެއް އުފައްދަން 3،000 މެމްބަރުން ހަމަކުރަންޖެހެއެވެ. މިކަން ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބެއެވެ. އަދި ޕާޓީ އުފައްދަން ބާއްވާ ޖަލްސާ ބޭއްވޭނީ އެންމެ މަދުވެގެން 300 މެމްބަރުން ހަމަވެގެންނެވެ.

އީސީގެ ދަފްތަރުގައިވާ ގޮތުން 53،441 މެމްބަރުންނާއި އެކު އެންމެ ގިނަ މެމްބަރުން ތިބީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގައެވެ. ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ އިދިކޮޅު ޕީޕީއެމްގައެވެ. އެއީ 36،706 މެމްބަރުންންނެވެ. ތިންވަނައަށް އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އެވެ.

އެމްޑީޕީން ވެރިކަން ކާމިޔާބު ކުރުމަށްޓަކައި ކުރި މަސައްކަތުގައި، ކުރީގެ ރައީސް މައުމޫންއާއި އަދާލަތް ޕާޓީއާއި ޖުމްހޫރީ ޕާޓީން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އުފެދުނު ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން ޖުމްހޫރީ ޕާޓީންވެސް ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ ހުރިހާ ފަރާތްތަކަކުން ދެއްކި އެއްވާހަކައަކީ ޕާޓީތަކުން އިސްކުރާނީ، ރައްޔިތުންގެ މަސްލަހަތު ކަމަށާއި ޔާމީންގެ ސަރުކާރުގެ ހުރިހާ ބޭއިންސާފެއް ނިމުމަކަށް ގެންނާނެކަމުގެ ވާހަކައެވެ.

މިއަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހު ރައީސް ސޯލިހު ވިދާޅުވީ 7 ވަނަ ދުވަހު ކޯލިޝަންގެ އިސްވެރިންނާއި އެކު ބައްދަލުކުރެއްވުމަށް ނިންމެވި ކަމަށާއި ނަމަވެސް އޭގެން އެއް ލީޑަރަކު ރާއްޖޭގައި ނޫޅުއްވާތީ ބައްދަލު ކުރެއްވުން ލަސްކުރެއްވީ ކަމަށެވެ. އެހެންކަމުން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ލީޑަރުންނާއި ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަންވެސް ވާގޮތް ވަނީ ނުވެފައެވެ. އަލްވަދާއު ކިޔަމުން މިދާ އަހަރުގެ އެއްވެސް ދުވަހެއްގައި ކޯލިޝަންގެ ބައްދަލުވުމެއް ބާއްވާފައި ނުވާއިރު، ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް އެންމެފަހުން ބާއްވައިފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
މިކަން ސިޔާސީ ނުކުރާށެވެ!

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު