Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިހާބު

ވޯޓު ޗާޕްކުރާ ގޮތަށް ގެންނަ ބަދަލާއެކު ވޯޓު ކަރުދާހުގެ ޢަދަދު މަދުވާނެ: އީސީ ޝަރީފް

26 ޑިސެމްބަރު 2019 | ބުރާސްފަތި 18:28

ގާނޫނުގައި އޮތްގޮތަށް ވޯޓު ކަރުދާސް ޗާޕްކުރާނަމަ 1.1 މިލިއަން ވޯޓްކަރުދާސް ޗާޕްކުރަން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޑިސެމްބަރު 2019 | ބުރާސްފަތި 18:28
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގަ ވޯޓުލުމަށް ބޭނުންކުރާ ކަރުދާސް ޗާޕުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގެންނަމުންދާ ބަދަލުތަކާއެކު ވޯޓު ޗާޕުކުރާ ޢަދަދަށް، އަދި އެކަމަށް ބޭނުންވާ ބަޖެޓަށް ވެސް ލުއިތަކެއް ލިބިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގުރާމުގަ ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލާއެކު ކައުންސިލަރުން އިންތިޚާބު ކުރާ ގޮތަށް ބަދަލު ގެނެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރަން ހިމެނުމުން 1.190 މިލިއަން ކަރުދާސް ޗާޕު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބައެއް މަސައްކަތްތައްކޮށް ފަސޭހަކަމާއެކު އަދި ޚަރަދު ކުޑަ ގޮތަކަށް އެކަން ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ޝަރީފު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ވޯޓު ކަރުދާސް އިތުރުވެއްޖެއްޔާ އޮޅުން ބޮޅުން އަރާފާނެ ކަމަށާއި، އީސީން މަޝްވަރާކޮށް ވަކި ގޮތަކަށް ނިންމުމުގެ މަރުޙަލާ ހަމައަށް އެކަން ގޮސްފައިވާ ކަމަށެވެ. ޝަރީފު ވިދާޅުވީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގަ ޗާޕު ކުރީ ގާތްގަޑަކަށް 400،000 ވޯޓު ކަރުދާސް ކަމަށާއި، 400،000 ވޯޓް ކަރުދާސް ޗާޕު ކުރެވުނު އިރުގައި މި ފަހަރު ޤާނޫނަށް ގެނެވުނު ބަދަލާއި ގުޅިގެން ކޮންމެ ވޯޓަކަށް ވަކި ކަރުދާސްކޮޅެއް ޗާޕުކޮށްފި ނަމަ 1.190 މިލިއަން ކަރުދާސްކޮޅު ޗާޕު ކުރަން ޖެހޭ ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނައުމުގެ ކުރިން ބަޖެޓު ކުރެވިދައި އޮތީ ވޯޓު ކަރުދާސް ޗާޕްކުރުމަށް 4 ވަރަކަށް މިލިއަން ރުފިޔާއެވެ. ޝަރީފު ވިދާޅުވީ ބަޖެޓުކޮށްފައި އިންނާނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓު ކަރުދާސް ނުލާ ކަމަށެވެ. އަދި އެއިރު ޤާނޫނަށް ގެނެވުނު އިޞްލާޙުތައް ފާސްނުވާތީ އެކަން ނޭނގޭ ކަމަށާއި، އެހެންނަމަވެސް މިހާރު އޮތް ޕްލޭނާ އެއްގޮތަށް ވޯޓު ކަރުދާސް ޗާޕްކުރާނަމަ ބޭނުންވާނީ އިތުރަށް 1.5 މިލިއަން ރުފިޔާ ކަމަށެވެ.

ޝަރީފު ވިދާޅުވީ ވޯޓު ކަރުދާހުގެ ޢަދަދު މަދުވުމުން ގުނުމުގެ މަރުޙަލާގައި ލުއިފަސޭހަވެގެންދާނެ ކަމަށެވެ. އަދި ގުނުމުގައާއި ނަތީޖާ އަވަހަށް އިޢުލާން ކުރުމަށްވެސް މަގުފަހިވެގެންދާނެކަމަށެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް