Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

އިންޑިއާ މުޒާހާރާގަ ތާށިވި 4 ފުލުހެއްގެ ހިމާޔަތުގަ ނުކުތީ ހަތް މުސްލިމުން!

ހަތަރު ފުލުހުންގެ ހިމާޔަތަށް ނުކުތް 7 ޒުވާނުންނަށް ވަނީ "ހީރޯ" ގެ ލަގަބު ދީފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޑިސެމްބަރު 2019 | ބުރާސްފަތި 14:16
ޕޮލިހުން ހިމާޔަތްކުރި ޒުވާނަކު ޕޮލިހަކު ގޮވައިގެން އަމާން ހިސާބަކަށް ގެންދަނީ

ޕޮލިހުން ހިމާޔަތްކުރި ޒުވާނަކު ޕޮލިހަކު ގޮވައިގެން އަމާން ހިސާބަކަށް ގެންދަނީ

އިންޑިއާގައި ދާދި ފަހުން ފާސްކުރި ރަށްވެހިކަމުގެ ބިލާއެކު އެޤައުމުގެ އެކި ޞަރަޙައްދުތަކުގައި ކުރަމުންދާ މުޒާހަރާތައް ހޫނެވެފައިވަނިކޮށް ގުޖުރާތު ސްޓޭޓުގެ "ޝާހު އޭ އަލަމް" ޞަރަޙައްދުގަ މުޒާހަރާ ކުރަމުންދިޔަ ޢާންމުންގެ ތެރެއިން މުޒާހަރާ ކޮންޓްރޯލް ކުރުމަށް ނުކުތް ފުލުހުންނަށް ހަތް މުސްލިމަކު ޙިމާޔަތްދީ ސަލާމަތްކޮށްދީފިއެވެ.

ޢާންމުވެފައިވާ ވީޑިއޯއާއި ފޮޓޯތަކުން ފެންނަ ގޮތުގައި ގެއެއްގެ ކައިރީގައި މުޒާހަރާ ކުރަމުންދާ މީހުންގެ މެދުގައި ފުލުހުންތަކެއް ތާށިވެފައި ތިބި އިރު އެމީހުން ތިބީ ގޮސް ހުސްވެފައެވެ. އަދި ޢާންމުން އެމީހުންނާ ދިމާލަށް ގަލާ އެކި ކަހަލަ އެއްޗެހި އުކަމުން ދަނިކޮށް އެމީހުންގެ އައްޑަނައަކަށް ނުކުތީ މުސްލިމު ޒުވާނެކެވެ.

އަދި އޭނާއެކު އިތުރު ހަ މުސްލިމު ޒުވާނުން ނުކުމެ އަތުގެ އިޝާރާތުން ޙަމަލާ ނުދިނުމަށް ގޮވަމުން ގޮސްފައިވެއެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ކިބައިން ސަލާމަތްކޮށްގެން އަމާން ހިސާބަކަށް ގެންދާ މަންޒަރު ފެނެއެވެ. މި ފުލުހުންނަކީ އެއްގަމު އުޅަނދެއްގަ ނުކުތް ފުލުހުންތަކެކެވެ. އަދި ފުލުހުން ދުއްވި އުލނަދު ހުއްޓުވާ މުޒާހަރާގެ ބައިވެރިން ފުލުހުން ވަށާލާ ޙަމަލާދޭން ފެށިއެވެ.

މުސްލިމު ޒުވާނުންތަކެއް ހަތަރު ފުލުހަކު މުޒާހަރާގެ ބައިވެރިންގެ ތެރެއިން ސަލާމަތްކުރި ވީޑިއޯ ވަނީ ވައިރަލް ވެފައެވެ. އަދި 7 ޒުވާނުންނަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފު ކުރަމުންނެވެ.

މި މަހުގެ 4 ވަނަ ދުވަހު އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ބިލާއެކު އިންޑިއާގެ އެކި ހިސާބުތަކުގައި ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. އަދި މި މުޒާހަރާތަކުގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން ބައެއް މީހުން މަރުވެފައިވާއިރު އެތައް ސަތޭކަ ބަޔަކަށް އަނިޔާވެފައިވެއެވެ. އަދި ފުލުހުންގެ ބަންދުގައި ވެސް އެތައް ސަތޭކަ ބަޔަކު އެބަތިއްބެވެ.

މުސްލިމުންނަށް ފުރުޞަތު ހަނިވާގޮތަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ބިލުގެ ސަބަބުން މުސްލިމުން ފިޔަވައި އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިންނަށް ވުމުގައި ދަތިތަކެއް ނެތެވެ. މި ބިލުގައި ވަކި ގޮތެއް ކަނޑައަޅާފައިވަނީ މުސްލިމުންނަށް އެކަންޏެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އިންޑިއާ ސިފައިން އައްޑަނައަކަށް އިންސާނަކު ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

15 އެޕްރީލު 2017
އިންޑިއާ ސިފައިން އައްޑަނައަކަށް އިންސާނަކު ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
10 އެޕްރީލު 2017

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

10 އެޕްރީލު 2017
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު