Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންއައިސީ

މާނިއު އެންއައިސީން ވަކިކުރީ ރަނގަޅަށް: ސިވިލް ކޯޓް

މާނިއު ވަކިކުރައްވާފައިވަނީ ރައީސަށް ލިބިދޭ ބާރުގެ ދަށުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޑިސެމްބަރު 2019 | ބުރާސްފަތި 12:14
ޔޫސުފް މާނިއު މުހައްމަދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މަޤާމުގެ ފަތްކޮޅު އަރުއްވަނީ

ޔޫސުފް މާނިއު މުހައްމަދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މަޤާމުގެ ފަތްކޮޅު އަރުއްވަނީ

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުޙައްމަދު އެ ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމުން ވަކިކޮށްފައިވަނީ ރަނގަޅަށް ކަަމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި އެންއައިސީގެ ރައީސް ކަމަށާއި މެންބަރުކަމަށް މާނިއު ޢައްޔަނު ކުރެއްވުމަށްފަހު، ރައީސަށް ލިބިދޭ ބާރުގެ ދަށުން ރައީސް ޔާމީން ވަނީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުންނާއި މެންބަރުންކަމުގެ މަޤާމުން މާނިއު ވަކި ކުރައްވާފައެވެ.

އެގޮތުން އޭނާ ވަކިކޮށްފައިވަނީ އޭރު އެންއައިސީން ކުރިއަށް ގެންދާ ބައެއް ތަހުޤީޤުތަކަށް ފުލުހުންގެ ބައެއް އިސްވެރިންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ތުހުމަތު ކުރެވިފައިވަނިކޮށެވެ.

އެ މައްސަލަ މާނިއުގެ ފަރާތުން ސިވިލް ކޯޓަށް ހުށައަޅުއްވާފައިވާއިރު، މާނިއު ހުށައެޅުއްވި މައްސަލައިގައި ވަނީ އެންއައިސީގެ ޤާނޫނުގެ ދަށުން ލާޒިމު ކުރާ އެއްވެސް ސިފައެއް އޭނާގެ ކިބައިން އުނިވެފައި ނުވާ ކަަމަށާއި، އޭނާ ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެެދިފައެވެ.

ނަމަވެސް މި މައްސަލައަށް ޖަވާބުދާރީވަމުން ދައުލަތުން ބުނީ، އޭނާ މަޤާމުން ވަކިކޮށްފައިވަނީ އެންއައިސީގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި، އެ ޙާލާތްތަކުގައި ވަކި ކުރި ސަބަބާއި ތަފުޞީލީ މަޢުލޫމާތު ސާބިތުކޮށްދެއްވުމަށް ރައީސްގެ މައްޗަށް ލާޒިމުކޮށްފައި ނުވާ ކަމަށެވެ.

އަދި ކޮމިޝަނުގެ މެންބަރުންނަކީ އެ މަޤާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރެވޭނެ ފަދަ ލަޔާޤަތާއި ޤާބިލިއްޔަތު ހުރި ފަރާތްތަކަކަށް ވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވާއިރު، އެކަން ކަނޑައެޅުމުގެ ޤާނޫނީ ހައިޞިއްޔަތު ލިބިގެންވާ ފަރާތަކީވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ދައުލަތުން ވަނީ ފާހަގަކުރައްވާފައެވެ. އަދި އޭނާ ވަކިކުރެއްވީ އެ ޤާބިލިއްޔަތު ނެތް ކަމަށް ރައީސަށް ފެނިވަޑައިގަންނަވާތީ ކަމަށް ހުށައަޅާފައިވާ ލިއުންތަކުން އެނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ.

މި މައްސަލާގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްކުރައްވައި މައްސަލަ ބެއްލެވި ގާޒީ ޢަލީ ޢަބްދުﷲ ވަނީ މި މައްސަލައިގައި މާނިއު އެންއައިސީން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ނިންމޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ޙުކުމް ކުރައްވާފައެވެ.

އެންއައިސީގެ މެންބަރު ކަމަށް ހުށަހެޅުމުގެ ފުރުޞަތު މި ސަރުކާރުން ހުޅުވާލުމުން މާނިއު ވެސް ކުރިމަތިލެއްވިއެވެ. ކޮމިޓީ މަރުޙަލާއިން 75 ޕަސެންޓަށް ވުރެ މަތިން މާރކްސް ލިބުނު 4 މީހުންގެ ތެރޭގައި ހިމެނިފައިވާއިރު، އޭނާ ކޮމިޝަނަށް އަލުން ޢައްޔަނު ކުރުމާ ދެކޮޅަށް ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނުގެ ޢާއިލާއިން އޭރު ތެދުވެފައިވެއެވެ.

އެގޮތުން އެކަމުގެ ފާޑުކިޔުންތައް ޢަމާޒުވެފައި ވަނިކޮށް މާނިއު ވަނީ އޭނާގެ ނަން އަނބުރާ ގެންގޮސްފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު