Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ހުޅުވާލައިގެން ބާއްވަނީ

26 ޑިސެމްބަރު 2019 | ބުރާސްފަތި 07:50

މިއަހަރު 42 މައްސަލަ ހުށަހަޅާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 ޑިސެމްބަރު 2019 | ބުރާސްފަތި 07:50
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ

2020 ވަނަ އަހަރުން ފެށިގެން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މައުލޫމާތެއް ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލާނީ، އާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ، އެ އޮފީހުގެ މަސައްކަތްތައް ބައްޓަން ކުރާނީ، ވީހާވެސް ބޮޑަށް ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކާއި އަދި މައުލޫމާތު ހޯދާ ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށް ދޭންޖެހޭ މުއައްސަސާތަކުން މައުލޫމާތު ހޯދަން އެދޭ ފަރާތްތަތަކަށް އެ މައުލޫމާތު ހޯދުމުގައި ހުރި ދަތިތައް ނައްތާލާ، ވީހާވެސް ބޮޑަށް ދެފުއްފެންނަ ގޮތަކަށް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މައުލޫމާތު ހޯދުމަށް އެދި، މައުލޫމާތު ނުލިބިގެން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލާނީ، މައްސަލަ ހުށަހެޅި ފަރާތާއި، ރައްދުވާ ފަރާތް ހާޒިރުކޮށް، އެކޮމިޝަނުގައި ބޭއްވޭ އަޑު އެހުމެއްގަ ކަމަށެވެ. އަދި އެއަޑުއެހުން ކުރިއަށްދާނީ އާންމުކޮށް ހުޅުވާލެވިގެން އެ އޮފީހުގައި ބޭއްވޭ އަޑުއެހުމެއްގަ ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވީ، މައުލޫމާތު ނުލިބިގެން، މި ހިނގާ 2019 ވަނަ އަހަރު އެ އޮފީހަށް ޖުމްލަ 42 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 34 މައްސަލަ ނިންމާފައިވާއިރު، 5 މައްސަލައެއް އެ އޮފީހުގައި ކުރިއަށްދާ ކަމަށެވެ. އަދި 3 މައްސަލައެއް ޝަރުއީ ކޯޓުގައި ކުރިއަށްދާ ކަމަށެވެ.

ފިޔާޒު ވިދާޅުވީ މައުލޫމާތު ހޯދާ، ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާު ފޯރުކޮށްދެންޖެހޭ އޮފީސްތަކުން، ކޮންމެހެން ސިއްރުކުރަންޖެހޭ މައުލޫމާތެއް ފިޔަވާ ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މީގެއިތުރުން، ފިޔާޒު ވިދާޅުވީ، މައުލޫމާތު ހޯދާ ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން ދައުލަތާއި ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތައް އަދި ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުުން ފައިސާ ހަރަދުކުރާ އިދާރާތަކުން، ކޮންމެ އަހަރަކު އެއް ފަހަރު ރިޕޯޓެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ރިޕޯޓް ހުށަހަޅަނީ އެ މުއައްސަސާތަކުގެ ތެރެއިން އެންމެ 12 ޕަސެންޓް ކަމަށާއި 88 ޕަސެންޓްގެ އޮފީސްތަކުން ހުށަނާޅާ ކަމަށެވެ.

ފިޔާޒު ވިދާޅުވީ، އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް މި ހިނގާ 2019 ވަނަ އަހަރުގެ ރިޕޯޓް ހުށަޅަން ޖެހޭނެ ކަމަށެވެ. ފިޔާޒު ވިދާޅުވީ، އެއީ ރިޕޯޓެކޭ ބުންޏަސް، އެއީ އެ އޮފީހުގެ ފޯމެޓަކަށް ހަދާފައިވާ ފޯމަކުން ހުށަހަޅަންޖެހޭ ރިޕޯޓެއްކަމަށްވާތީ އެ ރިޕޯޓް ހުށަހެޅުމަކީ މާ އުދަނގޫ ކަމަކަށް ނުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 މާރިޗު 2017

ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް

16 މާރިޗު 2017
ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް
13 މާރިޗު 2017

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް