Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށި

ކ. މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

މިއީ ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ފެށި ފުރަތަމަ ފަހަރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ޑިސެމްބަރު 2019 | ބުދަ 14:47
މާފުށި ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވަނީ

މާފުށި ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވަނީ

ކ. މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ބުދަ ދުވަހު ފަށައިފިއެވެ.

މިއީ މި ސަރުކާރު ހިންގުމާ ހަވާލުވި ފަހުން ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ފުރަތަމަ ފަހަރަށް ފެށި ފަހަރެވެ. މާފުށީގެ ބިމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން މާފުށީ ކައިރިން ކޯސްޒޭއެއް ގުޅުވާލައިގެން ހިއްކަން ފަށާފައިވަނީ 25 ހެކްޓަރުގެ ބިމެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާ ސްޓަރަކްޗާ އިން ބުނީ ކ. މާފުށީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ނިންމަން ހަމަޖެހިފައިވަނީ 249 ދުވަހުންނެވެ.

މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާ 1110 މީޓަރުގެ ރިވެޓްމަންޓް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 99،981،373 (ނުވަދިހަ ނުވަ މިލިއަން ނުވަސަތޭކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ހަތްދިޔަ ތިން ރުފިޔާ ހޭދަކުރުމަށް ވަނީ ނިންމާފައެވެ.

ގެސްޓްހައުސްގެ ވިޔަފާރި އެންމެ ފުރަތަމަ ތައާރަފްކުރެވުނު އެއް ރަށްކަމުގައިވާ މާފުއްޓަށް ދިމާވެފައިވާ ގޯތި ގެދޮރާއި، ބިމުގެ ދަތިކަމާއި ގޮނޑުދޮށް ސަރަހައްދުގެ ކުޑަކަމާއި، ތޮއްޖެހުމުގެ މައްސަލައަށް ލުއި ހޯދުމަށްޓަކައި މާފުށި ފަޅުން ބައެއް ހިއްކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިއީ މި ސަރުކާރުން ހިންގާ ބިން ހިއްކުމުގެ ފުރަތަމަ މަޝްރޫއުގެ ގޮތުގައި މާފުށީ ބިން ހިއްކުމުގެ މަޝްރޫއު ހިމެނުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ.

މާފުށީގެ ބިން ހިއްކަނީ ރިސޯޓްތަކުގެ ޑިޒައިނަށެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާފުއްޓަކީ ދިވެހި ދައުލަތަށް ބޮޑު އާމްދަނިއެއް ވައްދާ ރަށެއް ކަމަށެވެ. އަދި މާފުށީގެ ބިން ހިއްކާ އިރު ރިސޯޓެއް އޮންނަ ގޮތަށް އެ ބިން އޮތުމަކީ މައްސަލައެއް ނޫން ކަމަށާއި، އެކަން އޮންނަން ވާނީ ވެސް އެގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބިން ހިއްކުމުގެ ޑިޒައިންތަކުގެ ވިސްނުމަށް ބަދަލު ގެއްނަން ވެއްޖެ ކަމަށާއި، ބިން ހިއްކުމަށްފަހު ވަށާ ބޮޑު ފާރެއް ރޭނުމަށްފަހު ބިން ހިއްކުމުން ރަށުގެ ޒީނަތްތެރިކަން ގެއްލިގެންދާ ކަމަށާއި، ރަށުގެ ސިފަ ގެއްލިގެން ދާ ކަމަށެވެ.

މިނިސްޓަރ އަސްލަމް ވަނީ ބިން ހިއްކުމަކީ ތިމާވެއްޓަށް ގެއްލުން ލިބޭކަމެއް ކަމުގައި ފާހަގަކުރައްވާ، މާފުށީގައި ހިއްކާ ބިން ފެހިކުރަން ފަރުދީ ގޮތުން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

މާފުށީގައި ހިއްކި ބިމުގައި އެކި ކަންކަމަށް ބިން ބޭނުންކުރުމަށް ވަނީ ޕްލޭން ކުރެވިފައެވެ. އެގޮތުން ވިޔަފާރިއާއި ގޯތި ގެދޮރު ދޫކުރުމާއި ސިނާއީ މަސައްކަތުގެ އިތުރުން ފަތުރުވެރިކަމަށް ހާއްސަ ބިންތަކެއް ވަނީ ކަނޑައަޅާފައެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ މާފުށީ ބިން ހިއްކުމުގެ މަޝްރޫއާއެކު ކ. ގުރައިދޫގެ ބިން ހިއްކުމުގެ މަޝްރޫއުވެސް ދާދި އަވަހަށް ފެށިގެންދާނެކަމަށް ބުނެފައެވެ. އެގޮތުން މާފުއްޓަށްފަހު ދެން ހިއްކުމަށް ހަމަޖެހިފައިވަނީ ގުރައިދޫގެ ބިމެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު