Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޕީޕީއެމްގެ އަޑު ކެނޑި، ޔާމީން މިނިވަންކުރުމަށް ބޭއްވި މުޒާހަރާތައް ހުއްޓުމަކަށް!

އަތޮޅު ތެރޭގައި ޔާމީން މިނިވަންކުރުމަށް ގޮވާލާ އެއްވުންތަކެއް ނުފެނޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2019 | ހޯމަ 14:11
ޔާމީނަށް ތާއީދުކުރާ މަދު ބަޔަކު ބޭއްވި އެއްވުމެއްގެ ތެރެއިން

ޔާމީނަށް ތާއީދުކުރާ މަދު ބަޔަކު ބޭއްވި އެއްވުމެއްގެ ތެރެއިން

މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ، 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އަބްދުﷲ ޔާމީން ޖަލަށްލުމާއެކު އެމަނިކުފާނަށް ތާއީދުކުރާކަމަށް ބުނާ މަދު ބަޔަކު ދެ ދޮރު ދޭތެރޭގައި އެއްވުންތައް ބާއްވަމުންގޮސްފައިވެއެވެ. ޔާމީން މިނިވަންކުރުމަށް ގޮވާލަމުންދިޔައިރު، ކޮންމެ ރެޔަކުވެސް ނިކުމެ ސަރުކާރު ވައްޓާލާނެކަމަށް ބުނެ އިންޒާރުތައްވެސް ދެމުންގެންދިޔައެވެ.

ފެށި މުޒާހަރާތަކާއެކު މުޅި ރާއްޖޭގައި އެއްވުންތައް ބާއްވައި، ޔާމީން މިނިވަން ނުކުރަނީސް ގެޔަށް ނުވައްނާނެކަމަށްވެސް ބުނެ، މޮޅެތި ނަންނަމުގައި އެއްވުންތައް ބާއްވަމުންވެސް ގެންދިޔައެވެ. ނަމަވެސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ޖަލަށްލެވުނުތާ މަސް ދުވަސްވާއިރު، ފެންނަން އޮތީ ދެއްކި ފޮނި ވާހަކަތަކާއި، ދިމާ އިދިކޮޅު މަންޒަރެކެވެ.

މުޅި ރާއްޖޭގައި ސިލްސިލާކޮށް ބާއްވާނެކަމަށް ބުނި މުޒާހަރާތަކެއް ނުފެނެ އެވެ. ކޮންމެ ހަފްތާއަކު ކާނިވާ ސަރަހައްދުގައި ބާއްވާނެކަމަށް ބުނި ޖަލްސާތައްވެސް ހުއްޓިއްޖެއެވެ. ދެދޮރު ދޭތެރެއިން މަޝްއޫރުކަން ހޯދި އެއްވުންތައްވެސް ނިމުމަކަށް އައިސްފިއެވެ. އެއްވުންތަކުގެ ފޯރި ކެނޑި އެއްވާނެ މީހަކު ނުވެ، އަދުގެ ހަޤީޤަތަކީ އެއްވުމެއްގެ ނަމުގައި ޖަލްސާއެއް ބާއްވަނީ ޕީޕީއެމުން ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ކުޑަ ހޯލުގައެވެ. އެތަނަށްވެސް ދާނެ މީހަކު ނުވެ، ޕޯޑިއަމްއަށް އަރާ ވަޑައިގަންނަވާ ބޭފުޅުން ވާހަކަދައްކަންޖެހެނީވެސް ހުސް ގޮނޑިތަކަކާއި މުހާތަބުކޮށެވެ.

މަސް ދުވަސްވާއިރު، ފެންނަން އޮތް ހަޤީޤަތަކީ ޔާމީނަށް ތާއީދުކޮށް، އޭނާ މިނިވަން ކުރުމަށް ނިކުންނަންތިބި 96000 މީހުންގެ ބަދަލުގައި ފެންނަނީ 96 މީހުންނަށްވުރެވެސް މަދު ބަޔަކުކަމެވެ. ޔާމީން ކޮންޓްރޯލްކޮށް، ޕްރޮޕެގެންޑާ ފެތުރުމަށް ހިންގާ ޓީވީ ސްޓޭޝަނުން، ޔާމީން މިނިވަންކުރުމަށް ގޮވާލާ ބާއްވާ ޕްރޮގްރާމްތައްވެސް ދަނީ ހުހަށްކަމެވެ.

ފަހަރުގައި އަބްދުﷲ ޔާމީން ވިދާޅުވި މިނިކާ ބާޒުތައް، ޕާޓީގެ މައްޗަށް ސަވާރުވެ، ދަނޑިވަޅުގެ ފައިދާގައި ޕާޓީގެ މިސްރާބު މަޑުމަޑުން އަނބުރާލުމަށް ހިފީކަމަށްވެދާނެއެވެ. ނުވަތަ ޕީޕީއެމްގެ މެމްބަރުންވެސް ގަބޫލުކުރާ ގޮތުގައި އަބްދުﷲ ޔާމީން އޮންނަވަންޖެހޭނީ ގޮޅީގައިކަމަށްވެދާނެއެވެ. ޔަޤީންވާ ކަމަކީ ފޯރިޔާއެކު ފެށި ހަރަކާތްތައް ހުއްޓިއްޖެކަމެވެ. އަބްދުﷲ ޔާމީން ޖަލުގައި އޮންނެވީތީއޭ ބުނެ، ކަންބޮޑުވެގެން އުޅެ ރައްޔިތަކާއި ދިމާނުވާކަމެވެ.

ދެންއޮތީ ޕީޕީއެމްގެ މުސްތަޤުބަލުގެ ވާހަކަ އެވެ. ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގެ ވާހަކަ އެވެ.

ފެންނަ މަންޒަރުތަކަށް ބަލާއިރު، ވާގި ނެތިފައިވާ އިދިކޮޅު ފަރާތްތަކަށް ކުރިއަށް އޮތް އިންތިހާބުގައި ނަތީޖާތަކެއް ނެރެވިދާނެކަމަކަށް ގަބޫލެއް ނުކުރެވެ. ސަރުކާރާއި ދެކޮޅަށް ދީނުގެ ނަމުގައި ބޭނުންކުރި ހަތިޔާރުވެސް އަތަށްގޮވައި، އިދިކޮޅުން އިންތިހާބު ކާމިޔާބުކުރުމަށް ގެންގުޅުނު ހުރިހާ ކާޑެއް ފެނައްވެއްޖެކަމެވެ. އަދި އިދިކޮޅުގެ ހަކަތަ ހުރި މިންވަރަށް ބަލާއިރު، އިންތިހާބު ކާމިޔާބުކުރުމުގެ ހަކަތައާއި ބުންވަރެއް އިދިކޮޅުގައި އޮތްތަނެއް ނުފެންނެވެ. ކައުންސިލް އިންތިހާބަށް ސަރުކާރު ހިންގާ މައި ޕާޓީ ފައްކާވެ، ދޮންވަމުންގެންދާއިރު، އެކަންކަމާއި ކުރިމަތިލާނެވަގރުގެ ހަތިޔާރުތަކެއް އިދިކޮޅުން ނެރޭތަނެއް ނުފެނެވެ.

ޔަޤީންވާ އެއްކަމަކީ ކުރިއަށް އޮތް އިންތިހާބަކީ ޕީޕީއެމްގެ މުސްތަގުބަލުވެސް އެއްކޮށް ބުނެދޭނެ އިންތިހާބަށްވާނެކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017
ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

24 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު