Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޚަޝޯގީގެ މަރު

ޚަޝޯގީގެ މަރާއި ގުޅިގެން 5 މީހަކަށް މަރުގެ ހުކުމްކޮށްފި

ޚަޝޯގީ މަރާލީ މިދިޔަ އޮކްޓޯބަރ 2 ގައި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2019 | ހޯމަ 10:45
ޖަމާލް ޚަޝޯޤީ

ޖަމާލް ޚަޝޯޤީ

ތުރުކީވިލާތުގެ އިސްތަންބޫލުގަ ހުންނަ ސަޢުދީ ޢަރައްބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައި މަރާލި ސަޢޫދީ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚަޝޯޤީގެ މަރުގެ މައްސަލައިގަ 5 މީހަކަށް މަރުގެ ހުކުމް ކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ޕަބްލިކް ޕްރޮސެކިއުޓަރއާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ މަރާއި ގުޅިގެން 5 މީހަކަށް މަރުގެ ޙުކުމް ކޮށްފައިވާ ކަމަށާއި އިތުރު 3 މީހަކަށް 24 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކަމަށެވެ.

ސަޢުދީ ޢަރަބިއްޔާގެ ކޮންސަލްޓެންޓެއް ކަމަށްވާ ކުރީގެ ރޯޔަލް ކޯޓުގެ އެޑްވައިޒަރެއް ކަމަށްވާ ސަޢުދު އަލް ޢައްޘާނީގެ މައްޗަށް ޚަޝޯގީގެ މަރާއި ގުޅިގެން ތަހުޤީޤެއް ހިންގުނު ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ކަހަލަ ޙުކުމެއް އިއްވާފައެއް ނުވެއެވެ. އަދި ސަޢުދީގެ ކުރީގެ ޖާސޫސީ އިދާރާގެ އިސްވެރިޔާގެ ނައިބު އަޙްމަދު އަލް އަސީރީ ވެސް ވަނީ އޭނާގެ މައްޗަށް ހެކި ނުލިބުމުގެ ސަބަބުން ދޫކޮށްލާފައެވެ. ސައުދީ އަރަބިއްޔާއިން ފަހުންވަނީ އޭނާ މަގާމުންވެސް ދުރުކޮށްފައެވެ.

އދގެ ސަލާމަތީ މަޖިލީހުގެ މެންބަރު 5 ޤައުމަށާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ޝަރީޢަތް ކުރިއަށްދާ ގޮތް ބެލުމުގެ ފުރުޞަތު ސަޢުދީ ސަރުކާރުން ދީފައިވެއެވެ. ސަޢުދީގެ ވެރިއެއްގެ ޙައިޞިއްޔަތުން ޚަޝޯޤީގެ މަރުގެ ޒިންމާ ނަންގަވާކަމަށާއި، އެހެންނަމަވެސް އެ ޢަމަލު ހިންގަން އެއްވެސް އިރުޝާދެއް ދެއްވާފައިނުވާނެކަމަށް ދާދިފަހުން އަމީރު މުޙައްމަދު ބިން ސަލްމާން ވިދާޅުވެފައިވެއެވެ.

ވަރަށް އަނިޔާވެރި ގޮތަކަށް ޖަމާލް ޚަޝޯގީ މަރާލާފައިވަނީ، ތުރުކީގެ އިސްތަމްބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ޚިދުމަތެއް ހޯދަން އެތާނގެ ތެރޭގަ ހުއްޓާ، މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 2 ވަނަ ދުވަހުއެވެ. އޭނާ މަރާލީ، ސައުދީ އޭޖެންޓުންގެ 15 މެންބަރުންގެ ގްރޫޕަކުން ކަމަށް މަޢޫލޫމާތު ލިބެއެވެ. ޖަމާލުގެ މަރުގެ ޝަރީޢަތް ސައުދީ ސަރުކާރުން ކުރިޔަށްގެންދިޔައީ ވަރަށް ސިއްރިއްޔާތުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު